18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޕެޕް ގާޑިއޯލާ

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

  • ސިޓީގެ އަސްލު މޮޅު ކުޅުން އަދިވެސް ނުދެއްކޭ: ގާޑިއޯލާ
ލީވާން އަލީ | MrLeevaan

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 23:41 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ސިޓީގެ ކޯޗު ގާޑިއޯލާ -- ރާއްޖެއެމްވީ ފޮޓޯ : އިސްމާއިލް ރިޔާޒް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރަމުން އަންނާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ގާޑިއޯލާ ބުނީ ސިޓީއާ ވާދަކުރާ ހުރިހާ ޓީމެއްވެސް ވަރުގަދަ ކަމަށާއި، އެހެންނަމަވެސް ސިޓީން ބޭނުންވަނީ އެޓީމުތަކަށްވުރެ ކުރިއަރާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުން ކަމަށެވެ. އެގޮތުން އެކަމަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ވެސްޓްހަމް ޔުނައިޓެޑް އަތުން 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުން ސިޓީ މޮޅުވި މެޗުގައި އެޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދަޔާ ހިލާފު މޮޅު ކުޅުމެއްކަން ފާހަގަކުރަމުން ގާޑިއޯލާ ބުނީ މެޗު ވަރަށް ފަސޭހަ ކަމަށެވެ. އޭނާ ބުނީ ބޮޑު ލީޑަކާއެކު މެޗު ނިންމާލީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުމުން ކަމަށެވެ.

ގާޑިއޯލާ ބުނީ ސިޓީގެ އަސްލު މޮޅު ކުޅުން އަދިވެސް ނުދެއްކޭ ކަމަށާއި، އެ ކުޅުން ދައްކަން ޖެހޭ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް މެޗުތަކުގައި އެ ކުޅުން ދައްކަން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުގައި ސިޓީ އޮތީ ކުޅުނު 23 މެޗުން ލިބުނު 46 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނީ އެންމެ މޮޅު ހަތަރު ޓީމަށެވެ. ފަސްވަނަ ޓީމު ޖެހޭނީ ކޮލިފައިން ކުޅޭށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް