
| 10 އޮކްޓޯބަރ 2018 | ބުދަ 09:49 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމް "އަންދާ ދުން" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 18.40 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޓްރޭޑް އެނެލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވިޓްގައި ވަނީ ފިލްމް ރިލީޒް ކުރި ފުރަތަމަ ހުކުރު ދުވަހު އާމްދަނީގެ ގޮތުގައި 2.70 ކްރޯޑް ރުޕީސް، އަދި ހޮނިހިރު ދުވަހު 5.10 ކްރޯޑް ރުޕީސް، އާދިއްތަ ދުވަހު 7.20 ކްރޯޑް ރުޕީސް އަދި ހޯމަ ދުވަހު 3.40 ކްރޯޑް ރުޕީސް އާއި އެކު ޖުމްލަ 18.40 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައިވާ ކަމަށެވެ.
މި ފިލްމް ރިލީޒްކުރި ދުވަހު ރިލީޒް ކުރި ސަލްމާން ޚާން ގެ ފިލްމް " ލަވްޔާތްރީ" އަށް މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7.75 ކުރޯޑު އިންޑިއަން ރުޕީސް އެވެ.
"އަންދާ ދުން" އަކީ އަޔުޝްމަން ޚުއްރަނާ ލޯފަން ޕިއާނޯ ކުޅުންތެރިއެއްގެ ރޯލްކުޅެފައިވާ ފިލްމެކެވެ. ސިރަމް ރަގްވަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ މަރުގެ ހާދިސާއެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގައި ރަދީކާ އަޕްތޭ އަދި ތާބޫ ވެސް ފެނިގެންދެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް