15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ކައިލީ ޖެނާ

ކައިލީ ޖެނާ: އަދި ވެސް ދަރިން ބޭނުން، ބޭނުންވަނީ 7 އަންހެން ކުދިން

  • ފިރިހެން ދަރިއެއް ބޭނުންވަނީ 7 އަންހެން ކުދިންނަށް ފަހު
  • ބޭނުންވަނީ އާއިލާ ބޮޑުކުރަން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 10 އޮކްޓޯބަރ 2018 | ބުދަ 09:28 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
  4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
  5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
  7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
  8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


ކައިލީ އޭނާގެ ދަރިފުޅު ސްޓޯމީ ވެބްސްޓާއާއި އެކީ -- އިންސްޓަގްރާމް

މަޝްހޫރު ރިއަލިޓީ ސްޓަރ އަދި މިހާރު މޭކަޕް ދާއިރާގައި އެންމެ ކާމިޔާބު އެއް ތަރި ކައިލީ ޖޭނާ،21  އަށް ދަރިއަކު ލިބުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ1 ގައެވެ. 

ބަލިވެއިން އިރު ކެމެރާއާ ކިތަންމެ ދުރުގައި އުޅުނު ނަމަވެސް ދަރިފުޅަށް މަރުހަބާ ކިޔުމަށް ފަހު ކައިލީ އޭނާގެ ދަރިފުޅާއި ބެހޭގޮތުންނާއި އާއިލާގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރެއެވެ. 

އެމެރިކާގެ އެންމެ މަޝްހޫރު ރިއަލީޓީ ތަރި ކިމް ކާޑޭޝިއަންގެ ވެސް ކޮއްކޮ، އަދި އަމިއްލައަށް ވެސް އެތަކެއް ކާމިޔާބީއެއް ހޯދާފައިވާ 21 އަހަރުގެ ކައިލީ ވަނީ ދާދިފަހުން އޭނާގެ ދަރި ސްޓޯމީއަށް ދައްތައަކު ބޭނުންވާ ކަމަށާއި އެކަމަކު އެއީ ކޮންއިރަކު ކަމެއް ބުނަން ނޭނގޭ ކަމަށް ބުނެފައިވެއެވެ. މޭކަޕް އާޓިސްޓެއް ކަމަށްވާ ޖޭމްސް ޗާލްސް ގެ ޔޫޓިއުބް ޗެނަލަށް މިމަހުގެ 8 ގައި ކައިލީ ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ އޭނާ ބޭނުން ވަނީ އަންހެން ދަރިން ކަމަށާއި ގާތްގަނޑަކަށް ހަތް އަންހެން ދަރިން ބޭނުންވާ ކަމަށެވެ. އަދި ފިރިހެން ދަރިއަކު ބޭނުންވަނީ އެއަށް ފަހު ކަމަށް ކައިލީ ވަނީ ބުނެފައެވެ. 

ކައިލީގެ އެއްބަނޑު މީހުންގެ ތެރޭގައިވެސް ހިމެނެނީ ހަމައެކަނި އެންމެ ފިރިހެނެކެވެ. އެއީ ރޮބް ކާޑޭޝިއަން އެވެ. ކައިލީ ބޮޑުވަމުން އައީ އެއާއިލާގެ 5 ދައްތައިންނާއި އެކުގައެވެ. 

" ބޭނުންވަނީ 7 އަންހެން ދަރިން. އޭގެ ފަހުން ފިރިހެން ކުއްޖަކު ހޯދުމަށް ވިސްނާނީ. ބޭނުން ވަނީ އާއިލާ ބޮޑުކުރަން." ކައިލީ ބުންޏެވެ.

ކީޕިން އަޕް ވިތު ކާޑޭޝިއަންގެ އެންމެ ފަހު އެޕިސޯޑުގައި ކައިލީ ވަނީ އޭނާ ބަލިވެއިނުން އެއީ އެހެން މީހުންނަށް އުދަނގޫ ކަމެއްކަމުގައި ވިއަސް އޭނާއަށް އެކަމުގެ އެއްވެސް އުނދަގުލެއް ކުރިމަތި ނުވާ ކަމަށް ބުނެފައެވެ. އަދި ބަލިވެއިނުން އެއީ އޭނާ "ލައިކް" ވާކަމެއް ކަމަށް ބުނެފައެވެ. ރިއަލިޓީ ޝޯ ކީޕިން އަޕް ވިތު ކާޑޭޝިއަން  2007 ވަނަ އަހަރު ފަށާފައިވާ އިރު، އޭރު ކައިލީގެ އުމުރުން އެންމެ 10 އަހަރެވެ .އޭނާއަކީ އެއާއިލާގެ އެންމެ ހަގު މެމްބަރު ވެސް މެއެވެ. 

ކައިލީ ގިނަ ދަރިން ބޭނުންވާ ކަމަށް ބުނެފައިވާއިރު އޭނާގެ ލޯބިވެރިޔާ އަދި ސްޓޯމީގެ ބައްޕަ ޓްރެވިސް ސްކޮޓް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ކައިލީއާއި ލޯބިވެރިޔާ ޓްރެވިސް ސްކޮޓް ރައްޓެހިވެފައި ވަނީ 2017 ވަނަ އަހަރެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހު ކައިލީ ބަލިވެއިން ކަމުގެ ރިޕޯޓްތައް ފެތުރެން ފެށިއެވެ. އެހެން ނަމަވެސް ކައިލީ ވިހަންދެން ބަލިވެއިންކަން ސިއްރު ކުރިއެވެ. ދަރިއެއް ލިބުނުކަން ކައިލީ ހާމަކޮށްފައި ވަނީ ސްޓޯމީ ވިހެއިފަހުން ގާތްގަނޑަކަށް ހަފްތާއެއް ފަހުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް