| 10 އޮކްޓޯބަރ 2018 | ބުދަ 09:20 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމް " ލަވްޔާތްރީ" ގެ ފެށުން އެހާ ރަނގަޅު ނޫން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރްމާ އަދި ވަރީނާ ހުސައިން ބޮލީވުޑަށް ތަޢާރަފް ވެގެންދިޔަ "ލަވްޔާތްރީ" މިފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިގެން ގޮސްފައިވަނީ 7.75 ކްރޯޑް އިންޑިއަން ރުޕީސްއެވެ.
މި ފިލްމަށް ކުރިން ދީފައިވާ ނަމަކީ "ލަވްރާތްރީ"އެވެ. ނަމަވެސް ފިލްމް ރިލީޒް ކުރަން ކުޑަ ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް ފިލްމްގެ ޕްރޮޑިސަރ ސަލްމާން ޚާން ވަނީ ފިލްމްގެ ނަން "ލަވް ޔާތްރީ" އަށް ބަދަލު ކޮށްފައެވެ.
ފިލްމް ގެ ނަން ބަދަލު ކޮށްފައިވަނީ ވިޝްވާ ހިންދޫ ޕަރިޝާދުން ފިލްމަށް ދީފައިވާ ނަމާމެދު ނުރުހުން ފާޅުކޮށް މުޒާހަރާ ކުރުމުންނެވެ. އެމީހުން ފިލްމާމެދު ނުރުހުންފާޅުކުރީ އެ ފިލްމުގެ ނަން ހިންދޫންގެ އެ ފެސްޓިވަލްގެ މާނަ އޮޅުވާލާފައިވާ ކަމަށް ބުނެއެވެ. އޭގެ ފަހުން ވިޝްވާ ހިންދޫ ޕަރިޝާދުންވަނީ ފިލްމާ ދެކޮޅަށް ޕެޓިޝަނެއްވެސް ކުރިން ހުށަހަޅާފައެވެ.
ޕީޓީއައި ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިހާރުގެ ކޯޓަކުންވަނީ އެ ފިލްމުގެ ނަމާއި ހިމަނާފައިވާ މައުލޫމާތުގެ ސަބަބުން ހިންދޫންނަށް ކުރި އަސަރުގެ ސަބަބުން ސަލްމާން ޚާންއާއި ފިލްމުގެ ކާސްޓުންގެ މައްޗަށް ފަސްޓް އިންފޮމޭޝަން ރިޕޯޓްގެ ގޮތުގައި މައްސަލަ ހުށަހެޅުމަށް ކުރިން ވަނީ އަންގާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް