23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ޣައްޒާގެ ހިސޯރު

ޣައްޒާގެ ކަރަންޓުގެ މައްސަލަ ޙައްލުކުރަން ޤަތަރުން ތެޔޮ ފޮނުވައިފި

  • ޤަތަރުން ވަނީ 450،000 ލީޓަރުގެ ތެޔޮ ފޮނުވާފައި
  • ފަލަސްތީނުގެ މައި ސަރުކާރު އޮތީ މިމައްސަލައިގައި ހިތްހަމަނުޖެހިފައި
މިއުވާން މުހައްމަދު | Miuvaan

| 10 އޮކްޓޯބަރ 2018 | ބުދަ 04:09 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


އދގެ ބެލުމުގެ ދަށުން ޤަތަރުން ފޯރުކޮށްދިން ތެޔޮ ޣައްޒާގެ މައި އިންޖީނުގެއަށް ގެންދަނީ -- ރޮއިޓަރސް

ފަލަސްތީނުގެ ޣައްޒާއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ޤަތަރުން ފޮނުވި ތެޔޮ ހިފައިގެން ތެޔޮ ޤާފިލާއެއް އިސްރާއީލު މަގުން ޣައްޒާއަށް ވަދެއްޖެއެވެ.

ހުޅަނގު އައްސޭރީގެ ރާމަﷲގައި ޤާއިމްކޮށްފައިވާ ފަލަސްތީނުގެ މައި ސަރުކާރުގެ ބައިވެރިވުމެއް ނެތި ޣައްޒާއަށް ޤަތަރުން ފޮނުވި ތެޔޮ ހިފައިގެން ދިޔަ 6 ޓްރަކް ޣައްޒާއަށް ވަނީ އދގެ ބެލުމުގެ ދަށުންނެވެ. މި ޤާފިލާގައި 450،000 ލީޓަރުގެ ތެޔޮ އަންގާރަ ދުވަހު ޣައްޒާގެ މައި އިންޖީނުގެއަށް ގެންގޮސްފައިވެއެވެ. 

2 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއަށް ދުވާލަކު ރަނގަޅަށް ކަރަންޓު ލިބެނީ ހަތަރު ވަރަކަށް ގަޑިއިރުއެވެ. ތެލާއި އެހެނިހެން އެހީ ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނާއި ވީރާނާވަމުންދާ ކަރަންޓު ވިއުގައިގެ ސަބަބުން ޣައްޒާއަށް ކަރަންޓުގެ ޚިދުމަތް ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. 

ޤަތަރުން އެހީ ފޯރުކޮށްދިން މައިގަނޑު އެއް ބޭނުމަކީ ކަރަންޓުގެ މައްސަލައިގައި ފަލަސްތީނުގެ އާއްމުން ހިތްހަމަނުޖެހިފައިވާ މިދަނޑިވަޅުގައި އާއްމުންނާއި އިސްރާއީލާއި ދެމެދު އަނެއްކާވެސް ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމެވެ. ޣައްޒާ ކޮންޓްރޯލްކުރާ ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން ދެކޭ ގޮތުގައި ތެޔޮ ލިބުމުގެ ސަބަބުން ލިބިގެން ދިޔަ ފަސޭހަކަމާއިއެކު ސަރަހައްދީ އިމުގައި އިސްރާއީލް ސިފައިންނާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް މަޑުޖެހުމެއް އަންނާނެއެވެ. 

ޣައްޒާއަށް ތަކެތި އެތެރެކުރުން އިސްރާއީލާއި، ޣައްޒާއާއި އިންވެގެން އޮންނަ މިސްރުން ހުއްޓުވާފައިވާތީ ތެލުގެ އިތުރުން ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށްވެސް ޣައްޒާގެ ރައްޔިތުންނަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. 

ފަލަސްތީނުގެ މައި ސަރުކާރުގެ ބައިވެރިވުމެއް ނެތި ޤަތަރުން ޣައްޒާއަށް ތެޔޮ ފޯރުކޮށްދިން މައްސަލައިގައި ބޮޑުވަޒީރު ރާމީ ހަމްދުﷲ އާއި ރައީސް މަޙްމޫދު ޢައްބާސް ތިއްބެވީ ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެއެވެ. 

ބޮޑުވަޒީރު ރާމީ ހަންދުﷲ ވިދާޅުވީ މައި ސަރުކާރުގެ ބައިވެރިވުމެއް ނެތި ކުރާ މިކަހަލަ ކަންކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާކަމަށާއި، ޣައްޒާއާއި ހުޅަނގު އައްސޭރި ވަކި ކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވަން ޖެހޭކަމަށެވެ. 

ރައީސް މަޙްމޫދު އައްބާސްގެ އަރިސް ބޭފުޅެއްކަމަށްވާ އައްޒާމް އަލް އަހުމަދު ވިދާޅުވީ ޤަތަރުގެ މިއަމަލުތަކުގެ ސަބަބުން ޤަތަރާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެކަމަށެވެ. މިހާރުވެސް ގަލްފުގެ ޤައުމުތަކުން ވަނީ ޤަތަރާއި އޮންނަ ގުޅުން ކަނޑާލާފައެވެ. އަދި އެގުޅުން ކަނޑާލި ސަބަބުތަކުގެ ތެރޭގައި ޣައްޒާ ކޮންޓްރޯލްކުރާ ޙަމާސް ޖަމާޢަތާއިއެކު ޤަތަރުން ބާއްވާ ގުޅުން އެޤައުމުތަކުން ފާހަގަކުރެއެވެ. 

ޣައްޒާއަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ޤަތަރުން ފަށާފައި މިވަނީ ފަލަސްތީނަށް އެހީވާ ޤައުމުތަކުގެ އެދުމުގެ މަތިން، އިސްރާއީލުގެވެސް ރުހުމާއި އެކުގައެވެ. އދއާއި ޤަތަރާއިއެކު ވެފައިވާ އެއްބަސްވުމެއް ދަށުން ޣައްޒާއަށް ބޭނުންވާ މިންވަރަށް ޤަތަރުން ތެޔޮ ގަތުމުން، އެ ތެޔޮ ޣައްޒާއަށް ފޯރުކޮށްދޭނީ އދގެ ބެލުމުގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް