16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޗެސް އޮލިމްޕިއާޑް

ޗެސް އޮލިމްޕިއާޑްގައި ވާދަކުރި ކުޅުންތެރިން ރަނގަޅު ކާމިޔާބީއަކާއެކު ރާއްޖެ އަތުވެއްޖެ

 • ސެޕްޓެމްބަރު 23 ވަނަ ދުވަހުން އޮކްޓޯބަރު 7 ވަނަ ދުވަހަށް މުބާރާތް ކުރިއަށްދިޔައީ
 • ޤައުމީ ޗެސް ފިރިހެން ޓީމުން ކެޓަގަރީން ފަސް ވަނަ ހޯދި
 • އަންހެން ޓީމުން ވަނީ ހަތަރު ވަނަ ހޯދާފައިވޭ
ސިމާހާ ނަސީމް | sim_kamana

| 9 އޮކްޓޯބަރ 2018 | އަންގާރަ 18:32 | |

މަގުބޫލް

 1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
 6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
 7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
 8. ރައީސްގެ ނިންމެވުމަށް ތައުރީފު


ޗެސް އޮލިމްޕިއާޑްގައި ވާދަކުރި ކުޅުންތެރިން އެނބުރި މާލެ އަންނަނީ -- ރާއްޖެއެމްވީ

ޖޯޖިޔާގެ ބަޓުމީ ސިޓީގައި ބޭއްވި ޗެސް އޮލިމްޕިއާޑްގައި ވާދަކުރި ކުޅުންތެރިން ރަނގަޅު ކާމިޔާބީއަކާއެކު ރާއްޖެ އަތުވެއްޖެއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހުން އޮކްޓޯބަރު 7 ވަނަ ދުވަހަށް ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭން ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކާމީޔާބީއެއް ހޯދާފައެވެ. އެގޮތުން ޤައުމީ ޗެސް ފިރިހެން ޓީމުން ކެޓަގަރީން ފަސް ވަނަ ހޯދާފައިވާއިރު އަންހެން ޓީމުން ވަނީ ހަތަރު ވަނަ ހޯދާފައެވެ.

"ކުރީގެ އޮލިމްޕިއާޑްއާ ބަލާފައި މިފަހަރުގެ އޮލިމްޕިއާޑްގައި ފިރިހެން ޓީމްގެ ޕާރފޯމަންސް ވަރަށް ރަނގަޅު، ކުޅުންތެރިންގެ ޕާރފޯމަންސް އިތުރަށް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ސަރުކާރުގެ އެހީ ވަރަށް މުހިންމު އަދި ފެޑަރޭޝަންގެ ވެސް. މި ކުޅިވަރު ކުރިއެރުވުމަށްޓަކައި އަސްލު މާބޮޑު ހަރަދެއް ވެސް ނުހިނގާނެ، ކުރިއަތް އޮތް ތާނގައި މި ކުޅިވަރަކީ އެންމެ ގިނަ ކުޅުންތެރިން ބައިވެރިވާނެ ކުޅިވަރަށް ވެގެންދާނެ" މޯލްޑިވްސް ޗެސް ފެޑަރޭޝަންގެ ސުކޫލް އޮފް ޗެސްއާ ހަވާލުވެގެން ހުންނެވި މުހައްމަދު އިޖާޒް ވިދާޅުވިއެވެ.

ޑަބްލިއުއެފްއެމް ޓައިޓަލް ނުހާ ރިލްވާންއަށް ވަނީ ލިބިފައިވާއިރު މުބާރާތުގެ ވޯލްޑް ރޭންކިންގްގައި ރާއްޖެ ވަނީ 15 ޕޮއިންޓް މައްޗަށް ޖެހިލާފައެވެ. އަދި އެންމެ ހައިރޭޓަޑް ޕްލެޔަރ ހޯދާފައިވަނީ ފިރިހެން ޓީމުން ކިޔާންއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޤައުމީ ޗެސް ޓީމް ކެޕްޓަން ޒީޝާން އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ ހޯދި ކާމިޔާބީއަށް ފަހުރުވެރިވާ ކަމަށާއި 32 ޤައުމުގެ ތެރެއިން އަންހެން ޓީމް ހަތަރުވަނަ އަށް ދިޔުމުން އެކަމާ އުފާވާ ކަމަށެވެ. އަދި ކުޅުންތެރިން ހޯދި ކާމިޔާބީއާ ދެތެރޭގައި ފަހުރުވެރިވާ ކަމަށް ވެސް ޒީޝާން ބުންޏެވެ.

ޗެސް އަކީ އެޑިއުކޭޝަންއާ ގުޅުންހުރި ކުޅިވަރެއްކަން ފާހަގަކުރައްވާ މޯލްޑިވްސް ޗެސް ފެޑަރޭޝަންގެ ޖެނެރަލް ސެކެޓަރީ މުހައްމަދު ރިލްވާން ވިދާޅުވީ ކުރިއަށް އަންނަ އޮތް ސަރުކާރުން ވެސް އެ ކުޅިވަރަށް އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިފަހަރު ލިބުނު ކާމިޔާބީ އަކީ ގިނަ ދުވަހުގެ މަސައްކަތް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ޤައުމީ ޗެސް ޓީމުން ބުނެއެވެ.

ޗެސް އޮލިމްޕިއާޑް އަކީ ޗެސް ވޯލްޑްކަޕް ފިޔަވައި ރާޒުވާގެ ދުނިޔޭގައި ބޭއްވޭ އެންމެ ވާދަވެރި މުބާރާތެވެ.

  

  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް