
| 9 އޮކްޓޯބަރ 2018 | އަންގާރަ 15:44 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އަލުން ގެނައުމުގެ ފުރުސަތު ނެތް ކަމަށް ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޗިޓީ ބުނެފިއެވެ.
ޔުވެންޓަސް އިން 2012 ވަނަ އަހަރު ޕޮގްބާ ގެންދިޔައީ ވެސް ޔުނައިޓެޑްގައި ހުއްޓައެވެ. އޭރު އެކަށީގެންވާ ފުރުސަތެއް ނުލިބި ހުރި ޕޮގްބާ އަށް ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔައީ ޔުވެންޓަސްގައި ހުއްޓައެވެ.
އޭގެ ފަހުން ޔުނައިޓެޑުން އޭނާ އަނބުރާ ގެންދިޔައީ 2016 ވަނަ އަހަރު 105 މިލިއަން ޔޫރޯ އަށެވެ.
ޕޮގްބާ އާ ގުޅޭގޮތުން ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޗިޓީ އެއްޗެއް ބުނެފައި މިވަނީ ޕޮގްބާ ކުލަބު ބަދަލު ކުރަން އުޅޭ ކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކޯޗު ހޯސޭ މޮރީނިއޯ އާއި މައްސަލަ ޖެހި ކްލަބް ދޫކޮށްލަން ނިންމާފައިވާ ޕޮގްބާ ގުޅުމުގެ ފުރުސަތު ބޮޑީ ޔުވެންޓަސް އާއިއެވެ.
ޔުވެންޓަސްއާ ދެން ގުޅޭނެ ކަމަށް އަޑުއަރާފައި ވަނީ ލާޒިއޯގެ ހުނަރުވެރި މިޑްފީލްޑަރު ސާޖެއި މިލިންކޮވިޗް-ސަވިޗެވެ. ޕަރަޗިޓީ ބުނީ އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަމަކު އަދި އޭނާއާ ނުވަތަ ލާޒިއޯއާ ވެސް ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބުގެ ޓްރާންސްފާގެ ކަންކަމަށް ހާއްސަ ސްޕޯޓިން ޑިރެކްޓަރެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ޓިމުން އެކަމަށް އެންމެ ބޭނުންވާ އެކަކަކީ ޕަރަޗިޓީ ކަމަށް ވާހަކަތައް ވަނީ ފެތުރިފައެވެ.
ޔުވެންޓަސް 2007 ގައި ރެލިގޭޓްވެ ވެއްޓުނު އަނދަވަޅުން އަރައިގަނެ، އިޓަލީގެ އެއް ވަނަ ޓީމަށް އަލުންވެ އަދި ޔޫރަޕުގެ ގަދަބާރަކަށް ވުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ 2010 ވަނަ އަހަރު މަރޯޓާ އާއި ޕަރާޓީ އެ ކްލަބާ ގުޅި ފެށި މަސައްކަތެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް