25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ހޯސޭ މޮރީނިއޯ

މޮރީނިއޯގެ މައްސަލައެއް އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި

  • މޮރީނިއޯ އާ މެދު ފިޔަވަޅު އެޅުން ގާތް
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 9 އޮކްޓޯބަރ 2018 | އަންގާރަ 15:21 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ -- ގެޓީ އިމޭޖާސް

މެންޗެސްޓަރ ޔުނައިޓެޑުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ފަރާތުން ފެނުނު ކުޅިވަރުގެ ރޫޙާ ޚިލާފު ކަންތައްތަކެއްގެ މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި އެފްއޭ އިން ބަލަމުން އަންނަނީ އެ މެޗުގައި މޮރީނިއޯ ޓަޗްލައިންގައި ހުރެ ދެއްކި ވާހަކަތަކެއްގެ މައްސަލައެވެ.

ނިއުކާސަލް އަތުން 2-3 މޮޅުވި މެޗަށް ފަހު، ދަނޑުން ފައިބަމުން މޮރީނިއޯ ވަނީ ޕޯޗުގީޒް ބަހުން ވާހަކަތަކެއް ދައްކާފައެވެ. މި މައްސަލަ މިހާރު ވަނީ އެފްއޭ އިން ފަށާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މޮރީނިއޯ ގޯސް އެއްޗެއް ބުނެފައިވާކަން ސާބިތުވެއްޖެ ނަމަ ބެންޗުގައި ނުހުރެވޭ ގޮތަށް އޭނާ އަށް އަދަބެއް އަތުވެދާނެއެވެ.

އެ މެޗުން ޔުނައިޓެޑް މޮޅުވިއިރު އެއީ ހަތަރު މެޗަށް ފަހު ޔުނައިޓެޑުން ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ. ޔުނައިޓެޑް މިހާރު އޮތީ 13 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މޮރީނިއޯގެ ފަރާތުން އެފަދަ އަމަލެއް ފެނިފައި ވަނީ އެ މެޗަށް ނުކުތްއިރު، އޭނާއަށް އޮތް ޕްރެޝަރުގެ ބޮޑުކަމުންނެވެ.

އެ މެޗުގައި ޔުނައިޓެޑުން ކޮންމެ ނަތީޖާއެއް ނެރުނަސް މޮރީނިއޯ މަގާމުން ދުރުކުރާނެ ކަމަށް އޮތީ ބެލިވިފައެވެ. ސަބަބެއް ކަމަށް ރިޕޯޓްތަކުގައި ވަނީ ޔުނައިޓެޑުގެ ބޯޑު މެމްބަރުންގެ އިތުބާރު މޮރީނިއޯ އަށް ގެއްލުމެވެ.

ކާމިޔާބު ކޯޗު އެލެކްސް ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރުމުން ހަވާލުވި ޑޭވިޑް މޮއިސް އާއި އޭގެ ފަހުން ހަވާލުވި ލުއިސް ވެން ހާލް ފަދައިން މޮރީނިއޯ އަށް ވެސް ޔުނައިޓެޑްގެ ކުރީގެ ފެންވަރަށް އެޓީމު ގެންދެވިފައެއް ނުވެއެވެ.

މޮރީނިއޯ އަށް ފަހަކަށް އައިސް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޕައުލް ޕޮގްބާއާ މައްސަލަ ޖެހުމެވެ.

ޔުނައިޓެޑާއި މޮރީނިއޯ ހަވާލުވެ ދުނިޔޭގެ ރެކޯޑް މުގުރާލައި 105 މިލިއަން ޔޫރޯ އަށް ގެނައި ޕޮގްބާއަކީ އެ ކުޅުންތެރިއެއްގެ ފަރާތުން ޔުނައިޓެޑުގެ ސަޕޯޓަރުން ގިނަ އުއްމީދުތަކެއް ކުރި ކުޅުންތެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް