19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ވިކްޓަރީ ސްޕޯޓްސް ކުލަބު

ނަޒީހުގެ ތައުރީފް ކުޅުންތެރިންނަށް

  • ނަޒީހު ވަނީ ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 9 އޮކްޓޯބަރ 2018 | އަންގާރަ 14:21 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ވިކްޓަރީއާ ޙަވާލުވެ މިވަގުތު ހުރި ނަޒީހު -- ފޭސްބުކް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅެން އޮތް މެޗަށް ހާޒިރުނުވެ އަދި މާލީ މައްސަލަތަކެއް ވެސް ދިމާވެފައި އޮތް ވިކްޓަރީން ހޯމަ ދުވަހު ނިއުރޭޑީއަންޓާ ދެކޮޅަށް ދެއްކި ހިތްވަރުން އެކުލަބުގެ ކުޅުންތެރިންނަށް ކޯޗު މުހައްމަދު ނަޒީހު ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ނަޒީހު ބުނީ މުސާރަ ނުދޭތާ ހަތަރު މަސް ހޭދަވި އިރު ވެސް އެ ކުޅުންތެރިން ވިކްޓަރީއަށްޓަކައި ނިކުމެ މަސައްކަތް ކޮށްދިނުމަކީ އެ ކުޅުންތެރިންގެ ބޮޑު ގުރުބާނީއެއް ކަމަށެވެ.

ބޭރު ތެރެއިން ފެންނަ މިންވަރަށް ވުރެ ވިކްޓަރީގެ ހާލަތު ރަނގަޅު ކަމަށް ނަޒީހު ބުންޏެވެ. ނަމަވެސް މިދިޔަ ހަފުތާގައި ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމު ހާޒިރުވެފައެއް ނުވެއެވެ.

ނަޒީހު ބުނީ ކުޅުންތެރިންގެ ގައިގައި ޖޯޝާއި ހިތްވަރު އެބަހުރި ކަމަށާއި ވިކްޓަރީއަށް އެވަރުގެ ހިދުމަތެއް ކުރަން އެ ރޫހުގައި ތިބުމުން އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޓީމުން މުސާރަ ނުދިން ނަމަވެސް 16 ކުޅުންތެރިން އާދިއްތަ ދުވަހު ޕްރެކްޓިހަށް ބަރާބަރު ގަޑިއަށް ހާޒިރުވެ ތިބި ކަމަށާއި ބައެއް އެހެން ޓީމުތަކުގައި ފެންނަނީ އަށް މީހުން ޕްރެކްޓިހުގައި ގަޑިއަށް އައިސް ތިބޭ ތަން ކަމަށް ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ސީޒަންގެ ބާކީ އޮތް ބަޔަށް ވިކްޓަރީއާ ހަވާލުވީ، އެއްވެސް އުޖޫރައަކަށް ނޫން ކަމަށާއި، އޭނާގެ ހިތުގައި އެ ކުލަބާ މެދު އޮތް ލޯބީގެ ސަބަބުން ކަމަށެވެ.

މިދިޔަ ދެ މަސް ދުވަހު ޕްރެކްޓިސް ނުކޮށް އޮތް ވީކްޓަރީން އަލުން ޕްރެކްޓިސް ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ ދެ މަސް ދުވަސްތެރޭ އެ ޓީމުން ކުރި ހަމައެކަނި ޕްރެކްޓިހެވެ.

ނަޒީހު ބުނީ އޭނާ ހުސްކޮށް ހުރެއްޖެ ނަމަ ވިކްޓަރީން އެދިއްޖެ ކޮންމެ ކަމެއް ވެސް ކޮށްދޭނެ ކަމަށެވެ. ޔުނައިޓަޑް ވިކްޓަރީގެ ކޮންޓްރެކްޓްގައި ހުރި ނަޒީހު، ވިކްޓަރީއާ ހަވާލުވީ މިވަގުތު ޔުނައިޓަޑް ވިކްޓަރީއަށް ސީޒަން ނިމިފައި ވުމުންނެވެ.

ވިކްޓަރީއަށް އެނބުރި އާދެވުން ނަޒީހު ސިފަކުރީ އެނބުރި ގެއަށް އާދެވުން ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް