21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

މަގޭ ރިޕޯޓް

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ކޮށްނުދެވުނު ހަމައެކަނި ކަމަކީ ނަތީޖާ ނެރުން!

  • ވޯޓުލީ ދުވަހު އިލެކްޝަންސްގެ އޮފިޝަލުންގެ ގޮތުގައި ޕީޕީއެމްގެ ގިނަ އެކްޓިވިސްޓުން ހަރަކާތްތެރިވި
  • ޕީޕީއެމުން ހިންގަން އުޅުނުކަމަށް ބުނާ ގިނަ ކަންކަން، ހިންގަން ހަވާލުކުރި ފަރާތްތަކުން ފަހުވަގުތު ޖެހިލުންވި ކަމަށްވޭ
  • ރައީސް ޔާމީނާއި ޕީޕީއެމްއިންވެސް ނަތީޖާ ގަބޫލު ކުރައްވާފައިވޭ
މުހައްމަދު ފަޒީން | phaxyn

| 9 އޮކްޓޯބަރ 2018 | އަންގާރަ 10:18 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ރައީސް އަބްދުﷲ ޔާމީން އާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް (ފައިލް ފޮޓޯ) -- ގޫގުލް

އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، މިހާރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޝަރީފް ހުންނެވީ ސަރުކާރުގެ ޔުޓިލިޓީޒް ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޕީޕީއެމުން ކުރިއިރު، މާލޭގެ މަގުތައް މަތީ ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށް މަގުމަތީ ފޯމް ފުރަން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ވެސް ޝަރީފް އެވެ.

މިއަދު ޝަރީފަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސެވެ. އެކޮމިޝަނުގެ ރައީސް ކަމަށް ވަޑައިގެންނެވީ، ރައީސް ޔާމީން ހަވާލު ކުރެއްވި "މިޝަން"އެއް ކާމިޔާބު ކުރާށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމާ ޝަރީފް ހަވާލުވެވަޑައިގެންނެވިއިރު، އޮތީ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ބޯމަތިވެފަ އެވެ. އެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދިޔައިރު، މުލިއާގެ އާއި ރައީސް ޔާމީންގެ ކެމްޕެއިން ކަންކަން ކުރަމުންދިޔަ ކުރީގެ ވެސްޓްޕާކް އެކޭ އިލެކްޝަންސް ކޮމިޝަނުގެ ގޮތްޕެކޭ ތަފާތެއް ނެތެވެ. އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން ހުށަހަޅާ ރީ-ރެޖިސްޓްރޭޝަން ފޯމުތައް ނުވަތަ އެ ފޯމުތަކުގެ މައުލޫމާތުތައް މުލިއާގެ އަށް ލިބެމުންދިޔަ އިރު، ވޯޓުލުމުގެ ހައްގު ލިބިގެންވާ ރައްޔިތުންނަށް މުލިއާގޭގައި ހުންނަ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުންނާއި ރައީސް ޔާމީންގެ އަނބިކަނބަލުންގެ ސޮދަގާތް ފައުންޑޭޝަނުން ފޯނު ކުރުމުގައި އުޅުނީ އަވަދިނެތި އެވެ. ރައީސް ޔާމީންގެ ކެމްޕެއިންގައި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގިނަ އަދަދަކަށް ހަރަކާތްތެރިވިއިރު، ދައުލަތުގެ މުދަލާއި މުވައްޒަފުން ދުވަހަކު ބޭނުން ނުކުރާވަރަށް ބޭނުން ކުރަމުން ދިޔައެވެ.

އިލެކްޝަންސް ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތައް ވެސް އޮތީ، އެކަން ކަމަށް ވެސް އެއްޗެއް ބުނަން ނުކުޅެދިފަ އެވެ.

އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅިގެން ދިޔައީ ރައީސް ޔާމީން ބޭނުންވެލެއްވި ގޮތަށެވެ. އިދިކޮޅު ލީޑަރުންނަށް ކުރިމަތި ނުލެވުނުއިރު، ތިއްބެވީވެސް ޖަލުގަ އެވެ. ބައެއް ލީޑަރުން ރާއްޖެއިން ބޭރުގައި ތިއްބެވިއިރު، ތިއްބެވީ ރާއްޖެ ވަޑައިގެންނެވޭނެ ހާލަތެއްގައެއް ނޫނެވެ.

ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް އިދިކޮޅު ކެންޑިޑޭޓަށް ކެމްޕެއިން ކުރުމަށް އެކަށީގެންވާ ފުރުސަތެއް ވެސް ދީފައެއް ނުވެއެވެ. ޕޯސްޓަރެއް، ބެނާއެއް އަދި ދިދައެއް ދަމާލިޔަސް ފުލުހުން އައިސް އެކަން ހުއްޓިވިތަން ފެނިގެން ދިޔައެވެ. ރައީސް ޔާމީން ކެމްޕެއިން ކުރައްވަމުން ގެންދެވީ ދައުލަތުގެ ޚަރަދުގައި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުންނެވެ.

އިންތިހާބުގެ އެންމެފަހުގެ ތައްޔާރީތައް ވަމުންދިޔައިރު، ރީ- ރެޖިސްޓްރޭޝަން މަރުހަލާ ދިޔަގޮތް ދިވެހި ރައްޔިތުންނަށް ފެނުނެވެ. ސަރުކާރުގެ އޮފީސްތަކުންނާއި ކުންފުނިތަކުން ޕީޕީއެމް ކެމްޕެއިން އޮފީހަށް، ރީ-ރެޖިސްޓްރޭޝަން ފޯމްތައް ފުރާ ހުށަހަޅަމުންދިޔައިރު، މައްސަލަތައް އޮތީ ފުނިޖެހިފަ އެވެ. އެންމެފަހުން ބޮޑު މައްސަލަގަނޑަކަށްވެ، ރީ-ރެޖިސްޓްރޭޝަން މަރުހަލާ އިތުރަށް ދިގުދެމިގެންގޮސް ރައްޔިތުންނަށް އޮޅުން އަރާހިސާބަށް ކަންކަން ދިޔައެވެ. މާދަމާ އިރުއަރާއިރަށް ތިމަންނާ ވޯޓް ލާން އޮތީ، ކޮންތާކަށްބާއޭ ހިތަށް އަރާހިސާބަށް ކަންތައްތައްދިޔަ އެވެ. ވޯޓުލާން ދަމުންވެސް އެ ޔަގީންނަށް ނެތް މީހުން ގިނަ އެވެ. ސަބަބަކީ އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމާއި ގުޅުން އޮތްލެއް ބޮޑުކަމުންނެވެ.

ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބުރަ މަސައްކަތުންނާއި ރައްޔިތުން އިލެކްޝަންސް ކޮމިޝަނަށް ނުރުހުން ފާޅުކޮށް، ކަންބޮޑުވާ ދަރަޖައަށް ކަންކަން ދިޔުމުން ކޮންމެވެސް ވަރަކަށް ކަންކަން ރަނގަޅު ކޮށްލާފައިވެއެވެ. އެގޮތުން ގިނަ ރިސޯޓްތަކުގައި ވޯޓް ފޮށިތައް ނުބަހައްޓަން ނިންމި ނިންމުން ބަދަލުކޮށް، ގިނަ ރިސޯޓްތަކެއްގައި ވޯޓް ފޮށިތައް ބަހައްޓާފައިވެއެވެ. ރީ-ރެޖިސްޓްރޭޝަން މަރުހަލާގައި މައްސަލަތައް ދިމާވި މީހުންނަށް އެމައްސަލަތައް ހައްލުކޮށްދިނުމަށް ފަސޭހަ ގޮތްތަކެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސި އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ، ހުންނަންޖެހިފައިވަނީ 1414 އަށް މެސެޖް ކޮށްލަކޮށްލަ އެވެ.

ރީ-ރެޖިސްޓްރޭޝަން މަރުހަލާނިމި، ވޯޓު ފޮށިތަކުގެ ކައިރީ ބާއްވާ، ވޯޓާސްލިސްޓް ދިނުމަށް ގުޅިފައިވާ ކޯލިޝަނުން ތަކުރާރުކޮށް އެދުމުން ވެސް ފޯރުކޮށް ނުދިނުމަކީ ކޯލިޝަނުން ވަރަށްބޮޑަށް ކަންބޮޑުވި މައްސަލައެކެވެ. ޕީޕީއެމަށް އެއީ މައްސަލައަކަށް ނުވި އެވެ. ފަހަރެއްގައި އެލިސްޓް ޕީޕީއެމަށް ލިބުމަކީ ވެދާނެ ކަމެކެވެ. އެއީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ރީ-ރެޖިސްޓްރޭޝަން ފޯމުތަކުގެ މައުލޫމާތު ޕީޕީއެމް ކެމްޕެއިން އޮފީހަށް ލިބެމުންދާތީ އެވެ.

ޓެބްލެޓް މައްސަލައާއި ވޯޓު ކަރުދާހުގެ މައްސަލައަކީ ވެސް ރައްޔިތުން ކަންބޮޑުވެގެން ދެއްކި ވާހަކަތަކެވެ. ބޮޑަށް އެފަދަ ވާހަކަތައް ދެކެވުނީވެސް އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމް ކެމްޕެއިން އޮފީހާއި އޮންނަ ގުޅުމެއްގެ ބޮޑުކަމުންނެވެ.

ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކުޑަތަން ވަމުންދިޔައިރު، ވޯޓް ފޮށިތައް ކައިރީ ތިއްބަވާ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި ޓެބްލެޓާއި، ވޯޓު ކަރުދާހާއި، ގަލަންތަކެއްގެ ވާހަކައާއި އަނގޮޓިއެއްގެ ވާހަކަތަކެއް ދެކެވެން ފެށިއެވެ. އެވާހަކަތައް އައީވެސް ޕީޕީއެމްގެ ކެމްޕެއިން އޮފީސްތަކުގެ ތެރެއިން ނެވެ.

ކޯލިޝަން ޕާޓީތަކުން މުޅިންވެސް އުޅުނީ ކެމްޕެއިންތަކުގަ އެވެ. ދޮރުންދޮރަށް ހިނގައި ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން ބަލާ ދިރާސާކުރުމުގަ އެވެ. އޭގެ މައްޗަށް ސިޔާސަތުތައް އެކުލަވާލައި އެ ސިޔާސަތުތައް ރައްޔިތުންނަށް ވިއްކުމަށްޓަކައި ކޯލިޝަން ޕާޓީތަކުން ބުރަ މަސައްކަތްތަކެއް ކުރަމުންދިޔައިރު، ޕީޕީއެމުން މާބޮޑު ފިކުރެއް ނެތްފަދަ އެވެ. އިންތިހާބު ކަށަވަރުހެން ހީވާ ކަހަލަ އެވެ. ރައީސް ޔާމީނާއި ރަނިންގމޭޓަށް ކެމްޕެއިން ކުރުމަށް ވަޑައިގެންނެވިފައިވަނީ މަދު ރަށްތަކަކަށެވެ. ނަމަވެސް ކޯލިޝަން ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންގމޭޓް ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ކެމްޕެއިން ކުރައްވާފަ އެވެ.

ދައުލަތުގެ މުދަލާއި މުވައްޒަފުން ޕީޕީއެމް ކެމްޕެއިންގައި ބޭނުންކުރަމުންދިޔައިރު، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން "އޯކޭ" ވެފައިތިބީ އެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މުލިއާގެ އާއި ޕީޕީއެމް ކެމްޕެއިން ހަރަކާތް އެންމެ ފުޅާދާއިރާއެއްގައި ހިންގި ކުރީގެ "ވެސްޓްޕާކް" އަށް އިންތިހާބާ ގުޅުންހުރި ހުރިހާ މައުމޫމާތުތަކެއް ދިޔައީ ލިބެމުންނެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބު ބަލިވީ އިލެކްޝަންސް ކޮމިޝަނުގެ މައްސަލައަކުން ނޫނެވެ. އެކޮމިޝަނުން ޕީޕީއެމަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ.

ހުރިހާ ވޯޓު ފޮށިތަކުގެ ކައިރީގައި ތިބީ ޕީޕީއެމްގެ އެކްޓިވިސްޓުންނެވެ. އޭގެ ތެރޭގައި ވޯޓުލި ދުވަހު، ކިޔު ނަމްބަރު ދޫކުރަން ހުރީ ޕީޕީއެމް އެކްޓިވިސްޓެކެވެ. ކިޔު ނަމްބަރު ގޮވާލީމައި މޭޒުކައިރިއަށް ދިޔައިރު، ވޯޓާސްލިސްޓްގައިވާ ނަމާއި އައިޑީކާޑާ ދިމާވޭތޯ ބަލަން ހުރީ ޕީޕީއެމް އެކްޓިވިސްޓެކެވެ. ދެން ފެށީ އިނގިލީގައި ކުލަލާށެވެ. ރަނގަޅަށް ބަލާލިއިރު، އޭނާއަކީ ވެސް ޕީޕީއެމް އެކްޓިވިސްޓެކެވެ. ވޯޓު ކަރުދާސް ކޮޅު ދިއްކޮށްލުމުން ބަލާލިއިރު، އެމީހަކީ އޭގެ ހަފްތާއެއްކުރިން ޕީޕީއެމުން ބޭއްވި އިވެންޓެއްގައި "ރައީސް ޔާމީން 2018" ޔާގީނޭ ޖަހާފައިވާ ޓީޝާޓެއްލައިގެންހުއްޓާ ފެނުނު ޕީޕީއެމް އެކްޓިވިސްޓެކެވެ. ކޮންމެ އަކަސް ވޯޓް ކަރުދާކޮޅުގައި ފާހަގަ ޖެހުމުގެ ކުރިން އެބުނާ ކެމިކަލެއް ހުރިތޯ ކޮންމެވެސް ވަރަކަށް ބަލާލީމެވެ. އެފަދަކަމެއް ފާހަގަވާން ނެތުމުން ފާހަގަ ޖެހުމަށް ފަހު، ވޯޓު ފޮށި ކައިރިއަށް އައިރު، އެތާ އޮފިޝަލެއް ހުއްޓާ ފެނުމުން ބަލާލީމެވެ. އެއީވެސް ޕީޕީއެމް އެކްޓިވިސްޓެކެވެ.

އެއީ ވޯޓުލާން ދިޔައިރު ދިމާވި މީހުންނެވެ. ވޯޓު ފޮއްޓާ ހަވާލުވެ ހުރި އިސްވެރިޔާއަކީ ކާކުތޯ ބަލާއިރު، އެއީ ޕީޕީއެމް އެކްޓިވިސްޓެއްކަން އެނގުމުން، މީދެން "ތަންފުކެއް ބޮޑުވަރޭ" ހިތަށް އެރި އެވެ. މިފަހަރު ވޯޓަށް ވާނެ ގޮތަކާމެދު ސުވާލު އުފެދުނެވެ.

ނަމަވެސް ހިތްހަމަ ޖެހުންލިބުނީ ކޮންމެ ވޯޓް ފޮއްޓެއް ކައިރީގައިވެސް ދެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ވަރަށް ގިނަ އަދަދެއް ބަޔަކު ތިބީމަ އެވެ. ފުލުހުންގެ ހަރަކާތްތައް ފެނުމުން ހިތްހަމަ ޖެހުން ލިބުނެވެ. ވޯޓު ފޮށި ކައިރީތިބި އާއްމު ރައްޔިތުންގެ ފަރާތުންވެސް މާބޮޑު ހިތްހަމަ ނުޖެހުންތަކެއް ނުފެނެއެވެ. ނަމަވެސް ބައެއް ވޯޓް ފޮށިތައް ކައިރީ ކޮންމެވެސް ވަރަކަށް އަޑުގަދަވެގެން ދިޔަ ނަމަވެސް ދެފަރާތުން ވާހަކަ ދެއްކުމަށް ފަހު ހައްލު ކުރަމުން ދިޔައެވެ. ފުލުހުން ވެސް ބެލީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކޮށް، ހަމަނުޖެހުން ނުހިނގާނޭގޮތަށް ކަންކަން ހަމަޖައްސޭތޯއެވެ.

ޔަގީންކަން އޮތީ، ވޯޓު ލުމުގެ ހުރިހާ ކަމަކާއި ވޯޓު ގުނުމުގެ ހުރިހާ ކަމެއް ރައްޔިތުންގެ ކުރިމަތީގައި ހިނގަމުންދާތީ އެވެ. ވޯޓު ލުމަށް ވޯޓު ފޮށި ހުޅުވާލި ހިސާބުން ވޯޓު ގުނާ ނިމި، އަދި ސީލް ކުރިއިރު ވެސް ގިނަ ރައްޔިތުންގެ ތިބީ ބަލާށެވެ. އެއްވެސް އިރެއް ރައްޔިތުންގެ ލޯމަތިން ވޯޓު ފޮއްޓެއް ގެއްލިފައެއް ނުވެއެވެ.

އެހެންވީމައި ރިޔާސީ އިންތިހާބުގެ ނަތީޖާއަކީ ޕީޕީއެމަށް "ހަޖަމް" ކުރަން ދަތިވާ ނަތީޖާއަކަށް ވިޔަސް އެއީ ވޯޓުލީ މީހާ ބޭނުންކުރި ކަރުދާސްކޮޅެވެ. ގުނާފައިވަނީ އެ ކަރުދާސްކޮޅު ތަކެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފާއި އެކޮމިޝަނުގެ މެމްބަރުންނަށް ޕީޕީއެމަށް ކޮށް ނުދެވުނު ހަމައެކަނި ކަމަކީ ނަތީޖާ "އަނބުރާ" ލުމެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޝަރީފް އައްޔަން ކުރައްވާ "މިޝަން" އެއް ހަވާލު ކުރެއްވިޔަސް އެކަމެއް ނުވާނެ ދެއްތޯ އެވެ. ނަތީޖާ ގަބޫލު ކޮށްފަ، ދެން މިހާރު ތިޔަ ދައްކަމުންދާ މަންޒަރު މާހުތުރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް