
| 9 އޮކްޓޯބަރ 2018 | އަންގާރަ 03:06 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ސަލްމާން ޚާން ގެ ފިލްމް "ބާރަތް"ގެ ޝޫޓިންތައް އަބޫދާބީގައި މިހާރު ވަނީ ނަގަން ފަށާފައެވެ.
ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ އެއްތަރި ކަމަށްވާ ކެޓްރީނާ ކައިފް ވަނީ "ބާރަތް"ގެ ސެޓްގައި ނަގާފައިވާ ބްލެކް އެންޑް ވައިޓް ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ޝެއަރކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "މީ އެންޑް މައި ބަޑީ އޮން އެން އެޑްވެންޗަރ"އެވެ. އެ ފޮޓޯގައި ފެންނަ އަންހެން މީހާ ފެނިގެންދަނީ ޖީޕެއްގެ މަތީ އިށީންދެލައިގެން އިންދައެވެ. ކައިރީގައި ހުއްޓިލައިގެން ހުރި ފިރިހެނަކީ ކާކު ކަމެއް ސާފެއް ނުވެއެވެ. އެ ފޮޓޯއިން ފެންނަ ފެނުމުންނާއި އަދި އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ފިލްމްގައި ކެޓްރީނާ ފެނިގެންދާނީ ބުޅި އިސްތަށިގަނޑެއްގައި ކަމަށް ބެލެވެއެވެ.
އަބޫދާބީގައި ޝޫޓިންތައް ފެށުމުގެ ކުރިން މި ފިލްމްގެ މޯލްޓާގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ ބައިތައްވަނީ ނަގާ ނިންމާފައެވެ. އަބޫދާބީގައި ޝޫޓިންތައް ކުރިއަށް ދިޔަ ނަމަވެސް ކަލާސް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12 ގެ ވީކެންޑް ކާ ވާރް ސެކްޝަން ނެގުމަށްޓަކައި ސަލްމާން ޚާން ކޮންމެ ހަފްތާ ބަންދަކާއި ދިމާކޮށް އިންޑިއާއަށް ދާކަމަށް ޚަބަރުތައް ބުނެއެވެ.
ބާރަތްގައި ޚާއްސަ ފެނިލުމަކުން ވަރުން ދަވަން ވެސް ފެނިގެން ދާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާވެސް މިވަގުތު ހުރީ ފިލްމް ސޫޓް ކުރުމަށްޓަކައި އަބޫދާބީގައެވެ.
އަތުލް އަގްނިހޯތްރީ ވަނީ ވަރުން ދަވަން އާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޝެއަރކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި އޭނާ ވަނީ ވަރުން އަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އެއްދުވަސް ކުރިން ވެސް މި ފިލްމްގެ ކޯ ޕްރޮޑިއުސަރ އަތުލް އަގްނިހޯތްރީ ވަނީ އޭނާގެ ޅިޔަނު އަދި އަދި އެކްޓަރ ސަލްމާން ޚާން އާއި ފިލްމް ފިލްމްގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރާއި އެކު އަބޫދާބީގައި ނަގާފައިވާ ފޮޓޯއެއް ޝެއަރ ކޮށްފައެވެ.
"ބާރަތް" ލީޑް ރޯލް ކުޅުމަށްޓަކައި ފުރަތަމަ ސޮއިކޮށްފައިވަނީ ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި އެންގޭޖް ކުރަންވެގެން އޭނާ ވަނީ ފިލްމް ދޫކޮށްލާފައެވެ. ޕްރިޔަންކާ މި ފިލްމް ދޫކޮށްލުމުން ފިލްމުގެ ލީޑް ރޯލަށް ކެޓްރީނާ ވަނީ ހަމަޖައްސާފައެވެ. އެންމެ ފަހުން ކެޓްރީނާ އާއި ސަލްމާން އެކުގައި ފެނިގެން ގޮސްފައިވަނީ "ޓައިގާ ޒިންދާހޭ" އިންނެވެ.
"ބާރަތް" ގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން ދިޝާ ޕަޓާނީ، ތައްބޫ ސުނިލް ގްރޯވާ، ޖެކީ ޝްރޯފް، ނޯރާ ފްތޭހީ އަދި އާސިފް ޝެއިޚް މުހިއްމު ރޯލް ތަކުން ފެނިގެން ދާނެ އެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންން އަހަރުގެ އީދުގައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް