19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ބޮލީވުޑް

ދިލިޕް ކުމާރު އެޑްމިޓް ކޮށްފި

  • އެޑްމިޓް ކޮށްފައި ވަނީ ނިއުމޯނިއާ އަށް ފަރުވާ ހޯދުމަށްޓަކައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 9 އޮކްޓޯބަރ 2018 | އަންގާރަ 00:49 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ދިލިޕް ކުމާރު -- ގޫގުލް

ކުރީގެ މަޝްހޫރު އެކްޓަރ ދިލިޕް ކުމާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

އުމުރުން 95 އަހަރުގެ އެކްޓަރ އެޑްމިޓްކޮށްފައި ވަނީ ނިއުމޯނިއާ އަށް ފަރުވާ ހޯދުމަށްޓަކައެވެ.

ކުމާރުގެ އާއިލާގެ ރަހުމަތްތެރިއެއް ކަމަށްވާ ފައިސަލް ފާރޫގީގެ ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ނިއުމޯނިއާ އަށް ފަރުވާ ހޯދުމަށް އާދިއްތަ ދުވަހުގެ ރޭ ކުމާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. 

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ކުމާރު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައެވެ.

ކުމާރުގެ އާއިލާގެ ރަހުމަތްތެރިއެއް ކަމަށްވާ ފައިސަލް ފާރޫގީ އޭރު ބުނެފައި ވަނީ މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލްގައި ކުމާރު އޭރު އެޑްމިޓްކޮށް ފަރުވާ ދީފައި ވަނީ މޭގައި އިންފެކްޝަން ހެދިގެން ކަމަށެވެ.

ދިލިޕް ކުމާރު ވަނީ 65 ފިލްމްގައި މަސައްކަތް ކޮށްފައެވެ. އޭނާގެ ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 1955 ވަނަ އަހަރު ރިލީޒްކުރި "ދޭވްދާސް"، 1957 ވަނަ އަހަރު ރިލީޒްކުރި "ނަޔާ ދައުރު"، 1960 ވަނަ އަހަރު ރިލީޒްކުރި "މުގަލް އީ އާޒަމް"، 1961 ވަނަ އަހަރު ރިލީޒްކުރި "ގަންގާ ޖަމުނާ"، 1981 ވަނަ އަހަރު ރިލީޒްކުރި "ކްރާންޓީ" އަދި 1986 ވަނަ އަހަރު ރިލީޒްކުރި "ކަރްމާ" ހިމެނެއެވެ.

ދިލިޕް ކުމާރު އެންމެ ފަހުން ފެނިފައިވަނީ 1998 ވަނަ ފިލްމް "ގީލާ" އިންނެވެ. އޭނާއަށް ވަނީ 1994 ވަނަ އަހަރު "ދާދާސާހެބް ޕަލްކޭ އެވޯޑް" އަރުވާފައެވެ. އަދި 2015 ވަނަ އަހަރު "ޕަދްމާ ވިބޫޝަން" އެވޯޑްވެސް ދީފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް