16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފްރޭންކް ލަމްޕާޑް

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

  • މި ދަނޑިވަޅަކީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް އެންމެ ރަނގަޅު ދަނޑިވަޅު: ލަމްޕާޑް
ލީވާން އަލީ | MrLeevaan

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 22:19 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ފްރޭންކް ލަމްޕާޑް -- ރާއްޖެއެމްވީ ފޮޓޯ : އިސްމާއިލް ރިޔާޒް

ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

 

ލަމްޕާޑް ނެރުނު ބަޔާނެއްގައި ބުނީ ވަރަށް ގިނަ ހުށަހެޅުންތައް ކްލަބްތަކުން ލިބިފައިވާ ކަމަށާއި، އެހެންނަމަވެސް މި ދަނޑިވަޅަކީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އެހެން ކަންކަމަށް ވަގުތު ހުސްކުރަންވީ ވަގުތު ކަމަށެވެ.

 

ލަމްޕާޑް ބުނީ އޭނާގެ ކެރިޔަރުގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި، އެގޮތުން ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީ ކެރިޔަރުގައި 300 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކުރެވިފައިވާ ކަމަށެވެ.

 

ވެސްޓްހަމް ޔުނައިޓެޑް، މެންޗެސްޓާ ސިޓީ އަދި ނިއުޔޯކް ސިޓީ އެފްސީގެ ކުޅުންތެރިންނަށާއި، މެނޭޖްމަންޓަށް ލަމްޕާޑު ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ޗެލްސީއަކީ އޭނާ ހިތުގެ އެއްބައި ކަމަށާއި، ޗެލްސީއާއެކު ގިނަ ކާމިޔާބީތައް އަދި އެތައް ހަނދާންތަކެއް އެކުލެވިގެންވާ ކަމަށް ވެސް ލަމްޕާޑް ވަނީ ބުނެފައެވެ.

 

ފުޓުބޯޅަ ކުޅުމުގެ ކެރިޔަރު ހުއްޓާލުމަށް ފަހު ދެން ލަމްޕާޑް ފެނުން އެންމެ ކައިރީ ކޯޗިން ކެރިޔަރުންނެވެ. އެގޮތުން އޭނާ ބުނީ ކޯޗެއްގެ ގޮތުގައި ފެނިގެންގޮސްދާނެ ކަމަށާއި، ލިބޭ ހުށަހެޅުންތަކަށް ބެލުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް