19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ދައުލަތަށް ވަންނަ އާމްދަނީ

ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

  • ދައުލަތަށް ވަންނަ ފައިސާއަށް ވާގޮތެއް ނޭނގޭ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 22:15 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ދައުލަތަށް ފައިސާ ވާކަމަށް ބުނާއިރު ލޯނު ނެގުންދަނީ އިތުރުވަމުން -- މިހާރު

ނޫސްތަކުގެ ސުރުޚީތަކުން މުޅިންވެސް ފެންނަނީ ދައުލަތު މާލިއްޔަތަށް ރެކޯޑް އަދަދަކަށް ފައިސާ ވަންނަ ވާހަކައެވެ. ފިއްކަޑައިގެންދާ ވަރަށް ފައިދާ ވަމުންއަންނަ ވާހަކައެވެ. ރައްޔިތުން ދައްކާމުން އަންނަ ޓެކްސް އިތުރުވަމުން އަންނަ ވާހަކައެވެ. އެކަމަކު އެ ވަންނަ ފައިސާއަކާއި ލިބޭ ލާރިއަކަށް ވާ ގޮތެއް ޚުދު ރައްޔިތުންނަކަށްވެސް ނޭނގެއެވެ. އިވެނީ ތަފާތު ވާހަކަތަކެވެ. ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އިވޭ އަޑާ ފެންނަ ސުރުޚީތަކާއި ޙަގީގަތުގައި ކަންހިނގާގޮތް އުޑާ ބިމާހާތަން ތަފާތެވެ.

 

އެންމެފަހުންވެސް އަޑު އިވުނީ ފުލުހުންގެ މުއައްސަސާއަށް މުސާރަ ނުދެވުނު ވާހަކައެވެ. ކަން ހިނގާދިޔަ ގޮތެއް އެނގޭ ހަމަ އެކަކުވެސް ނެތެވެ. އެނގެނީ މުސާރަ ނުދެވުނު ކަމެވެ. ކިހެނެއްވެގެން ކަމެއް ކޮންކަމެއް ލައިގަނެގެން ކަމެއް ނޭނގެއެވެ. ހަމަ ގައިމުވެސް މިއަހަރަށް ފާސްކޮށްފައި ވަނީ އާދައިގެ ބަޖެޓެއް ނޫނެވެ. ދައުލަތުގެ ބަޖެޓު 27 ބިލިއަނަށް އަރައެވެ. ގާއިމު ފުލުހުންނަށް މުސާރަ ބޮޑުކުރާނީ އެބަޔެއްވެސް ބަޖެޓުގައި ހިމަނައިގެން ކަމަށް ދެކެމެވެ. އެކަމަކު ކަންހިނގީ އެހެނަކުން ނޫނެވެ. ފެނުނީ ދައުލަތުގެ އެންމެ ބޮޑު މުއައްސަސާއަށް ފައިސާ ނުދެވިގެން ލޯން ދޫކުރިތަނެވެ.

 

ދައުލަތުގެ މާލިއްޔަތަށް ވަމުންދާ ގޮތާމެދު ރައްޔިތުން ކަންބޮޑުވިޔަސް ކުރާނެ ކަމެއް ނެތެވެ. ވާނުވާނޭނގޭ ގޮތެއްގައި ކުރެވެމުންދާ ޚަރަދުގެ އެނގެން ބޭނުންވިޔަސް އެކަން ހިނގާ ދެފުއް ފެންނަ ގޮތަކަށް ނޫނެވެ. އެކަމަކު މުސާރަ ނުދެވުނީ ދެން މިކިޔަނީ ރައީސް އޮފީހުގައި މަޝްވަރާކުރާ ވާހަކައެވެ. އެކަމަކު އެއީ އެކަންވާންޖެހޭ ގޮތެއް ނޫނެވެ. 2017ގެ ބަޖެޓު ފާސްކޮށްފައި އެވަނީ މަޝްވަރާކުރަންޖެހޭ ހުރިހާ ފަރާތްކަކާއި މަޝްވަރާކުރުމަށްފަހުއެވެ. ހުރިހާކަމެއް ނިންމާ މަޖިލީހުން ފާސްކޮށްފަ އޮތް އެއްޗަކަށް ފިނޭންސް މިނިސްޓްރު ގޮސް ވަކި ރައީސްއާ ބައްދަލުކޮށްގެން ދައްކާނީ ވަކި ކޮން ވާހަކައެއް ހެއްޔެވެ.

 

ޤައުމުގެ ބިންތަކާއި ފަޅުތައް ވިއްކާ ނުވިތާކަށް އެހެން ގައުމުތަކުން ލޯނުނަގާ، ދައުލަތުން ޓީބިލް ވިއްކައިގެންވެސް މިޖެހެނީ ފޫނެއް ފަޔަށް ފެންފުރާށެވެ. ގައުމު އެއްކޮށްވަނީ ދަރާ ހިސާބަށް ގޮސްފައެވެ. ދައުލަތް ހިންގަނީ ލޯނުފައިސާއިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދައުލަތަށް އާމްދަނީއެއް ކިރިޔާވެސް މިލިބެނީ ވެރިން ދެކޮޅު ހަދަނިކޮށް އެމްޑީޕީ ސަރުކާރުން ތައާރަފުކުރި ޓެކްސް ނިޒާމުގެތެރެއިންނެވެ. އެކަމަކު އޭރު ޓެކުހޭ ކިޔައިގެން ވާހަކަ ދައްކާފައި މިހާރު ޑަބަލްކޮށް ޓެކުސް ބޮޑުކޮށްގެންވެސް މިވަނީ ދައުލަތް ހިންގަންދަތިވެފައެވެ.

 

މުސާރަ ނުދެވެން ދިމާވާ މައްސަލައަކީ ވެރިކަން ދަމަހައްޓަން ބޭކާރު ހަރަދުކުރުން ކަމުގައި ރައްޔިތުން ދެކެއެވެ. އެހާވަރަށް ހިޔާނާތްތައް އިތުރުވެ ކޮރަޕްޓް ނިޒާމުގެތެރެއިން ގެއްލިގެންދިޔަ އެތައް ބިލިއަން ރުފިޔާއެއް ވީތަނެއްވެސް ނޭގެއެވެ. މިވަރުންދެން ދައުލަތުގެ މުއައްސަސާތަކަށް މުސާރަ ދޭން ދަތިވެދާނެއެވެ. އެކަމަކު އާމްދަނީ ވަންނަނީ އަމަށަކު ވަރަކަށް ނޫނޭ ބުނާތީ އިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް