20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

12 މެންބަރުންގެ މައްސަލަ

މިއަދުވެސް ޖުޑީޝަރީން ކުރީ ބަޣާވާތެއްތޯ؟

 • ސަރުކާރުން ހިތްހަމަނުޖެހޭ ކޮންމެ ކަމެއް ބަޣާވާތެއްގެ ގޮތުގައި ދިޔައީ ސިފަކުރަމުން
 • 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މެންބަރުންނަށް ޖަލްސާތަކަށް ވަދެވޭނެ ކަމަށް ކަނޑައެޅި
 • 1 ފެބްރުއަރީގެ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލަށްލި
މިއުވާން މުހައްމަދު | Miuvaan

| 8 އޮކްޓޯބަރ 2018 | ހޯމަ 18:07 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
 8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


މިއަދުގެ ސުޕްރީމް ކޯޓުގެ އަޑު އެހުންތަަކަށް ފަހު މެމްބަރުން ކޯޓުން ނިކުމެވަޑައިގަންނަވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް އަބްދުﷲ ޔާމީނު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ގޮތަކަށް ކަމެއް ކުރާ ކޮންމެ މީހެއް ނުވަތަ ބައެއް އެކުރަނީ ބަޣާވާތެއް ކަމަށް އެމަނިކުފާނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެމްބަރުން ފާސްކުރަން އުޅުމުން އެ މަޖިލީހުގެ މެމްބަރުން އެކުރެއްވީ ބަޣާވާތަކަށް ވިއެވެ. 1 ފެބްރުއަރީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ސޮއިކުރައްވައި ރައީސް ޔާމީން ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ގޮތަކަށް އަމުރެއް ނެރުއްވުމުން އެ ހިސާބުން ކޯޓުން ބަޣާވާތް ކުރީ ކަމަށް ނިންމަވައި، ސުޕްރީމް ކޯޓުގެ ފުރާޅު ޓިނުނަގައިގެން ސިފައިން ވަދެ އުއްތަމަފަނޑިޔާރާއި އެކޯޓުގެ އިތުރު ފަނޑިޔާރަކު ދަމާކޫއްތާފައި ގެންގޮސް ލެއްވީ ޖަލު ގޮޅިއަކަށެވެ. ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނުމުން އެެންމެ ފަހުން ގޯސްވީ ރައްޔިތުންނާއި އިލެކްޝަންސް ކޮމިޝަނެވެ. އެވަރު ބަޔަކު ނެތިގެން ކުރިން އުޅުނު އިލެކްޝަންސް ކޮމިޝަން ވަރުގެ ނުބައި ބަޔަކު މިއަދު ނެތެވެ. އެމީހުން ވެސް ކުރީ ބަޣާވާތެއް ކަމަށް މިހާރު ދަނީ ސިފަކުރަމުންނެވެ.

ދައުލަތުގެ ބާރުތަކަށް އިހަކަށް ދުވަހާ ހަމަޔަށް ޖެހެންދެން ވިސްނައިދީފައި އޮތީ ސަރުކާރު ރުހޭ ގޮތަކަށް ހުރިހާ ކަމެއް ކުރުމަށެވެ. ފަނޑިޔާރުގެއަށް ވެސް ވިސްނައިދީފައި އޮތީ އެހެންކަން އެކި ފަނޑިޔާރުން ފުލުހުންނަށް ދީފައިވާ ބަޔާންތަކުން އެ އޮތީ ހާމައަށް ފެންނާށެވެ. މިނިވަން މުއައްސަސާތުކުގެ ވެރިންގެ ހިތަށް ވެސް ވައްދާފައިވާ ބިރުވެރިކަން އޭސީސީގެ ރައީސް ހަސަން ލުތުފީމެން ފަދަ ބޭބޭފުޅުން ދެއްވާފައިވާ ބަޔާންތަކުން އެއޮތީ ފެންނާށެވެ. 

ނަމަވެސް 23 ސެޕްޓަމްބަރުގައި އޮތް ރިޔާސީ އިންތިހާބަށް ފަހު ހުރިހާ ކަމެއް ބަދަލުވަން ފަށައިފިއެވެ. މިއަދު ހުރިހާ ތަނެއް މިފެންނަނީ ބިރު ފަހަނައަޅައި ދާތަނެވެ. ލަސްވެއްޖެއެވެ. އެކަމަކު ލަހުން ވިޔަސް އެކަން އެބަ ކުރެއެވެ. އޭސީސީއަށް ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތަކުން ކުއްލިއަކަށް ކޮރަޕްޝަން ފެނި، މައްސަލަތައް ހުއްޓުވެއެވެ. ބްރޯޑްކޮމްއަށް މައްސަލަތައް ބެލުމުގައި ވަކި އަތަކަށް ޖެހެވިފައިވާކަން ކުއްލިއަކަށް އެނގިއްޖެއެވެ. ޖުޑީޝަރީއަށް ޤާނޫނުތަކުގައި ސަރީޙަކަމާ އެކު ލިޔެފައިވާ އެއްޗެއް ކުއްލިއަކަށް ސާފުވި ކަހަލައެވެ. ކޮންމެއަކަސް، ބަދަލެއްގެ ކޮޅުމަތި އެބަފެނެއެވެ. 

މިހުރިހާ ކަމަކާ އެކު މިއަދު ފެނިގެން މިދިޔައީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުންތަކެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވަނީ، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ޤާނޫނީ ވަކީލުންނާއި އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތައް ތަކުރާރުކޮށްފައެވެ. މިއީ ކަޅާއި ހުދުން ވަރަށް ސަރީހަ އިބާރާތުން ޤާނޫނުތަކުގައި ލިޔެފައިވާ ވާހަކަތަކެވެ. 

ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމި 4 މެމްބަރުން

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަމުން ދިޔަ މައްސަލަތަކަށް ވަރުގަދަ ވެކްސިނެއް ހުށަހަޅާ ވާހަކަ ޕީޕީއެމްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިދިޔަ އަހަރުގެ އެޕްރީލް މަހު ވިދާޅުވިއެވެ. އަދި އެވެކްސިނަށް ފަހު ދެން އެ 'ބަލިމަޑުކަން' ނާންނާނެ ކަމަށް ވިދާޅުވިއެވެ.

ނިހާންއެވެ. މިއަދު އަނެއްކާ އެލައިގަތީ އެކަންތައް ނޫންތޯއެވެ؟ ގެރެންޓީ ހަމަވެފައި ހުރި ވެކްސިން ޖެހީމައި ބަލި ރަނގަޅުވުމުގެ ބަދަލުގައި ނެތް ބަލިވެސް ޖެހޭނެއެވެ. މަސީހުގެ ގޮނޑި ސަލާމަތްކުރަން ޖެހި ވެކްސިން ހުރީ ގެރެންޓީ ހަމަވެފައެވެ. އެހެންކަމުން މަސީހުގެ ގޮނޑި ގެއްލުމުގެ ބިރުވެރިކަން އަނެއްކާ އައުމުގެ އިތުރަށް އެ ޖެހި ވެކްސިނާއި ވެރިކަން ވެސް އެ ގެއްލުނީއެވެ. ދެން ވެސް ވެކްސިން ޖަހާއިރު ރަނގަޅަށް ބައްލަވާފައި ޖެއްސެވުން ބުއްދިވެރިއެވެ. ތިވެކްސިންގެ ސައިޑް އެފެކްޓްތަކުގެ ތެރެއިން ނިހާންގެ ގޮނޑި ވެސް މި ފަހަރު ވެސް ދިފާޢު ނުވާނެ ކަމަށް ކިޔާތީ އިވެއެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ދާއިރާ އިން ލިބުނު ލަދުގަންނަ ވަރުގެ ނަތީޖާއިން އެކަން ވަރަށް ބޮޑަށް ޔަގީނެވެ. 

ޕީޕީއެމްގެ ތެރެއިން 12 މެންބަރަކު ނުކުމެވަޑައިގަތުމުން އެކަން ވެސް ނިހާނު ސިފަކުރެއްވީ ހަރާމް ބަގާވާތެއްގެ ގޮތުގައެވެ. އަދި އެ ގޮނޑިތައް ގެއްލުނީ ނިހާނުހާ ހެދި ނޫން ކަމަށް ވިދާޅުވިއެއް ކަމަކު ސުޕްރީމް ކޯޓުގެ ހުކުމުން އެނގުނު އެއްޗަކީ އެއީ ނިހާނާއި ރައީސް ޔާމީނުގެ އައުވާނުންގެ ރޭވުމެއް ކަމެވެ. ދެން ދުވަހަކު ވެސް އެ މެންބަރުންނަށް މަޖިލީހަށް ނުވަދެވޭނެ ކަމަށް ގަދަބަސް ވިދާޅުވިއެއް ކަމަކު ގުދުރަތުގެ ނިޔާ ނިހާނަށް ވެސް ނޭނގޭނެއެވެ. 

ރައްޔިތުން އެވަނީ ބަސް އިއްވާފައެވެ. ވޯޓުން ބަލިވެ، ކޯޓުންވެސް ބަލިވެ، މިއަދު ހަދާނެ އެއް ގޮތްވެސް ނެތުމުން އަނެއްކާ ވެސް ހައްލަކީ ސުޕްރީމް ކޯޓުން މިއަދުވެސް އެކުރީ ބަޣާވާތެއް ކަމަށް ބުނުންތޯއެވެ؟ ތިއަށް ވުރެ ސިޔާސީ ގޮތުން ހޭލުންތެރި ވާން ޖެހެއެވެ. ތަސައްރަފު ފުދެން ޖެހެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފާރޫުގު މުޙައްމަދު

4 މަސް ކުރިން

ެަނިހާނު އަކީސިކުނޑި ހަމަ މީހެއްނޫން. ތީނައާއި އަދުރޭއަކީ ފިރުއަޢުނު ގާތު އުޅުނު ހާމާނު ފަދަ ބައެއް. ވަގުންނާއި ގުޅޭނީވެސް ވަގުންނާ..

4
0
ޔަސް

4 މަސް ކުރިން

އަދި ވެސް ތި ދުވަސް ގާތް

0
0