20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

އާޔޫޝް ޝަރްމާގެ ޓުވިޓާ އެކައުންޓް ހެކް ކޮށްފި

  • އެކަން ކުރި މީހަކު ހޯދާ އެމީހަކާއި ދޭތެރޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 އޮކްޓޯބަރ 2018 | ހޯމަ 13:10 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


އާޔުޝް ޝަރްމާ އަންހެނުން އަރްޕިތާ ޚާން އާއި އެކު -- ގޫގުލް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ލަވްޔާތްރީ" ގެ ތަރި އާޔޫޝް ޝަރްމާގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފައިވާ ކަމަށް އޭނާގެ އަންހެނުން އަރްޕިތާ ޚާން ބުނެފިއެވެ.

އަރްޕިތާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޮންމެވެސް މީހަކު އާޔޫޝްގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައިވާ ކަމަށެވެ. އަދި އެ އެކައުންޓުން ބޭއަދަބީ ބަސްތައް ބޭނުން ކޮށްގެން ޕޯސްޓްތައް ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

އެކަން ކުރި މީހަކު ހޯދާ އެމީހަކާއި ދޭތެރޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ޓީމުން ކުރަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިއީ އާޔޫޝް ކުރާނެ ކަންތައްތަކެއް ނޫން ކަމަށް ވެސް އަރްޕިތާ ވަނީ ބުނެފައެވެ.

މިއީ ބޮލީވުޑް ސެލްބްރިރިޓީއެއްގެ ޓްވިޓާ އެކައުންޓް ހެކް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މަހު ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރުގެ ވެސް ޓްވިޓާ އެކައިންޓާއި އިންސްޓަގްރާމް އެކައުންޓް ވަނީ ހެކް ކޮށްފައެވެ. ނަމަވެސް އޭނާގެ އެކައުންޓްތައް ގަޑިއެއްހާއިރު ތެރޭގައި ވަނީ ރީސްޓޯރ ކޮށްފައެވެ. އަދި ޝާހިދު ވަނީ އޭނާގެ ފޭނުންނަށް އިންސްޓަގްރާމް ސްޓޯރީގައި ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުންވެސް ކްރިތީ ސެނޯން އާއި އަބީޝެކް ބަޗަން އަދި އަނޫޕަމް ކޭރް ގެ އެކަންއުންޓް ވެސް ކުރިން ވަނީ ހެކް ކޮށްފައެވެ.

އާޔޫޝް ޝަރްމާ ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފައިވަނީ "ލަވްޔާތްރީ" އިންނެވެ. މި ފިލްމަކީ ވަރީނާ ހުސައިން ވެސް ބޮލީވުޑަށް ތަޢާރަފް ވެގެން ދިޔަ ފިލްމެވެ. އަންހިރާޖް މިނަވާލާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ އާޔުޝްގެ ޅިޔަނު ސަލްމާން ޚާން އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް