19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ކަނޑު އަޑީގެ ރެސްޓޯރެންޓް

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓް ނިމުމާ ގާތަށް!

 • މި ރެސްޓޯރަންޓް ހުޅުވުމަށް ތައްޔާރުވަމުން ދަނީ 2019 އަށް
 • ބޮޑަށް ހާއްސަކޮށްފައި ވަނީ ސީފުޑަށް
 • އެއް ފަހަރާ 100 މީހުންނަށް ހިދުމަތް ދެވޭ
ރިޒުނާ ޒަރީރު | RiznaZareer

| 7 އޮކްޓޯބަރ 2018 | އާދީއްތަ 21:35 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 6. ޕްރިޔަންކާ އިނީ ބަލިވެ؟
 7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ނޯވޭގައި ތަރައްޤީކުރާ އަންޑަރ ވޯޓަރ ރެސްޓޯރަންޓް -- ސްނޮހެޓަ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓްގެ ގޮތުގައި ހަދަމުން އަންނަ 'އަންޑާރ' ނިމުމާއި ގާތަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ނޯވޭގެ އެންމެ އުތުރުން ކަނޑު އަޑީގައި ތަރައްޤީ ކުރާ މި ރެސްޓޯރަންޓް ހުޅުވުމަށް ތައްޔާރުވަމުން ދަނީ 2019 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

މި ރެސްޓޯރަންޓް ފަރުމާ ކުރަނީ ސްނޮހެއްޓާއެވެ. މި ރެސްޓޯރަންޓް ވެގެންދާނީ ކަނޑު އަޑީގައި ތަރައްޤީކުރާ އެންމެ ތަފާތު އެއް ރެސްޓޯރަންޓް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އެގޮތުން މި ރެސްޓޯރަންޓްގެ ސްޓްރަކްޗަރ އެކަނި ފަރުމާކުރުމަށް ވެސް 6 މަސް ދުވަސް ހޭދަވެފައި ވާއިރު ބަރުދަނުގައި 2500 ޓަނު ހުރެއެވެ. މިއީ ގާތްގަނޑަކަށް އެއް ފަހަރާ 100 މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތައްޔާރުކުރާ ތަނެކެވެ.

މި ރެސްޓޯރަންޓް ބޮޑަށް ހާއްސަކޮށްފައި ވަނީ ސީފުޑް ކެއުންތަކަށެވެ.

ރާއްޖެއަކީ ގިނަ އަދަދަކަށް މިހާރު ކަނޑު އަޑީގެ ރެސްޓޯރަންޓް ހުންނަ ގައުމަކަށްވާ އިރު މިފަދަ ރެސްޓޯރަންޓްތަކަކީ ފަތުރުވެރިންގެ ވަރަށް މަޤްބޫލު ތަންތަނަށް ވަނީ ވެފައެވެ.

އެގޮތުން ކަނޑު އަޑީގެ ރެސްޓޯރަންޓް ހުންނަ ރިސޯޓްތަކުގެ ތެރޭގައި ކޮންރަޑް ރަންގަލި އައިލެންޑް، ހުރަވަޅި މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑް، އަނަންތަރާ ކިހަވަށް މޯލްޑިވްސް، މާދޫ އައިލެންޑް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް