21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ސެމްސަންގް ކުންފުނި

3 ވަނަ ކުއާޓަރގައި ރެކޯޑް ފައިދާއެއް ވެފައިވާކަމަށް ސެމްސަންގްއިން އަންދާޒާކޮށްފި

  • 15.5 ބިލިއަން ޑޮލަރު ފައިދާވެފައިވާކަމަށް އަންދާޒާކޮށްފައިވޭ
މިއުވާން މުހައްމަދު | Miuvaan

| 7 އޮކްޓޯބަރ 2018 | އާދީއްތަ 18:46 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  4. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ސެމްސަންގް ފިހާރައެއްގެ ތެރޭގައި މިހާރު ބައެއް ޕްރޮޑަކްޓްތައް ޓެސްޓްކުރަނީ -- ގެޓީ އިމޭޖާސް

މިއަހަރުގެ 3 ވަނަ ކުއާޓަރގައި ރެކޯޑް މިންވަރަކަށް ފައިދާވެފައިވާކަމަށް ސެމްސަންގް އިލެކްޓްރޯނިކްސްއިން އަންދާޒާކޮށްފިއެވެ. 

ސެމްސަންގްއިން ބުނާ ގޮތުގައި މިއަަހުގެ 3 ވަނަ ކުއާޓަރގެ އޮޕަރޭޓިންގ ޕްރޮފިޓް 15.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. ދެކުނު ކޮރެއާގެ ސެމްސަންގްގެ ފައިދާ އިތުރުވެފައިވާކަމަށް ލަފާކޮށްފައި މިވަނީ އެކުންފުނީގެ ޗިޕްތަކުގެ ވިޔަފާރި އިންތިހާއަށް ރަނގަޅުވެފައި ވުމުންނެވެ. މިދިޔަ އަހަރު ސެމްސަންގް ވަނީ އިންޓެލް ކުންފުނި ފަހަތަށް ޖައްސާލައި، ޗިޕް އުފައްދާ އެންމެ ބޮޑު ކުންފުނީގެ މަޤާމު ހޯދާފައެވެ. 

އެކުންފުނީގެ އޮޕަރޭޓިންގ ޕްރޮފިޓްގެ 80 އިންސައްތަ ހިއްސާކުރަނީ ޗިޕް ވިއްކައިގެން ލިބުނު އާމްދަނީއެވެ. މެމޮރީ ޗިޕްގެ ވިޔަފާރި ރަނގަޅުވިނަމަވެސް، އިލެކްޓްރޯނިކް އައިޓަމްތަކުގައި ބޭނުންކުރާ އެކި ކޮމްޕޯނަންޓްތަކުގެ އަގުތައް ހެޔޮވަމުން ދިޔުމުން ސެމްސަންގްގެ ވިޔަފާރި ދަށްވާނެކަމަށް ލަފާކުރެއެވެ. 

މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ސެމްސަންގެ ފައިދާ 57 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އެކުންފުނިން ލަފާކުރެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ފައިދާއާއި އަޅާބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ. ފައިދާވާނެކަމަށް އަންދާޒާކުރެވުމާއިއެކު، ސެމްސަންގްގެ ހިއްސާގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށް ފާހަގަކުރެވެއެވެ. 

ޗިޕްގެ ވިޔަފާރި ރަނގަޅުވިނަމަވެސް ސެމްސަންގް ގެލެކްސީ 9 ސީރީޒްގެ ފޯނުތަކަށް އެކުންފުނިން ލަފާކުރި ވަރުގެ ތަރުޙީބެއް ލިބިފައެއް ނުވެއެވެ. އަދި އެޕަލްއާއި ޗައިނާގެ ވާވެއި ފަދަ ކުންފިނިތަކުގެ ސަބަބުން ސްމާޓްފޯނު ބާޒާރުގެ އެންމެ އުހުގައި ފައި ހަމަކުރަން ސެމްސަންގްއަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. 

މީގެ އިތުރުން 2016 ވަނަ އަހަރު ގެލެކްސީ ނޯޓް 7 ނެރުނުފަހުން އޭގެ ފޯނުތަކުގައި ރޯވަމުން ދިޔުމުގެ ސަބަބުން ސެމްސަންގްއަށް ލިބުނު އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމުން އަދިވެސް އަރައެއް ނުގަނެވެއެވެ.

ސެމްސަންގްއިން މިއަހަރުގެ 3 ވަނަ ކުއާޓަރގެ ފައިދާ އާއި ހިސާބުތައް ރަސްމީކޮށް އިއުލާންކުރާނީ މިމަހުގެ ފަހުކޮޅުކަމަށް އެކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް