17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ލިޗީ

މުޒައްފަރުއާބާދުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވީ ލައިޗީ ކެއުމުގެ ސަބަބުން: ސައިންސްވެރިން

  • ލައިޗީ ކެއުމަށް ފަހު ހުސްބަނޑާ ނިދާ ނަމަ ފުރާނަ އަށް ނުރައްކާވޭ
  • ލައިޗީ ކެއުމުން ލޭގައި ގްލުކޯޒް ލެވެލް އިންތިހާ އަށް ދަށްވެގެންދޭ
އަލީ ޔޫސުފް | AliYooosuf

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 19:58 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


މީރު މޭވާއެއް ކަމަށްވާ ލިޗީ -- ގޫގުލް

އިންޑިއާގެ މުޒައްފަރު އާބާދުގައި ކޮންމެ އަހަރެއްގެ ޖޫން މަހާއި މޭ މަހުގެ ތެރޭގައި އުމުރުން 15 އަހަރުން ދަށުގެ ކުދިންތަކެއް ގިނަ އަދަދަކަށް މަރުވަނީ މީރު މޭވާއެއް ކަމަށްވާ ލައިޗީގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެފިއެވެ.

 

އާދަޔާ ހިލާފު ބައްޔެއް ޖެހި މުޒައްފަރުއާބާދުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވާ މައްސަލައާ ގުޅިގެން އިންޑިއާ އާއި އެމެރިކާގެ ސައިންސްވެރިން ވަނީ ތަހްލީލުތަކެއް ކޮށްފައެވެ.

 

މި ތަހްލީލުތަކަށް ފަހު ސައިންސްވެރިން ބުނެފައި ވަނީ ލައިޗީ ކެއުމަށް ފަހު ރޭގަނޑު ނުކައިފި ނަމަ ހަށިގަނޑުގައި ލޭގެ ގްލުކޯޒް ލެވެލް ވަރަށް ބޮޑަށް ދަށަށް ދާކަމަށެވެ. އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވާ ކަމަށާއި ކޮމާއަށް ވެސް ދިއުމުގެ ފުރުސަތު އޮންނަ ކަމަށް އެ ދިރާސާގައި ބުނެފައި ވެއެވެ. އަދި ގިނަ ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ ކަމަށް ވެސް އެ ދިރާސާގައި ވެއެވެ.

 

ދިރާސާކުރި ފަރާތްތަކުން ބުނީ އެ ދުވަސްފަރު މުޒައްފަރުއާބާދީގައި ކުޑަކުދިން ހަވީރުގެ ވަގުތުތަކުގައި ގިނަ އަދަދަކަށް ލައިޗީ ކެއުމަށް ފަހު ރޭގަނޑު ހުސްބަނޑާ ނިނދާ ކަމަށެވެ. އާންމު ގޮތެއްގައި ވެސް ރޭގަނޑު ނުކާ ނަމަ ލޭގައި ގްލުކޯޒް ހުންނަ މިންވަރު ދަށަށް ދާކަމަށާއި ލައިޗީ ކެއުމުން ބަނޑުގައި މާބޮޑަށް ދަށަށް ދާކަމަށެވެ.

 

މި ދިރާސާގައި އިސްކޮށް ހުންނެވި ގްލޯބަލް ޑިސީޒް ޑިޓެކްޝަން ޕްރޮގްރާމްގެ ޑރ. ޕަދްމިނީ ސްރިކަންތިއާ ވިދާޅުވީ މަރުވި ގިނަ ކުދިންނަށް ހުން އައުން ފަދަ ކަމެއް ދިމާވެފައި ނުވާ ކަމަށެވެ. އަދި އިންފެކްޝަނެއްގެ އަސަރު ވެސް ފެނިފައި ނުވާ ކަމަށާއި ދިރާސާތައް އިތުރަށް ފުޅާކުރަންޖެހުނީ ވެސް އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

 

މުޒައްފަރުއާބާދީގައި މި ހާދިސާ ހިނގި އިރު ވެސް ސައިންސްވެރިން ދިޔައީ ލައިޗީގައި ހިމެނޭ މާއްދާތަކާ ގުޅިގެން ދިރާސާތައް ކުރަމުންނެވެ. އެ ގޮތުން ވެސްޓް އިންޑީޒްގައި ހިނގި މިފަދަ ހާދިސާތަކަކާ ގުޅިގެން 2013 ވަނަ އަހަރުން ފެށިގެން ތަޖުރިބާކާރުން ދިޔައީ މި ދިރާސާތައް ކުރަމުންނެވެ.

 

ދިރާސާގައިވާ ގޮތުން މަރުވި ކުދިންގެ 62 ޕަސެންޓް ކުދިންގެ ހަށިގަނޑުގައި ގްލުކޯޒް ލެވެލް އިންތިހާ އަށް ވަނީ ދަށްވެފައެވެ.

 

ތަޖުރިބާކާރުން ވިދާޅުވީ ލައިޗީއަކީ ހަށިގަނޑަށް ފައިދާހުރި މޭވާއެއް ނަމަވެސް ލައިޗީ ކެއުމުގައި ސަމާލުވާންޖެހޭ ކަމަށެވެ. އެ ގޮތުން ލައިޗީ ކެއުމަށް ފަހު ހުސްބަނޑާ ނުހުރުމަށާއި ހާއްސަކޮށް ރޭގަނޑު ލައިޗީ ކެއުމަށް ފަހު ހުސްބަނޑާ ނުނިދުމަށް ތަޖުރިބާކާރުން ވަނީ ލަފާ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް