19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ނެޓްބޯޅަ

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

  • މުބާރާތުގައި އަންހެން 12 ޓީމާއި ފިރިހެން 4 ޓީމު ވާދަކުރޭ
  • މިދިޔަ އަހަރުގެ ޗެމްޕިއަން ޑީއެސްސީ ބައިވެރިއެއް ނުވޭ
  • މިއަހަރު މިކްސް ނެޓްބޯޅަ މުބާރާތެއް ކުރިއަށްދާނެ
ނާފިއު ރަޝީދު | NaphiuR

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 19:54 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މިދިޔަ އަހަރުގެ ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް ތަށި ހަވާލުކުރަނީ -- ފޭސްބުކް

ނެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އޮފީސް ކޮމްޕެނީ ނެޓްބޯޅަ މުބާރާތް މި މަހުގެ  9ވަނަ ދުވަހު ފެށުމަށް ހަމަޖައްސައި މުބާރާތުގެ ގުރު ނަގައިފި އެވެ.

މިއަހަރުގެ މުބާރާތުގައި ދެ ޖިންސް އެއްކޮށް ޖުމްލަ 16 ޓީމު ވާދަކުރެއެވެ. އެއީ ހަތަރު ފިރިހެން ޓީމާއި 12 އަންހެން ޓީމެވެ.

 

ޒުވާނުން މަރުކަޒުގެ ބޭރު ކޯޓުގައި ކުރިއަށްދާ މުބާރާތުގެ އަންހެން ޑިވިޝަންގެ ޓީމުތައް ބަހާލެވިފައި ވަނީ ގްރޫޕެއްގައި ހަ ޓީމު ހިމެނޭ ގޮތަށް ދެ ގްރޫޕަކަށެވެ. އަދި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޓީމުތައް ބަހާލެވިފައިވަނީ އެއް ގްރޫޕަކަށެވެ.

 

ގްރޫޕް ސްޓޭޖު ނިމުމާއެކު އަންހެން ޑިވިޝަންގެ ކޮންމެ ގްރޫޕަކުން ހަތަރު ޓީމު (ދެ ގްރޫޕުން އަށް ޓީމު) ކުޅޭނީ ކުއާޓާގެ މެޗުތަކެވެ. އަދި ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ޓީމު ފައިނަލްގެ ޖާގަ ކަށަވަރުކުރާއިރު، ދެން ފައިނަލަށް ދާ ޓީމު ކަނޑައެޅޭނީ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީގެ މެޗުތަކަށް ފަހު އެވެ.

 

މުބާރާތުގެ ފުރަތަމަ މެޗުގައި 9 ވަނަ ދުވަހުގެ ރޭ ކުޅޭނީ އަންހެން ޑިވިޝަންގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ މީރާ އަދި ކަސްޓަމްސްއެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑެވެ.

 

މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.

 

މިއަހަރުގެ އޮފީސް ނެޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމުތަކަކީ ކްލަބު އާސަންދަ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ.

 

މުބާރާތުގައި ބައިވެރިވެފައިވާ އަންހެން ޓީމުތަކަކީ ކްލަބު އާސަންދަ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، ދިރާގު، ކްލަބު އިމިގްރޭޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް، މީޑިއާ ނެޓް، ޕޮލިސް ކްލަބު، އުރީދޫ، ސިމްޑީ އަދި ޓީމް އެސްޓީއޯ އެވެ.

 

މި މުބާރާތުގެ އިތުރުން ވެސް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ މިއަހަރު ތެރޭ ގިނަ މުބާރާތްތަކެއް ހިންގުމަށް ކަލަންޑަރުގައި ހިމަނާފަ އެވެ.

 

މީގެ ތެރެއިން މިފަހަރު އެންމެ ފާހަގަކޮށްލެވޭ މުބާރާތަކީ މިއަހަރު މުޅިން އަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކްސް ނެޓްބޯލް މުބާރާތެވެ. މިއީ ދެ ޖިންސުގެ ކުޅުންތެރިން އެއްކޮށް ކުޅުމަށް ކުޅުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް