18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އެފްރިކަން ކަޕް

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

  • މިސްރަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ގައުމު
  • ނުވަވަނަ ފަހަރަށް ފައިނަލަށް ދަތުރުކުރި އިރު ހަތްފަހަރު ތަށި ހޯދި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 17:34 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


މުބާރާތުގެ އެންމެ ގިނަ ފައިނަލް ކުޅެފައިވާ ގާނާގެ ޓީމް، މިސްރުން ވަނީ ގާނާގެ ރެކޯޑާއި އެއްވަރު ކޮށްފައި:-ފޮޓޯ ބީބީސީ -- ބީބީސީ

އެފްރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ފައިނަލް ކުޅުމުގެ ރެކޯޑް އޮތް ގާނާއާ އެއްވަރުކޮށް މިސްރުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

 

މިސްރުން އެފްރިކަން ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ޕެނެލްޓީ ޖަހައިގެން ބުރްކީނަފާސޯ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތުގައި ކޮންމެ ޓީމަކުންވެސް އެއް ލަނޑު ޖަހާފައެވެ.

 

އެފްރިކަން ކަޕްގެ ފައިނަލް އެންމެ ގިނައިންކުޅެފައިވާ ގާނާގެ ރެކޯޑާއި މިސްރުން އަރާ ހަމަކުރި މެޗުގެ ޚީރޯއަކަށް ވެފައި ވަނީ އުމުރުން 44 އަހަރުގެ ކީޕަރު އައްސާމް އަލް ހަދަރީއެވެ. އޭނާ އަކީ މި މުބާރާތުގައި ވެސް ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ.

 

ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެގެން ނަތީޖާ ނެރުމަށް ޕެނެލްޓީ ޖެހިއިރު، ހަދަރީ ވަނީ އޭގެ ތެރެއިން ދެ ޕެނެލްޓީއެއް މަތަކޮށްފައެވެ. ޕެނަލްޓީ ޖަހައިގެން މިސްރަށް ކުރި ލިބުނީ 4-3 އިންނެވެ.

 

މި މެޗުގައި ފުރަތަމަ ލީޑު ނެގީ މިސްރުންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ޖެހި މިލަޑަކީ ވަރަށް ހިތްގައިމު ލަޑެކެވެ. ބުރިކިނަފާސޯ އިން ނަތީޖާ ހަމަހަމަ ކުރި ގޯލު ޖަހައިދިނީ  73 ވަނަ މިނެޓުގައި ބާސޭއެވެ.

 

ބާސޭ މި ގޯލަކީ މި މުބާރާތުގައި މިސްރުކޮށް އިދިކޮޅު ޓީމަކުން ޖެހި ހަމައެކަނި ގޯލެވެ.

 

ނުވަ ވަނަ ފަހަރަށް އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މިސްރުން ދަތުރުކޮށްފައިވާ އިރު އެގައުމުން ވަނީ 7 ފަހަރު މުބާރާތުގެ ތަށި އެޓީމުން އުފުލާލާފައިވެއެވެ.

 

މުބާރާތުގެ ފައިނަލުގައި މިސްރު ކުޅެންޖެހޭނީ ސެމީ ފައިނަލުގެ އަނެއް މެޗުގައި ގާނާއާ ކެމަރޫން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކާއިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް