20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ގްރޭޓް މާޗް އޮފް ރިޓަރން

ގްރޭޓް މާޗް އޮފް ރިޓަރން: ކުޑަކުއްޖަކު ހިމެނޭ ގޮތުން ފަލަސްތީނުގެ ތިން މީހަކު މަރާލައިފި

  • އިސްރާއީލް ސިފައިން ވަނީ 12 އަހަރުގެ ކުއްޖަކު މަރާލާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 6 އޮކްޓޯބަރ 2018 | ހޮނިހިރު 09:18 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ޣައްޒާގެ ސަރަހައްދީ ރޮނގުގައި 5 އޮކްޓޯބަރ 2018 ގައި މުޒާހަރާ ކުރަނީ -- އޭބީސީ ނިއުސް

އިސްރާއީލުން ހިސާރު ކޮށްފައިވާ ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުން މާޗް މަހުން ފެށިގެން ކުރަމުންދާ މުޒާހަރާގައި މިދިޔަ ހުކުރު ދުވަހު އިސްރާއީލް ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ގޮތުން ފަލަސްތީނުގެ ތިން މީހަކު މަރާލައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އުމުރުން 12 އަހަރުގެ ފާރިސް އަލް ސިރްސަވީ މަރާލީ އިސްރާއީލާއި ފަލަސްތީނު ގުޅޭ ސަރަހައްދީރޮނގު ކައިރިން އިސްރާއީލުގެ ސްނައިޕަރަކު ބަޑިޖަހައި ކަމަށެވެ.

އުމުރުން 24 އަހަރުގެ އަކްރަމް އަބޫ ސަމާން ވެސް ބަޑިޖަހައި މަރާލިއިރު އުމުރުން 28 އަހަރުގެ ހުސެއިން އަލް ރަގަބް މަރުވެފައި ވަނީ ވަޒަން އެރުމުން ޚާން ޔޫނިސްގެ ނައްސަރް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

މިނިސްޓްރީގެ ތަރުޖަމާނު އައްޝަރު އަލް ޤިދްރާ ވިދާޅުވިގޮތުގައި އިތުރު 192 މީހަކު ޒަޚަމްވެފައިވާއިރު ޕެރަމެޑިކްއަކާއި ނޫސްވެރިއަކު ހިމެނެއެވެ. އޭގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ 70 އަހަރު ކުރިން ފަލަސްތީނުން ނެރެލެވުނު އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް އައުމުގެ ހައްގު ދިނުމަށް ގޮވާލައި އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާ ގުޅޭ ސަރަހައްދީ އިމުގައި ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަމުންދާތާ ފަސް މަސް ދުވަސް ވަނީ ވެފައެވެ.

މާޗް މަހުގެ 30 ވަަނަ ދުވަހު ފެށި ދެމިގެންދާ މުޒާހަރާތައް ގުޅިފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހު ފަލަސްތީނުން ފާހަގަކުރާ ނަކްބާ ދުވަހާއެެވެ. އެއީ 1948 ވަނަ އަހަރު އިސްރާއީލް އުފެއްދުމަށްޓަކައި ފަލަސްތީނުގެ ބިމުން އެ ގައުމުގެ 750،000 ރައްޔިތުން ނެރެލެވުނު ދުވަހެވެ.

ކޮންމެ ހުކުރު ދުވަހަކީ މުޒާހަރާތައް ވަރުގަދަ ދުވަހަކަށްވާއިރު މި މުޒާހަރާތައް ފެށުނު ފަހުން އިސްރާއީލް ސިފައިން ވަނީ މިހާތަނަށް ފަލަސްތީނުގެ މަދުވެގެން 180 އަށް ވުރެ ގިނަ މީހުން މަރާލައި 18،000 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްލާފައެވެ

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް