16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ގެމްބިއާ

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

  • ރައީސް އަޑަމާ ބަރޯގެ ކެބިނަޓަށް ދިހަ ބޭފުޅުން އައްޔަން ކުރެވިގެން ދިޔައިރު އަދި އަށް މަގާމަކަށް ބޭފުޅުން އައްޔަން ނުކުރައްވާ
އަހުމަދު އަނޫޝު | IamAhmedAnoosh

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 16:26 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ގެމްބިއާގެ ރައީސް އަޑަމާ ބަރޯ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައި ގަންނަވާ 18 ވަޒީރުންގެ ތެރެއިން 10 ވަޒީރުން މަގާމުގެ ހުވާ ވެރިރަށް ބަންޖުލްގައި ބުދަ ދުވަހު ކުރައްވައިފިއެވެ.

 

މަގާމުގެ ހުވާ ކުރެއްވީ ފޮރިން އެފެއާޒް މިނިސްޓަރާއި، ޓުއަރިޒަމް އެންޑް ކަލްޗާ މިނިސްޓަރާއި، އެގްރިކަލްޗާ މިނިސްޓަރާއި، އިންޓީރިއާ މިނިސްޓަރާއި، ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރާއި، ފޮރެސްޓްރީ އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓަރާއި، ޓްރޭޑް މިނިސްޓަރާއި، ފައިނޭންސް އެންޑް އިކޮނޮމިކް އެފެއާޒް މިނިސްޓަރާއި، ފިޝަރީޒް، ވޯޓާ ރިސޯސަސް އެންޑް ނެޝެނަލް އެސެމްބްލީ މެޓާސް މިނިސްޓަރާއި އަދި ލޭންޑްސް އެންޑް ރީޖަނަލް ގަވަމަންޓް މިނިސްޓަރެެވެ.

 

އަޑަމާ ބަރޯގެ ކެބިނެޓްގެ ފޮރިން އެފެއާޒް މިނިސްޓަރުކަމުގެ ހުވާކުރެއްވި އުސައިނު ޑާރބޯއަކީ ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހްގެ ވެރިކަމުގައި އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަކީ ގެމްބިއާގެ ޔުނައިޓެޑް ޑިމޮކްރަޓިކް ޕާޓީގެ ލީޑަރު ކަމަށްވާއިރު އޭނާ ވަނީ މީގެ ކުރީގެ 4 ރިޔާސީ އިންތިޚާބުގައި ވެސް ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހުއާ ވާދަކުރައްވާފައެވެ.

 

ދާޚިލީ ވަޒީރުކަމުގެ ހުވާކުރެއްވި މައި އަހްމަދު ޕެޓީ ދާޚީލީ ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު، ޕެޓީއަކީ ގެމްބިއާގެ އިދިކޮޅު އެތައް ލީޑަރުންގެ ކުރީގެ ދިފާއީ ވަކީލެވެ. އަޑަމާ ބަރޯގެ ޚާއްސަ މުޝީރަކީ ވެސް ޕެޓީއެވެ.

 

ރައީސް އަޑަމާ ބަރޯގެ ކެބިނަޓަށް ދިހަ ބޭފުޅުން އައްޔަން ކުރެވިގެން ދިޔައިރު އަދި އަށް މަގާމަކަށް ބޭފުޅުން އައްޔަން ނުކުރައްވައެެެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް