23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފުޓްބޯޅަ

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

  • މެޗުގައި ސުއަރޭޒް އަދި މެސީ ވަނީ ގޯލު ޖަހާފައި
  • ދެވަނަ ލެގުގެ މެޗު އޮންނާނީ ބާސާގެ ދަނޑުގައި
ނާފިއު ރަޝީދު | NaphiuR

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 15:53 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި
  8. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!


އެޓްލެޓިކޯ ކޮޅަށް ގޯލުގެ ޖެހުމަށްފަހު ބާސާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ -- ގޫގުލް

ސްޕެނިޝް ކޮޕަ ޑެލްރޭގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި އެޓްލެޓިކޯ މެޑްރިޑް އަތުން 2-1 އިން މޮޅުވެ ފައިނަލުގެ ފުރުސަތު ބާސެލޯނާ ބޮޑުކޮށްފި އެވެ.

 

އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް އަންނަ ހަފުތާގައި ނުކުންނައިރު ބާސެލޯނާ އަށް މިވަނީ ހިތްހަމެޖެހޭ ފަދަ އެޑްވާންޓޭޖެއް ލިބިފަ އެވެ. އެ މެޗު ކޮންމެ ނަތީޖާއަކުން އެއްވަރުވިޔަސް އަދި 1-0 އިން ބާސެލޯނާ ބަލިވިޔަސް ފައިނަލަށް ދާނީ ބާސެލޯނާ އެވެ. އެ މެޗުން 2-1 އިން އެޓްލެޓިކޯ މޮޅުވެއްޖެ ނަމަ ނަތީޖާ ނެރެން ޖެހޭނީ އިތުރު ވަގުތު ކުޅެގެންނެވެ.

 

އެޓްލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ހަތް ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒެވެ. މެދު ރޮނގު ކައިރިން ލިބުނު ބޯޅަ، އެޓްލެޓިކޯގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަތުމަށް ފަހު ކުރިއަށް އަރައި ގޯލަށް ވައްދާލީ ގޯލްކީޕަރު އަތްދަށުންނެވެ.

 

ބާސެލޯނާގެ ދެ ވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. އޭރިއާ ބޭރުން އޭނާ އުންޑައެއްގެ ބާރު މިނުގައި ފޮނުވާލި ބޯޅަ ވައްދާލީ ކަނަށެވެ. ބާސެލޯނާގެ އެޑްވާންޓޭޖް ކުޑަވެގެން ދިޔައީ 59 ވަނަ މިނެޓުގައި އެޓްލެޓިކޯގެ އެންޓޮއިން ގްރިޒްމަން ޖެހި ގޯލުންނެވެ.

 

ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނީ މި މި މެޗުގައި ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފުމާ އެކު ދެ ވަނަ ލެގަށް ނުކުންނައިރު އަދިވެސް ކުރަން ޖެހޭ މަސައްކަތް އެބަހުރި ކަމަށެވެ. އެންރިކޭ ބުނީ ފުރަތަމަ ހާފުގައި ކޮންޓްރޯލް އޮތީ ބާސެލޯނާގެ އަތުގައި ކަމަށާއި ދެ ވަނަ ހާފުގައި އެތުލެޓިކޯ އިން ޕްރެޝަރު ބޮޑުކުރި ކަމަށެވެ. އެކަމަކު އެއީ ނަތީޖާ އޮތް ގޮތުން އާއްމު ކަމެއް ކަމަށާއި މި ދަނޑުގައި ކުޅެ އެޓްލެޓިކޯގެ ފަރާތުން އުނދަގޫ ނުވާނެ ކަމަށް ވިސްނުމަކީ ގޯހެއް ކަމަށް އޭނާ ބުންޏެވެ.

 

މި ފަހަރު ބާސެލޯނާ ފައިނަލަށް ގޮސްފި ނަމަ މިއީ އެ ޓީމު އަށް އަހަރުގެ ތެރޭ ފައިނަލުގައި ވާދަކުރާ ހަތް ވަނަ ފަހަރަށް ވެގެންދާނެ އެވެ. އަދި ޖެހިޖެހިގެން ފައިނަލުގައި ވާދަކުރާ ހަތަރު ވަނަ ފަހަރަށް ވާނެ އެވެ. މިދިޔަ ފަހަރު ސެވިއްޔާ އަތުން މޮޅުވެ ތަށި ހޯދިއިރު އޭގެ ކުރީ އަހަރު ޗެމްޕިއަންކަން ހޯދީ އެޓްލެޓިކޯ ކްލަބް އަތުން މޮޅުވެގެންނެވެ. އެކަމަކު އޭގެ ކުރީ ފަހަރު ރެއާލް މެޑްރިޑް އަތުން ބަލިވެ ތަށި ގެއްލުނީ އެވެ. ބާސެލޯނާ ވަނީ މި މުބާރާތް ޖުމްލަ 28 ފަހަރު ކާމިޔާބުކޮށްފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް