18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފުޓުބޯޅަ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

  • ނިއު ރޭޑިއަންޓް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ
  • މާޒިޔާ ވަނީ އެއް މެޗު އެއްވަރުވެ އަނެއް މެޗުން މޮޅުވެފަ
  • ދެ ޓީމުންވެސް މެޗުގައި ބިދޭސީ ކުޅުންތެރިންނަށް ފުރުސަތު ދިން
ނާފިއު ރަޝީދު | NaphiuR

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 15:35 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މާޒިޔާގެ ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.

 

ބުދަ ދުވަހު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-1 އިން ނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ނިއު ރޭޑިއަންޓަށް އަލަށް ގެނަ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައެވެ. މީގެ އިތުރުން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިން ނިއު އިން ވަނީ ގްރީން ސްޓްރީޓާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން ނެވެ.

 

އާ ސީޒަނަށް ނިއު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގައުމީ ޓީމުގައި ވެސް އަދި ކްލަބު ލެވެލްގައި ވެސް ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވަނީ ގެނެސްފަ އެވެ. އެކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެއް ނަންބަރ ގޯލްކީޕަރ އިމްރާން މުހައްމަދާއި ޓީސީ އަށް ކުޅެމުން އައި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި މިދިޔަ ސީޒަންގައި ވެލެންސިއާއަށް ކުޅުނު މިޑްފީލްޑަރ އަކްރަމް އަބްދުލް ގަނީ އާއި މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށީ ޓީމުގެ ގޯލްކީޕަރ އަބްދުﷲ ޒިޔަޒަންގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަބުދުﷲ މިދުހަތު ފަހުމީ ހިމެނެ އެވެ.

 

މީގެ އިތުރުން ބިދޭސީ ކޯޗަކާއި ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ވަނީ ގެނެސްފަ އެވެ. އަދި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 10 އިން 17 އަށް ނިއު ރޭޑިއަންޓުން ހއ. ކެލާގައި ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. އެ ދަތުރުގައި ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކްލަބުން މައުލޫމާތުދެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް