16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އެމެރިކާ އާއި އިރާން

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

  • އިރާނުން ބުދަ ދުވަހު ބެލިސްޓިކް މިސައިލް ޓެސްޓްކުރި
ރުޝްދާ ރަޝީދު | rushdhar

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 14:34 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ގޫގުލް

އިރާނުން ބުދަ ދުވަހު ޓެސްޓްކުރި ބެލިސްޓިކް މިސައިލް ޓެސްޓް ކޮށްފައިވަނީ އދގެ ސަލާމަތާއި ބެހޭ ކައުންސިލުގެ ގަރާރާއި ހިލާފަށް ކަމަށާއި މިއަދުން ފެށިގެން އިރާނަށް "ނޯޓިސް" ދީފައިވާ ކަމަށް އެމެރިކާގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކަލް ފްލިން ވިދާޅުވެއްޖެ އެވެ.

 

ވައިޓްހައުސްގެ ބްރީފިންގ ރޫމްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ފްލިން ވިދާޅުވީ އިރާނާއި މެދު އަޅާނޭ ފިޔަވަޅަކާ މެދު މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. ނަމަވެސް، މީގެ ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

 

ވައިޓްހައުސްގެ އޮފިޝަލެއް ވިދާޅުވީ އެމެރިކާ އިން އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވިސްނަމުންދާ ކަމަށެވެ. އަދި، އަސްކަރީ ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތަށް އިރާނުގެ މައްސަލަ ކުރއަށް ގޮސްފި ނަމަ، އެކަން ކުރަން ސަރުކާރުން ތައްޔާރުކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިފަދަ ނިންމުމެއް ނިންމުމަށް އެމެރިކާ އިން ތައްޔާރުވުމުން މައްސަލައިގެ ސީރިއަސްކަން އެނގިގެންދާނޭ ކަމަށެވެ.

 

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލިންވަނީ އޮބާމާގެ ޒައާމަތަށް ފާޑުވިދާޅުވެފަ އެވެ. ފްލިން ވިދާޅުވީ އޮބާމާގެ ވެރިކަމުގައި އިރާންގެ މައްސަލައަށް ހައްލެއް ގެންނަން ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި އޭގެ ފައިދާ އޮބާމާ ނަގާފައިނުވާ ކަމަށެވެ.

 

އިރާނުގެ ފޮރިން މިނިސްޓްރީ އިން ބުނާ ގޮތުގައި މި ޓެސްޓް ކުރިއަށް ގެންގޮސްފައިވަނީ ހޫތީ ޖަމާއަތްތަކުން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް