25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

1އެމްޑީބީ ކޮރަޕްޝަން

ނަޖީބް ރައްޒާގުގެ އަނބިކަނބަލުންނަށް މަނީ ލައުންޑަރިންގގެ ދައުވާ އުފުލައިފި

  • ނަޖީބު ރައްޒާގުގެ މައްޗަށް މަނީ ލައުންޑަރިންގެ 3 ދައުވާއެއް ކޮށްފައިވޭ
  • ރޮސްމާގެ މައްޗަށް ވަނީ މަނީ ލައުންޑަރިންގެ އިތުރުން 16 ދައުވާއެއް
އަބުދުﷲ މުހައްމަދު | 8Abbo

| 4 އޮކްޓޯބަރ 2018 | ބުރާސްފަތި 09:43 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ނަޖީބްގެ އަނބިކަނބަލުން ރޮސްމާ މަންސޫރު 4 އޮކްޓޯބަރ 2018ގައި ކޯޓަށް ހާޒިރުވަނީ -- ރޮއިޓަރސް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށް މަނީ ލައުންޑަރިންގ ހިމެނޭ ގޮތުން ޖުމްލަ ސަތާރަ ދައުވާއެއް އުފުލައިފިއެވެ.

ދައުލަތުގެ ބައިތުލްމާލުން އެތައް ބިލިއަން ޑޮލަރެއް ގެއްލިފައިވާ މައްސަލައިގައި ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެންޓި ގްރާފްޓް އޭޖެންޓުން ވަނީ ތަހުގީގު ހިންގާފައެވެ.

ކޯޓަށް ވައްދަމުން ދިޔައިރު ރޮސްމާ ވަނީ ނޫސްވެރިންނަށް ހަނާ އަޅާލެއްވުމަށް ފަހު ހިނިފުޅުވަޑުވާފައެވެ.

މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުދަ ދުވަހު އެކަމަނާ ހައްޔަރުކޮށްފައިވާއިރު އެ ދުވަހު އެކަމަނާ ހޭދަކުރެއްވީ ގޭބަންދުގައެވެ.

ހުރިހާ ދައުވާއަކަށް ވެސް އެކަމަނާ ވަނީ އިންކުރައްވާފައެވެ. އިސް ޕްރޮސިކިއުޓަރ ގޯޕާލް ސްރީ ރާމް ވަނީ، ރޮސްމާއާ އެއްކޮޅަށް ބަޔާނެއް ދިނުމަށް ހެކިވެރިޔަކު ހުށަހެޅި ކަމަށް  ބުނެފައެވެ.

ޕްރޮސިކިއުޓަރުން އެދުނީ އެއް ފަހަރާ 2.4 މިލިއަން ޑޮލަރު ބެހެއްޓުމަށް ފަހު ޕާސްޕޯޓް ހިފަހައްޓައި އަދި އެއްވެސް ހެކިވެރިޔަކާ މުއާމަލާތު ނުކުރެވޭނެ ގޮތް ހެދުމަށެވެ.

ގޯޕާލް ވިދާޅުވީ ހެކި ނައްތާލަފާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

ފަނޑިޔާރުވަނީ 2 މިލިއަން ރިންގިޓް ބެހެއްޓުމަށް ފަހު ކަފާލާތުގެ ފުރުސަތު ދެއްވާފައެވެ.

މަނީ ލައުންޑަރިންގެ މައްސަލަތަކުގައި މެލޭޝިއާގައި އެންމެ ގިނަވެގެން ދެވެނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލައުންޑަރިންގގެ ތެރެއިން ފޮނުވި ފައިސާއެއްގެ ފަސްގުނައަށް ވުރެ ކުޑަ ނުވާނެ މިންވަރެއްގެ ޖޫރިމަނާއެއް ކުރެވިދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް