22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

"ރައީސް" ރެކޯޑްތައް މުގުރަނީ

ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

  • އިންޑިޔާ ފިޔަވާ "ރައީސް" އަށް ދުނިޔޭގެ ކަންކޮޅުތަކުން ވަނީ 9.2 މިލިއަން ޑޮލަރު ލިބިފައި
  • ހަފްތާ ބަންދުގައި އިންޑިޔާއިން ބޭރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު މިހާރު އޮތީ "ރައީސް" އަތުގައި
އާލާ އިބުރާހިމް | aalu_aala

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 13:55 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


"ރައީސް" ގެ މަންޒަރެއް -- ގޫގުލް

މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ރައީސް" އަށް އެއް ހަފްތާ ތެރޭގައި 215.17 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެއެވެ.

 

އިންޑިޔާ ފިޔަވާ، މުޅި ދުނިޔެއިން ފިލްމަށް ބޮކްސް އޮފީހުގައި ހަ ދުވަސް ތެރޭގައި 62.56 ކްރޯޑް ރުޕީސް (9.2 މިލިއަން ޑޮލަރު) ލިބިފައިވާއިރު، އިންޑިޔާއިން އެކަނިވެސް ފިލްމަށް 152.61 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. މިއާއެކު ޖުމްލަ 215.17 ކްރޯޑް ރުޕީސް ފިލްމަށް ލިބިފައިވާއިރު، މިއީ ބައެއް ސްކްރީންތަކާއި ސިނަމާތަކަށް ލިބުނު އާމްދަނީ ނުހިމަނައި ނެރެފައިވާ ޢަދަދެއް ކަމަށް ޚަބަރުތައް ބުނެއެވެ.

 

ބައިނަލްއަޤްވާމީ މަސްރަޙަށް ބަލާއިރު، ޝާހުރުކް ޚާންގެ ފިލްމު "ރައީސް" ވެފައިވަނީ ހަފްތާ ބަންދެއްގައި އިންޑިޔާއިން ބޭރު ޤައުމަކުން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ. އެގޮތުން ނިމިގެންދިޔަ ހަފްތާ ބަންދުގައި ސިންގަޕޫރުން މިފިލްމަށް ވަނީ 1.52 ކްރޯޑް ރުޕީސް (ދެލައްކަ ސައްބީސް ހާސް ޑޮލަރު) ގެ އާމްދަނީއެއް ލިބިފައެވެ.

 

ޚަބަރުތައް ބުނާ ގޮތުގައި "ރައީސް" ވެފައިވަނީ ޑޮމެސްޓިކް މާކެޓްގައި ހަލުވި ދުވެއްޔެއްގައި އާމްދަނީ ހޯދަމުން އަންނަ ފިލްމަކަށެވެ. ހަލުވިކަމާ އެކު ޓިކެޓުތައް ވިކުމުގެ އިތުރުން، "ރައީސް" މިހާރު ވަނީ ހަފްތާ ބަންދެއްގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު ހަދާފައެވެ.

 

ޝާހުރުކްގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ކާބިލް" އެއްދުވަހެއްގައި ރިލީޒްކޮށްފައިވާއިރު، މި ދެ ފިލްމު އަޅުވާފައިވަނީ ސްކްރީންތައް ބަހާލައިގެންނެވެ. ހަމަހަމައަށް ސްކްރީންތައް ބަހާލުމަށް އެންމެ ފުރަތަމަ އެއްބަސްވެފައިވީ ނަމަވެސް، ފިލްމު ރިލީޒްކުރުމާ އެކު ރާކޭޝް ރޯޝަން ވަނީ "ކާބިލް" އަޅުވަން ލިބުނު ސްކްރީންތައް މަދު ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

ޕާކިސްތާނު އެކްޓްރެސްއެއް ކަމަށްވާ މާހިރާ ޚާން އާއި ނަވާޒުއްދީން ޞިއްދީޤީ ހިމަނައިގެން ނެރުނު ފިލްމު "ރައީސް" އަންނަނީ މިއަހަރު އިންޑިޔާގެ ބޮކްސް އޮފީހުގައި ހަދާފައިވާ އެތަކެއް ރެކޯޑުތަކެއް މުގުރާލަމުންނެވެ.

 

ރާހުލް ޑޮލާކިއާ ޑައިރެކްޓްކޮށްފައިވާ މިފިލްމު ރިލީޒްކުރި ދުވަހުން ފެށިގެން ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުން އަންނައިރު، ކްރިޓިކުން ބުނާ ގޮތުގައި ފިލްމު މިހާ ކާމިޔާބުވުމުގެ ސިއްރަކީ ފިލްމުގައި ދައްކުވައިދީފައިވާ ޕާފޯމެންސްގެ އިތުރުން އޭގައި އެކުލެވޭ "އަސަރުގަދަ" ޑައިލޮގްތަކެވެ. ވަކިން ޚާއްޞަކޮށް ފިލްމުގެ މިއުޒިކަށް ގިނަ ބަޔަކު ވަނީ ތަޢުރީފްކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް