11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ހުޅަނގު އައްސޭރީ

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

  • އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް
  • ޓްރަމްޕް ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ފަހުން ގެތައް ބިނާކުރުމަށް އިސްރާއީލުން ހަތަރު ފަހަރަށް އިޢުލާންކޮށްފައިވޭ
އާލާ އިބުރާހިމް | aalu_aala

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 13:49 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


އިސްރާއީލް-ފަލަސްޠީނުގެ ހަމަނުޖެހުން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އިސްރާއީލުން އަތްގަދަކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އެތައް ހާސް ޔަހޫދީންނެއް އާބާދުކުރުމަށް އިސްރާއީލުން ދާދިފަހުން އިޢުލާންކުރުމާ އެކު ބައިނަލްއަޤްވާމީ މަސްރަޙުގައި ދަނީ ތަފާތު ގޮތްގޮތަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިސްރާއީލުން ހުޅަނގު އައްސޭރީގައި ގެތައް ބިނާކުރުމަށް އިޢުލާންކުރުމާއެކު ޔޫރަޕްގެ އިއްތިހާދުން ދާދިފަހުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔާފައެވެ. ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތުތަކާ ބެހޭ ވަޒީރު ފެޑެރިކާ މޮޣެރެނީ ވިދާޅުވީ، ހުޅަނގު އައްސޭރީގައި އިސްރާއީލުން އަތްގަދަކޮށްފައިވާ ބިންތަކުގައި އެތައް ހާސް ގެތައް ބިނާކުރުން ވެގެންދާނީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު ޞުލްޙަ ޤާއިމްކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް ކަމަށެވެ. އަދި މިއީ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެ، ދެޤައުމުގެ ދެމެދުގައި ހަމަނުޖެހުން އިތުރުވެގެންދާނެ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

 

ޔޫރަޕްގެ އިއްތިހާދުން ބުދަދުވަހު ނެރުނު ބަޔާނެއްގައި ފެޑެރިކާ މޮޣެރިނީ ވަނީ އިސްރާއީލުގެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފް ކަމެއް ކަން ފާހަގަކޮށްފައެވެ. ބައިނަލްއަޤްވާމީ މަސްރަޙުގެ ކަންބޮޑުވުންތަކާ ޚިޔާލު ތަފާތުވުންތަކުގެ އިތުރުން އެތައް ޤައުމެއްގެ ޚިޔާލުތަކާ އިދިކޮޅަށް އިސްރާއީލުން އާބާދުވުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމާ ގުޅިގެން ޔޫރަޕްގެ އިއްތިހާދުގެ ބަޔާނުގައި ވަނީ އެކަމާ ހިތާމަ ކުރާ ކަމަށް ބުނެފައެވެ.

 

މިދިޔަ އަންގާރަ ދުވަހު އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގައި އިތުރު 3،000 (ތިންހާސް) ގެ ބިނާ ކުރަން އުޅޭ ކަން އިޢުލާންކޮށްފައެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވި ފަހުން މި ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި އިސްރާއީލުން މިފަދަ އިޢުލާނެއް ކުރި ހަތަރު ވަނަ ފަހަރެވެ. ޓްރަމްޕް ރަސްމީކޮށް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގައި އަތްގަދަކޮށްފައިވާ އިރުމަތީ ދާރުއްސަލާމުގައި 566 (ފައްސަތޭކަ ފަސްދޮޅަސް ހަ) ގެ ބިނާކުރުމަށް ހުއްދަދީފައެވެ. އޭގެ އިތުރުން 2502 (ދެހާސް ފައްސަތޭކަ ދެ) ގެ ބިނާކުރަން ރާވާފައިވާ ކަމަށް ވަނީ އިޢުލާންކޮށްފައެވެ. އޭގެތެރެއިން 153 ގެއެއް ބިނާކުރުމަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އިސްރާއީލްގެ އޮފިޝަލުން ވަނީ ހުއްދަ ދީފައެވެ.

 

ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމަށް އިސްރާއީލުން ރާވާފައިވާ ރޭވުންތަކަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ވަނީ ފިއްތުންތައް ކުރިމަތިކުރުވާފައެވެ. އެހެންނަމަވެސް، ޓްރަމްޕް ވަނީ އިސްރާއީލަށް އެއްބާރުލުން ދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ހަމައެއާއެކީ ނަތަންޔާހޫގެ ސަރުކާރުން ވަނީ އެވަޢުދުގެ ނާޖާއިޒް ފައިދާ ނަގަން އަވަސްވެގަނެފައެވެ. ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގައި ގެތައް ބިނާ ކުރުން ހުއްޓާނުލާނެ ކަމަށާއި އަދިވެސް ކުރިއަށްގެންދާނެ ކަމަށް މިދިޔަ ހަފްތާގައި ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް