| 3 އޮކްޓޯބަރ 2018 | ބުދަ 11:45 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ސީރިއާގެ ދާޚިލީ ހަނގުރާމައަށް ހައްލެ ހޯދައިދޭން ތުރުކީން މަޝްވަރާ ކުރާނީ އެގައުމުގެ ރައްޔިތުންނާ ކަމަށް ރައީސް ތޮއްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އެގައުމުގެ ގާނޫނު ހަދާ މަޖްލީހުގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ ރަޝިއާއިން އެއްބާރުލުން ދޭ ސީރިއާގެ ސަރުކާރާއެކު މަޝްވަރާ ކުރަން ބޭނުން ނުވާ ކަމަށެވެ. ސީރިއާ ސަރުކާރުން ދަނީ ހަނގުރާމަވެރި ޖަމާއަތް ހުއްޓުވުމުގެ ނަމުގައި އާންމުންނާއި ކުޑަކުދިން އަދި އަންހެނުން މަރަމުން ކަމަށް އުރުދުޣާން ތުހުމަތު ކުރައްވައެވެ.
އުރުދުޣާން ވިދާޅުވީ ތުރުކީން ހުރީ ރަޝިއާއާއި ގުޅިގެން ނަމަވެސް ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި ކޮންމެ ޖަމާއަތަކާ ހަނގުރާމަކުރަން ތައްޔާރު ކަމަށެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ހަނގުރާމައިގެ މައިދާނުން ފެންނަ ކޮންމެ ބަޔަކާ ދެކޮޅަށް ހަމަލާ ނުދޭނެ ކަމަށެވެ.
ސީރިއާއިން އެ ގައުމުގެ އިދިކޮޅު ހަނގުރާމަ ވެރިންނާ ކުރާ ހަނގުރާމާގައި ރަޝިއާއަކީ ސީރިއާގެ ސަރުކާރަށް އެންމެ ވާގިވެރިވާ ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. އަނެއް ގައުމަކީ އީރާނެވެ.
ސީރިއާއަށް ހައްލެއް ގެންނަން މަޝްވަރާ ކުރަން ވަރަށް އަވަހަށް ރަޝިއާއި ޖާމަނީއާއި ފްރާންސާއެކީގައި ސަމިޓެއް ބާއްވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް