20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ތުރުކީގެ ބަޣާވާތް

ތުރުކީގެ ނޫސްވެރިންތަކެއްގެ މައްޗަށް ކުރި އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި

  • ތުރުކީއަށް ބަޣާވާތް ގެންނަން އުޅުނީ 15 ޖުލައި 2016 ގައި
އަބުދުﷲ މުހައްމަދު | 8Abbo

| 3 އޮކްޓޯބަރ 2018 | ބުދަ 01:42 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


އަހްމެތް އަލްތާން ޖޫން މަހުގެ ތެރޭގައި ދޫކޮށްލި ނަމަވެސް އަންގާރަ ދުވަހުވަނީ އޭމާގެ މައްޗަށް ކޮށްފަިވާ ހުކުމް ދަމަހައްޓާފައި -- އަލްޖަޒީރާ

ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން މަސައްކަތްކުރި ބަޣާވާތުގެ ބައިވެރިންނަށް އެހީވިކަމަށްބުނެ ދައުވާކޮށް އުމުރަށް ޖަލަށްލާން ހުކުމްކުރި އެ ގައުމުގެ މަޝްހޫރު ނޫސްވެރިންކަމަށްވާ އަހްމެތް އަލްތާން، މެހްމެތް އަލްތާން އަދި ނާޒްލީ އިލިއަކްގެ މައްޗަށް ކޮށްފައިވާ ހުކުމް މަތީ ކޯޓަކުން  ދަމަހައްޓައިފިއެވެ.

މި އެންމެންގެ މައްޗަށް އެންމެ ފުރަތަމަ ހުކުމްކުރީ ފެބްރުއަރީ މަހު ކަމަށް ވާއިރު އެ މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމެރިކާގައި ދިރިއުޅެމުންދާ ތުރުކީގެ ދީނީ އިލްމުވެރިޔާ އަދި ވިޔަފާރިވެރިޔާ ފަތުހުﷲ ގޫލެންއާއި ގުޅުން އޮތްކަމަށް ތުހުމަތުކޮށްފައެވެ.

ތުރުކީގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ބަޣާވާތުގެ ފަހަތުގައި ހުންނެވީ ގޫލެންއެވެ.

އެމީހުން ދޫކޮށްލުމަށް ހައި ކޯޓުގައި އެދުނު ނަމަވެސް އިސްތަންބޫލްގެ ސެކަންޑް އެޕީލް ކޯޓުން އަންގާރަ ދުވަހު ވަނީ އެމީހުންގެ މައްޗަށް އިއްވާފައިވާ ހުކުމް ދަމަހައްޓާފައެވެ.

މެހްމެތް އަލްޓަން ޖޫން މަހުގެ ތެރޭގައި ޖަލުން ދޫކޮށްލި ނަަމަވެސް ދުސްތޫރީ ކޯޓުގެ ނިންމުން ޕީނަލް ކޯޓުން ބާތިލްކުރުމުން އަންގާރަ ދުވަހުވަނީ އޭނާގެ މައްޗަށް އޮތް ހުކުމް ދަމަހައްޓާފައެވެ.

މި މައްސަލައިގައި ހިމެނޭ ހަ ނޫސްވެރިން އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރަން ޖެހިފައިވާއިރު އެ މީހުންނަކީ ޕެރޯލްގެ ފުރުސަތު ލިބޭނެ އަދި އެމްނެސްޓީން ނިންމާ ނިންމުމެއްގައި ވެސް ހިމެނޭނެ ބައެއް ނޫނެވެ.

ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތާއި ގުޅިގެން، ބަޣާވާތުގެ ބައިވެރިންވެސް ހިމެނޭ ގޮތަށް 300 އަށްވުރެ ގިނަ މީހުން މަރުވިއެވެ. 

ބަޣާވާތަށްފަހު ތުރުކީގެ ސަރުކާރުންވަނީ އެތައް ލައްކަ ބަޔަކު ވަޒީފާތަކުން ވަކިކޮށް ހައްޔަރުކޮށްފައެވެ.

ސަރުކާރުން ބުނެފައިވަނީ ގޫލެންއަށް ތާއީދުކުރާ ފަރާތްތައް މުއައްސަސާތަކުން ވަކިކޮށް މުޖުތަަމައުގެ އެހެނިހެން ދާއިރާތަކުން ވަކިކޮށް ހައްޔަރުކުރަމުން ދިޔައީ ގާނޫނާ އެއްގަޮތަށްކަމަށެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް