23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ހޭންޑްބޯލް

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

  • މުބާރާތް ހުޅުވީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިންގެ ޓީމުގެ މެޗުން
  • ފުރަތަމަ މެޗު ކާމިޔާބުކުރީ ޔޫތު މިނިސްޓްރީގެ ޓީމުން
  • މޫސުން ތަން ނުދިނުމުގެ ސަބަބުން މިރޭގެ މެޗުތައް ފަސްކޮށްފި
ނާފިއު ރަޝީދު | NaphiuR

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 00:52 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


ބުދަ ދުވަހު ފެށި އޮފީސް ހޭންޑްބޯޅަ މުބާރާތުގައި ޔޫތު މިނިސްޓްރީ އާއި މޯލްޑިވް ގޭސް ބައްދަލުކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެވަނަ އޮފީސް ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ކުޅުން ފަށައިފި އެވެ.

ޖުމްލަ 14 އޮފީހަކުން 10 އަންހެން ޓީމާއި 4 ފިރިހެން ޓީމު ވާދަކުރާ މި މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ ކުޅެފައި ވަނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިންގެ ޓީމަކާއި ހޭންޑްބޯޅަ މޯލްޑިވްސް އިން ހޮވާލެވުނު ޓީމެކެވެ.

ވެހެމުންދިޔަ ބޯވާރޭގައި ކުޅުނު މި މެޗު 7 ޕޮއިންޓް 5 ޕޮއިންޓުން ކާމިޔާބުކުރީ ހޭންޑްބޯލް މޯލްޑިވްސް އިން ހޮވާލެވުނު ޓީމެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިންނަކީ ވެސް އެހެން މީހުންނެކޭ އެއްފަދައިން ކުޅިވަރާއި ވަޒީފާތަކުގައި ހަމަހަމަ ފުރުސަތުތަކެއް ދޭންޖެހޭ ބައެއް ކަމަށާއި އެހެން ކަމުން އެ އެސޯސިއޭޝަނުން މިކުދިންނަށް ކޮންމެ މުބާރާތެއްގައި ކުޅެލުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

މުބާރާތުގެ އޯޕެނިންގް މެޗަށްފަހު ކުރިއަށްދިޔައީ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ގޭސް އެވެ. މި މެޗު 19 ޕޮއިންޓް 3 ޕޮއިންޓުން ފަސޭހަ ކަމާއެކު ކާމިޔާބުކުރީ ޔޫތު މިނިސްޓްރީގެ ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތު މިނިސްޓްރީގެ އައިޝަތު ނާޒިމާ އެވެ.

މުބާރާތުގެ ޝެޑިއުލްގައިވާ ގޮތުން މިރޭވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ވަނީ އެ މެޗުތައް ވަނީ ފަސްކުރެވިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް