15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އިވަނޮވިކް

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

  • ޒެނިތުގައި ކުޅެން ބޭނުންވަނީ ސެންޓާ އަށް ނުވަތަ ކަނާތް ފަޅިއަށް: އިވަނޮވިކް
  • ޒެނިތަށް ކުޅެން އަބަދުވެސް އައީ އުންމީދުކުރަމުން: އިވަނޮވިކް
ލީވާން އަލީ | MrLeevaan

| 2 ފެބުރުވަރީ 2017 | ބުރާސްފަތި 00:39 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ޗެލްސީ އަށް ކުރިން ކުޅުނު އިވަނޮވިކް -- ގޫގުލް

ޗެލްސީ ދޫކޮށްލުމަށްފަހު އެޓީމުގެ ޑިފެންޑަރު އިވަނޮވިކް ޒެނިތް އެސްޓީ ޕީޓާސްބާގް އަށް ބަދަލުވެއްޖެ އެވެ.

އިވަނޮވިކް ޗެލްސީ ދޫކޮށްލިކަން އެޓީމުން ކަށަވަރުކޮށްދީފައިވާއިރު، ޒެނިތުންވެސް ވަނީ އޭނާ އެކްލަބާ ގުޅުނުކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އޭނާ އެ ކްލަބަށް ބަދަލުވީ އަގެއް އަދި ކަށަވަރެއްނުވެއެވެ.

ޒެނިތުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އިވަނޮވިކް ބުނީ ޒެނިތް ކަހަލަ ބޮޑު ކްލަބަކަށް ބަދަލުވެވުމުން ވަރަށް އުފާވާ ކަމަށާއި، ކްލަބުގެ ކުޅުންތެރިންނާ ގުޅިގެން ކާމިޔާބު ހޯދަން ކެތްމަދުވެފައިހުރި ކަމަށެވެ.

އިވަނޮވިކް ބުނީ ރަޝިއާ އަށް އެނބުރި އައިސް އެގައުމުގެ ކްލަބަކަށް ކުޅުމަކީ އަބަދުވެސް އުންމީދުކުރަމުން އައި ކަމެއް ކަމަށާއި، މިހާރު ހުރި ލެވެލްގައި ކުރިޔަށް އޮތް ގިނަ ސީޒަންތައް ކުޅެވޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން އޭނާ ބުނީ ޒެނިތުގައި އޭނާ ކުޅެން ބޭނުންވަނީ ސެންޓާ އަށް ނުވަތަ ކަނާތް ފަޅިއަށް ކަމަށާއި، އެހެންނަމަވެސް ގޮތް ނިންމާނީ ކޯޗު ކަމަށެވެ. އޭނާ ބުނީ ކޯޗުގެ ކޮންމެ ނިންމުމަކަށް އޭނާ އިހުތިރާމުކުރާނެ ކަމަށެވެ.

ރަޝިއާ ކްލަބަކުން 2007 ވަނަ އަހަރު ޗެލްސީއާ ގުޅުނު އުމުރުން 32 އަހަރުގެ އިވަނޮވިކް ވަނީ ޗެލްސީ އަށް ކުޅުނު 376 މެޗުގައި 33 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ދެ ޕްރިމިއާ ލީގު، ތިން އެފްއޭ ކަޕް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު އަދި އެއް ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް