20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

މިހާރު މުޒާހަރާކުރަން 'އޯކޭ'!

  • މުޒާހަރާ ބޭއްވީ ދުރާލާ ފުލުހުންގެ ހުއްދަ ނުހޯދައި
  • ފުރިހަމަ ތަފްސީލީ މައުލޫމާތު ލިބެންދެން އިހްތިޖާޖް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައި
ހައްވާ މުހައްމަދު | @hawwimd

| 2 އޮކްޓޯބަރ 2018 | އަންގާރަ 12:19 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ -- އަވަސް

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ބޮޑަށް ނިގުޅައިގެންފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ސަރުކާރު ޖަވާބުދާރީވުމަށް ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރީ ސީދާ މި ސަރުކާރުންނެއެވެ.

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އެތައް ހާސް ބަޔަކު ނިކުތުމުން، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާ ކަމުގެ ބަހަނާ މަތިކޮށް "ޚިޔާލުފާޅުކުރުމުގެ" މިނިވަންކަން ހަނިކުރީ ހަމަ ރައީސް ޔާމީންގެ ސަރުކާރުންނެއެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކުން ރައްޔިތުންނަށް ދީފައިވާ ބާރު ހަނިކުރަމުން ރައީސް ޔާމީންގެ ސަރުކާރުން އޭރު ބުނެފައިވަނީ އެކަން ހަނިކުރީ ދުއްވާ އެއްޗިއްސަށާއި މަގުމަތީގައި ހިނގާ ބިގާވެ އުޅޭ މީހުންނަށް އުނދަގޫވާތީ ކަމަށެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަނީ، "މިނިވަންކަމާ އެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދި އަށް ފެންނަ ގޮތްތަކާއި ހިޔާލްތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ" ކަމަށެވެ. އަދި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން ވަނީ ރައްޔިތުންނަށް ލިބިދީފައެވެ. ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ބޭނުންކުރަން މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ޑިމޮކްރަސީގެ މުހިއްމު އަސާސެކެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅޭ ނަމަ އެކަމަށް ހުރަސް އެޅުމުގެ ބާރު ފުލުހުންނަކަށް ނޯވެއެވެ. އެކަމަކު ހަމަނުޖެހުން ހިންގައި، ގާނޫނާ ހިލާފު އަމަލްތައް ކުރާ ނަމަ އެކަން ހުއްޓުވަންޖެހެއެވެ. ނަމަވެސް ގާނޫނުއަސާސީ އަށް ބެލުމެއް ނެތި އިދިކޮޅު ފަރާތްތައް ކަސްތޮޅު އެޅުވުމަށް ގާނޫނުތައް ހަދައި މާލޭގައި ހަމަ އެކަނި އެއްވެ އުޅެވޭ ތަނެއްގެ ގޮތުގައި ކާނިވާ ސަރަހައްދު ހެދީ ވެސް މި ސަރުކާރުންނެވެ.

ޚިޔާލުފާޅުކުރުމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދެވީ ޚުދު ރައީސް ޔާމީނެވެ. ޚިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެ މީހުންގެ އަބުރު ކަތިލަމުންދާ ކަމަށާއި، އެ އަށް ވުރެ ހައްޖަށް ދިއުން މާ ރަނގަޅު ކަމަށް ބުނީ ވެސް ޚުދު ރައީސް ޔާމީނެއެވެ. 

ރައީސް ޔާމީނަކީ ބަހާއި އަމަލާ ދިމާނުވާ ބޭފުޅެއް ކަމަށް ރައްޔިތުންނަށް ބުނަމުންދާ ވާހަކައަށް އިތުރު ބާރެއް ލިބިގެންދިޔައީ ހޯމަ ދުވަހުގެ ރޭ އެ މަނިކުފާނު އަމަލުކުރެއްވި ގޮތުންނެއެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ "އޮޅުވާލި ވޯޓް"ގެ ނަމުގައި ރައީސް ޔާމީންގެ ޕީޕީއެމްއިން ވަނީ މުޒާހަރާކޮށްފައެވެ. މިއަދު ރައީސް ޔާމީނަށް ވަނީ އެ މަނިކުފާނު އެއްކަލަ ހަނިކޮށްލެއްވި ޚިޔާލުފާޅުކުރުމުގެ ގާނޫނުގެ ބޭނުންކޮށްގެން މުޒާހަރާކޮށް އެ މަނިކުފާނާއި އެ މަނިކުފާނުގެ ޕާޓީއަށް ގެއްލިގެންދިޔަ ކަމަށް އެ ބުނާ ވޯޓް ހޯދުމަށް ވަކާލާތު ކުރާށެވެ. މިއަދު އެ މަނިކުފާނުގެ ސަރުކާރަށް އޮތީ އެއްކަލަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކަމުގެ ވާހަކަ ދައްކަންޖެހިފައެވެ. ތިމާ ބޭނުންވީމަ ކޮންމެ ކަމެއް  'އޯކޭ" ވާ އުސޫލުން ދުރާލައި ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި މުޒާހަރާކުރީއެވެ. އެކަން "އޯކޭ" ވީއެވެ. ވެހޭ ވާރޭގައި ރައީސް ޔާމީން އިސްކޮށް ހުންނަވައި މަދުބަޔަކާ އެކު ކުރެއްވި މުޒާހަރާ އެ މީހުން ބޭނުންވާ އިރެއްވަ ންދެން ކުރިއަށް ގެންދިޔައީއެވެ. މީހުންގެ އަބުރު ކަތިލެވިގެން ދިޔައީއެވެ. އިލެކްޝަން ކޮމިޝަނުގެ މެމްބަރުންގެ ބޮލުގައި އެޅުވުނު އިލްޒާމަކީ އަދި މިހާތަނަށް ސާބިތުވެފައިވާ ކަމެއް ނޫނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރިޝްވަތު ދިން ކަމަށް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައެއް ނެތެވެ. ނަމަވެސް އެމަނިކުފާނުގެ އަބުރު ދިފާއުކުރެއްވުމަށް ހެއްދެވި އަބުރުގެ ގާނޫނަށް ވެސް ބެލުމެއް ނެތި ސީދާ އެ ގާނޫނާ ހިލާފަށް ސާބިތު ނުހިފޭ ވާހަކަތައް ވެސް މީޑިއާ މެދުވެރިކޮށް ދެއްކެވީއެވެ. ޚުދު ތިމާ ބޭނުންވީމަ ރައްޔިތެއް، ދުއްވާ އެއްޗެއް ބެލުމެއް ނެތި "އޯކޭ" ވީއެވެ.

ޕީޕީއެމް އޮފީސް ކުރިމަތީގައި ރޭގައި ބޭއްވި މުޒާހަރާގެ ތެރެއިން

ރައްޔިތުންނަށް "އޯކޭ" ނުވަނީ މަނިކުފާނުގެ ތިފަދަ އަމަލުފުޅުތަކެއެވެ. ރައްޔިތުންނަށް "އޯކޭ" ނުވަނީ މަނިކުފާނުގެ ބަހާއި އަމަލުދިމާ ނުވުމެއެވެ. ރައްޔިތުންނަށް "އޯކޭ" ނުވަނީ މަނިކުފާނު ބޭނުންވާ ގޮތަށް ޤާނޫނޫތައް ބަދަލުކޮށް، އޭގެ ބޭނުން ހިފުމެއެވެ. އަދި ރައްޔިތުންނަށް އެއްގިތަކަށް ވެސް 'އޯކޭ' ނުވަނީ މަނިކުފާނު އަމިއްލަފުޅަށް ހެއްދެވި ގާނޫނުތައް ޚުދު މަނިކުފާނު މުގުރާލައްވާތީއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް