19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ޔަމަނުގެ ހަނގުރާމަ

އިދިކޮޅު ހަނގުރާމަވެރިންގެ ލީޑަރާ އެކު 40 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ޔަމަނުގެ ސިފައިން ބުނެފި

  • އެ އޮޕަރޭޝަން ހިންގީ ސައުދީ ކޯލިޝަނުގެ އެއްބާރުލުމާ އެކު
  • އިދިކޮޅު ހަނގުރާމަވެރިންނާ ކުރިމަތިލީ ހުދައިދާގެ ހުޅަނގުން
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 2 އޮކްޓޯބަރ 2018 | އަންގާރަ 10:58 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ޔަމަނުގެ ހަނގުރާމަ ފަށާފައި ވަނީ 2014 ވަނަ އަހަރު -- ގޫގުލް

އިދިކޮޅު ހަނގުރާމަވެރިންގެ ލީޑަރާ އެކު 40 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ޔަމަނުގެ ސިފައިން ބުނެފިއެވެ.

އެ އޮޕަރޭޝަން ހިންގީ ސައުދީ ކޯލިޝަނުގެ އެއްބާރުލުމާ އެކު ކަމަށާއި އިދިކޮޅު ހަނގުރާމަވެރިންނާ ކުރިމަތިލީ ހުދައިދާގެ ހުޅަނގުން ކަމަށް ޔަމަނުގެ ސިފައިން ބުނެއެވެ. 

ސިފައިންގެ އިންޓެލިޖެންސް ރިޕޯޓްތަކަށް ބަލާއިރު މަރުވި ލީޑަރަކީ އިދިކޮޅު ހަނގުރާމަވެރިންގެ އެންމެ އިސް އެއް ލީޑަރެވެ. އޭނާއަކީ ގޮވާ މައިންތަކާއި އެކި ކަހަލަ ބޮން ތައްތައްޔާރު ކުރުމުގެ މާހިރެކެވެ.

އޭނާއަކީ މީގެ ހަތް ވަރަކަށް އަހަރު ކުރިން ލުބުނާނުގަޔާއި އީރާނުގައި ސިފައިންގެ ތަމްރީން ހެދި މޮޅު މީހެކެވެ.

ޔަމަނުގައި 2014 އިިން ފެށިގެން ދާހިލީ ހަނގުރާމަ ހިނގަމުންދާއިރު، އެ ހަނގުރާމަ ފެށެން ދިމާވީ ހޫޘީންގެ ޝީއީ ހަނގުރާމަވެރިން ވެރިރަށް ސަންޢާ އަށް އަރައި، ބައިނަލްއަގްވާމީ މުޖުތަމައު އިން ބަލައިގެންފައިވާ ރައީސް އަބްދުއް-ރައްބޫ މަންސޫރު ހާދީގެ ސަރުކާރު ވެރިކަމުން ވައްޓާލުމާ ގުޅިގެންނެވެ.

ސައުދީ އިން އިސްވެ އޮވެ، 2015 ގައި ހަނގުރާމައިގެ ހާއްސަ ކޯލިޝަނެއް އުފައްދައި ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް