
| 2 ފެބުރުވަރީ 2017 | ބުރާސްފަތި 00:14 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ހިލޭ ޖެހުން ނަގަން ފަރިތަނުކުރާކަމަށް ޗެލްސީ އަށް ކުޅެމުން އަންނަ ޗެލްސީގެ ޑިފެންޑަރު ޑެވިޑް ލުއިޒް ބުނެފި އެވެ.
އަންގާރަ ދުވަހުގެ ރޭ ޗެލްސީ އާއި ލިވަޕޫލްއާ ބައްދަލުކުރި މެޗުގައި ކާމިޔާބުކުރި ހިތްގައިމު ހިލޭ ޖެހުމާ ބެހޭގޮތުން ބީޓީ ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ޑޭވިޑް ލުއިޒް ބުނީ ބައެއް ފަހަރު ސަޕޯޓަރުން ހައިރާންކޮށްލަންޖެހޭ ކަމަށާއި، އެހެންނަމަވެސް އޭނާ ދުވަހަކުވެސް ހިލޭ ޖެހުން ނަގަން ފަރިތަކޮށްފައިނުވާނެ ކަމަށެވެ.
ޑޭވިޑް ލުއިޒް ބުނީ އޭނާ ދެކޭ ގޮތުގައި ހިލޭ ޖެހުމަކީ އޮޓޮމެޓިކް އެއްޗެއް ކަމަށާއި، އެކަމަށް ފަރިތަވެސް ކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ މެޗެއްގައި ހިލޭ ޖެހުމެއްގެ ބޭނުން ހިފަންޖެހޭ ފަހަރުތައްވެސް އަންނާނެ ކަމަށެވެ.
ޑޭވިޑް ލުއިޒްގެ ހިލޭ ޖެހުމަށް ތައުރީފްކުރަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ އެ ހިލޭ ޖެހުމަކީ "ވޯލްޑްކްލާސް" ފެންވަރުގެ ހިލޭޖެހުމެއް ކަމަށާއި، އެގޮތުން ލިވަޕޫލްގެ ކީޕަރު މިގްނޮލެޓްވެސް އެކަމާ ހައިރާންވެފައިހުރި ކަމަށެވެ.
އޭނާ ބުނީ މިގްނޮލެޓް އެ ހިލޭ ޖެހުމާމެދު ހައިރާންނުވާ ނަމަ، އެ ބޯޅަ ދިފާއުކުރާނެ ކަމަށެވެ. އެހެންނަމަވެސް އެ ބޯޅަ ގޯލުގެ ކަނަށް ދިއުމާއެކު މަތަކުރެވޭނެކަމުގެ ޔަގީންކަމެއް ނެތްކަން އެނގޭކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް