20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ކަޝްމީރުގެ މައްސަލަ

ޕާކިސްތާނުގެ ހެލިކޮޕްޓަރަކަށް އިންޑިއާ ސިފައިން ހަމަލާދީފި

  • ޕާކިސްތާނުން ބުނަނީ އިންޑިއާގެ ވައިގެ ސަރަހައްދަށް ނުވަންނަ ކަމަށް
އަބުދުﷲ މުހައްމަދު | 8Abbo

| 1 އޮކްޓޯބަރ 2018 | ހޯމަ 11:33 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


އާޒާދް ކަޝްމީރް ސަރަހައްދުގެ ބޮޑުވަޒީރު ރާޖާ ފާރޫޤް ހައިދަރު ޚާން -- އޭއެފްޕީ

ކަޝްމީރުގެ ޕާކިސްތާނުގެ ފަޅީގެ ލީޑަރު ދަތުރު ކުރެއްވި ހެލިކޮޕްޓަރަށް އިންޑިއާގެ ފައުޖުތަކުން ހަމަލާ ދީފި ކަމަށް އޭނާ ތުހުމަތުކުރައްވައިފިއެވެ.

ޕާކިސްތާނާއި އިންޑިއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި މިހާދިސާ ހިނގާފައި ވަނީ އާޒާދް ކަޝްމީރް ސަރަހައްދުގެ ބޮޑުވަޒީރު ރާޖާ ފާރޫޤް ހައިދަރު ޚާން އަވަށްޓެރި އަވަށެއްގެ ސިޔާސީ ބޭފުޅަކު އަވަހާރަވެގެން އާއިލާއަށް ތައުޒިއާ ވިދާޅުވުމަށް ވަޑައިގަންނަވަނިކޮށެވެ.

ވެރިރަށް އިސްލާމް އާބާދުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ރާޖާ ފާރޫޤް ހައިދަރު ޚާން ވިދާޅުވެފައި ވަނީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ހަމަލާ ދިން އިރު ދަތުރު ކުރަމުންދިޔައީ ލައިން އޮފް ކޮންޓްރޯލްގެ ޕާކިސްތާނާ ވީ ފަޅިން ކަމަށާއި އުސޫލާ ޚިލާފު އެއްވެސް ކަމެއް ހެލިކޮޕްޓަރުން ކޮށްފައިނުވާ ކަމަށެވެ.

"އިންޑިއާގެ އަސްކަރިއްޔާއިން ބަޑިޖެހީ ޕާކިސްތާނުން އެ ގަައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވާކަން ދައްކަން،" ޚާންގެ ބަޔާނުގައި ވެއެވެ.

އިންޑިއާ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ދެވެންދާ އާނަންދް ވިދާޅުވީ އެ ހެލިކޮޕްޓަރުން ޕޫންޗްގެ ލައިން އޮފް ކޮންޓްރޯޯލްގެ ހުރަސްކޮށް މެންދުރު 12 ޖަހާކަންހާއިރު އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.

އާނަންދް ވިދާޅުވީ އެއީ ޕާކިސްތާނުގައި އުފައްދާ ބާވަތުގެ ހެލިކޮޕްޓަރެއް ކަމަށް ބެލެވޭ ކަމަށާއި އުދުހިފައި ވަނީ ވަރަށް އުހުން ކަމަށެވެ. އަދި އެ ސަރަހައްދުގައި ތިބޭ ސިފައިން ހަރަކާތްތެރިވެފައި ވަނީ ކުދި ހަތިޔާރާ އެކު ކަމަށެވެ.

ރާޖާ ފާރޫޤް ހައިދަރު ޚާން ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރުގައި އެއްވެސް ހަތިޔާރެއް ނުހުންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް