20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްއާރުއެމް

ނިމުނު ރިޔާސީ އިންތިހާބު: މައުމޫނުގެ ހަގީގީ ސަޕޯޓަރުން ފެނިގެންދިޔަ އިންތިހާބެއް

  • މައުމޫނުގެ ސަޕޯޓަރުން އެކި ރަށްތަކުގައި ހަރަކާތްތެރިވި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 30 ސެޕްޓެންބަރ 2018 | އާދީއްތަ 18:48 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ކުރީގެ ރައީސް މައުމޫނުގެ ސަޕޯޓަރުން މީޑިއާތަކަށް އިންޓަވިއުއެއް ދެނީ: މައުމޫނުގެ ސަޕޯޓަރުން ފެނިގެންދިޔަ -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެނައުމަށް ތާއީދު ކުރެއްވި ސިޔާސީ ލީޑަރުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގެންނެވި އެވެ. އެހެން ނަމަވެސް އެމަނިކުފާނަށް ކެމްޕެއިނުގައި ސީދާގޮތުން ހަރަކާތްތެރިވެވަޑައިގަތުމުގެ ނަސީބު ލިބިވަޑައިނުގަތެވެ. އެމަނިކުފާނަށް އޮންނަވަން ޖެހިވަޑައިގަތީ ޖަލުގައެވެ.  

މި ހާލަތުގައި ރައީސް މައުމޫނު މިނިވަންވުމުގެ ފުރުސަތެއް ވެސް އޮތީ އިބޫ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންކަން އެންމެނަށްވެސް އެނގެއެވެ. މި ހާލަތުގައި ހަގީގީ މައުމޫނުގެ ސަޕޯޓަރުން ފެނިގެންދިޔަ އެވެ. އިޚްލާސްތެރިކަމާއެކު އެމަނިކުފާނަށް ކުރިން ވެސް ތާއީދުކުރި މީހުން އެމަނިކުފާނު މިނިވަން ކުރުމަށް ކުރި މަސައްކަތް ވެސް ފެނިގެންދިޔަ އެވެ. އާރާއި ބާރު އޮތް ދުވަހު ރައީސް މައުމޫނަށް ތާއީދުކުރި ފަރާތްތަކާއި އެ ބާރު ނެތި، ނުހައްގުން ޖަލަށް ލެވުނު ވަގުތު އެމަނިކުފާނުގެ އަރިހުގައި ތިބި މީހުންވެސް ސާފުކޮށް ފެނިގެންދިޔަ އެވެ.  

މައުމޫނަށް ތާއިދުކުރި ކެމްޕެއިން ޓީމް ރިޔާސީ އިންތިހާބުގައި ފެނިގެން ދިޔައީ މައުމޫން ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ނަމުގައި ހަރަކާތްތެރިވި ތަނެވެ. އެ ޓީމުގެ މެމްބަރުން މަދު ނަމަވެސް މައުމޫނުގެ ފޮޓޯ ހިފައިގެން ނިކުމެ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރި މަސައްކަތަކީ ތާރީހުގައި ލިޔެވޭނެ މަސައްކަތްތަކެވެ. މައުމޫނުގެ ފަރާތުން ކެމްޕެއިނުގައި އިސްކޮށް އުޅުނު މީހުނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެ ޓީމުން ވަނީ ރާއްޖޭގެ ރަށްތަކަށް ގޮސް ކެމްޕެއިން ކޮށްފައިވެ އެވެ. މައުމޫނާއި އަދި އެ ނޫންވެސް ޖަލު ހުކުމުގައި ތިބި ބޭފުޅުންގެ ފޮޓޯ ބޭނުން ކޮށްގެން ކެމްޕެއިން ކުރުން ފުލުހުން މަނާ ކުރިއެވެ. ނަމަވެސް ދެން ވެސް އެމީހުންގެ މަސައްކަތް ހުއްޓައެއްނުލަ އެވެ.  

އިންތިހާބީ ރައީސް އިބޫއަށް ތާއިދުކުރާ ރައީސް މައުމޫނުގެ ފެކްޝަނުން ބޭއްވި ކެމްޕެއިން އިވެންޓްގެ ތެރެއިން:-ފޮޓޯ ރާއްޖެއެމްވީ

ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މައުމޫނަށް ތާއީދުކުރި މީހުނަށް މައުމޫނު ބޭނުންފުޅުވާ ގޮތް ބުނެދިނެވެ. އަދި މައުމޫނަށް ލިބެމުންދަނީ ބޭ އިންސާފުން އަނިޔާއެއް ކަމަށާއި އެކަމުން ސަލާމަތް ވެވޭނީ ރައީސް ޔާމިންގެ ވެރިކަން ބަދަލު ކުރެވިގެންކަން ވިސްނައިދޭން އެތައް ބައެއްގެ ގާތަށް އެމީހުން ދިޔަ އެވެ. ރަށް ރަށުގައި ތިބި މީހުނަށް މައުމޫނުގެ ހާލު ވިސްނައިދީ ރައީސް ޔާމިނަށް ކުރި ތާއީދު އަނބުރާވެސް ލެވުނެވެ. ރައީސް މައުމޫނަށް ޖެއްސި ހާލު އެނގުމުން ބައެއް މީހުން ރޮޔެވެ. 

މައުމޫނުގެ ސަޕޯޓަރުން ކުރި މަސައްކަތުން މައުމޫނު މިނިވަން ކުރުމަށް ކުރި މަސައްކަތުގައި އަދި މައުމޫނަށް އަނިޔާ ލިބެމުންދިޔަ ވަގުތު އެކަމާ ދެކޮޅަށް ނިކުންނާނެ ކަމަށް ބައެއް މީހުނަށް ހީވި މީހުން ނުފެނުނެވެ.

ރައީސް މައުމޫނުގެ ފެކްޝަނުން ބޭއްވި ކެމްޕެއިން އިވެންޓެއްގައި ނާދިރާ ވާހަކަ ދައްްކަވަނީ:-ފޮޓޯ ރާއްޖެއެމްވީ

ރައީސް މައުމޫނުގެ ދަރިކަލުން ގައްސާން މައުމޫނާއި އަދި އެމަނިކުފާނުގެ އާއިލީ އެހެން ބޭފުޅުން ވެސް ތިބީ ކަމެއް ވާހެން ހީވެސްނުވާ ކަމަށް ހަދައިގެންނެވެ.  ނަމަވެސް ރައީސް މައުމޫނު ޒަމާނުގެ ވަޒީރުންގެ ތެރެއިން އުޅުއްވި ބައެއް ބޭފުޅުން އެމަނިކުފާނާއެކު ތިބިތަން ފެނިގެންދިޔަ އެވެ. އޭގެ ތެރޭގައި އުމަރު ޒާހިރާއި އަނީސާ އަހްމަދާއި އާތިފާ ޝުކޫރާއި އަބްދުﷲ ކަމާލުއްދީން ފަދަ ބޭފުޅުން ފެނިގެންދިޔަ އެވެ.  

މި ހުރިހާ ކަމަކާއެކު މި އިންތިހާބުވީ ރައީސް މައުމޫނުގެ ހަގީގީ ތާއިދުކުރި މީހުންނާއި އަރާބާރުގެ ބޭނުމުގައި ތާއިދު ކުރި މީހުން ފާޅުވި އިންތިހާބަކަށް ކަމަށް ބުނެވިދާނެ އެވެ. މަދު ބައެއްްގެ މަސައްކަތުން ރައީސް މައުމޫނުގެ ސަޕޯޓަރުންނަށް ހިތްވަރުލިބުނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް