18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އދ.ގެ ޖެނެރަލް އެސެމްބްލީ

އޮސްޓްރިއާގެ ފޮރިން މިނިސްޓަރު އަރަބިން ވާހަކަފުޅު ދައްކަވައި އެންމެން ހައިރާން ކޮށްލައްވައިފި

  • އަރަބިން ވާހަކަފުޅު ދައްކަވަން ފެއްޓުމާއެކު އެންމެންގެ ސަމާލުކަން އެ ކަމަނާއަށް ވަނީ ހުއްޓިފައި
  • އދ. ގެ ރަސްމީ ހަ ބަހުގެ ތެރޭގައި އަރަބި ބަސް ހިމެނޭ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 30 ސެޕްޓެންބަރ 2018 | އާދީއްތަ 07:30 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


އޮސްޓްރިއަން ފޮރިން މިނިސްޓަރ ކަރިން ކެނައިސްއެލް -- ޔޫއެން ފޮޓޯ

އޮސްޓްރިއާގެ ފޮރިން މިނިސްޓަރު ކަރިން ކެނައިސްއެލް އދ. ގެ 73 ވަނަ ޖެނެރަލް އެސެމްބްލީގައި އަރަބި ބަހުން ވާހަކަފުޅު ދައްކަވާ އެންމެން ހައިރާން ކޮށްލައްވައިފިއެވެ.

އަރަބިން ވާހަކަފުޅު ދައްކަވަން ފެއްޓުމާއެކު އެންމެންގެ ސަމާލުކަން އެ ކަމަނާއަށް ވަނީ ހުއްޓިފައެވެ. އެ ވަގުތު އެތަނަށް ހާޒިރުވެ ތިއްބެވި މެމްބަރުން ވަނީ އެކަމަނާގެ ހިތްވަރަށް އަތްޖަހާފައެވެ.

އަރަބި ބަހަކީ ވަރަށް ފުރިހަމަ ބަހެއް ކަމަށް ކެނައިސްއެލް ވިދާޅުވިއެވެ. އދ. ގެ ރަސްމީ ހަ ބަހުގެ ތެރޭގައި ހިމެނޭ އަރަބި ބަހަކީ ތާރީޚް ދެނެގަތުމަށް އިސް ދައުރެއް އަދާ ކުރާ ބަހެއް ކަމަށް ކެނައިސްއެލް ވިދާޅުވިއެވެ.

ކެނައިސްއެލް ވިދާޅުވީ އެކަމަނާގެ ބަޔާން އަރަބި ބަހުން ދެއްވުނީ، ވިއެނާ އާއި ބެއިރުއިތުގެ އދ. ގެ ހެޑް ކުއާޓާސްގައި އުޅުއްވި ދުވަސްވަރު އަރަބި ބަސް ދަސްކުރެެއްވުމުންނެވެ. ހަނގުރާމައިގެ ދުވަސްވަރު ލުބުނާނުގައި ކިޔަވަން އުޅުއްވި ދުވަސް ވަރުވެސް އަރަބި ބަސް ދަސްކުރެއްވި ކަމަށާއި ނަމަވެސް އެ ގައުމުން ދަސްވި އެންމެ މުހިއްމު ފިލާވަޅަކީ ކެތްތެރިކަން ކަމަށް ކެނައިސްއެލް ވިދާޅުވިއެވެ.

ޖެނެރަލް އެސެމްބަލީގައި ކެނައިސްއެލް ވަނީ އަރަބި ބަހުގެ އިތުރުން ފްރެންޗާއި ސްޕެނިޝް އަދި އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް