20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޓެސްލާ

ޓެސްލާގެ ޗެއާމަން ކަމުން މަސްކް އިސްތިއުފާ ދެއްވަން މަޖުބޫރުވެއްޖެ

  • ޓެސްލާ ޕްރައިވެޓް ކުރަން ބޭނުންވާ ފައިސާ ނުލިބެނީސް އެ ފައިސާ ލިބިއްޖެކަމަށް ބުނި ބުނުމަކީ ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުމެއް
  • ޓެސްލާއާއި މަސްކް ހިއްސާވާ ގޮތަށް 40 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ވަނީ އަންގާފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 30 ސެޕްޓެންބަރ 2018 | އާދީއްތަ 05:37 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ޓެސްލާ ކުންފުނީގެ ސީއީއޯ އީލަން މަސްކް -- އޭއެފްޕީ

އިލެކްޓްރިކް ކާރު ކުންފުނި، ޓެސްލާ، ހިއްސާގެ ބާޒާރުން ނަގައި، ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރަން ބޭނުންވާ ފައިސާ ލިބިއްޖެ ކަމަށް އެކުންފުނީގެ ބާނީ އަދި ސީއީއޯ އީލަން މަސްކް ވިދާޅުވުމުމާއެކު، އެ ކުންފުނީގެ ޗެއާމަންކަމުގެ މަގާމުން އިސްތިއުފާ ދެއްވަން އޭނާއަށް މަޖުބޫރު ވެއްޖެއެވެ.

ބުރާސްފަތި ދުވަހު ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސް.އީ.ސީ.) އިން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންއިން ބުނީ ޓެސްލާ ޕްރައިވެޓް ކުރަން ބޭނުންވާ ފައިސާ ނުލިބެނީސް އެ ފައިސާ ލިބިއްޖެކަމަށް ޓުވިޓާގައި މަސްކް ބުނި ބުނުމަކީ ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުމެއް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ބަލައިދޭން ކޯޓަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ.

ނަތީޖާއަކަށްވީ މަސްކް އެސް.އީ.ސީ. އާއެކު އެއްބަސްވުމެއް އެކުލަވާލުމެވެ. އެއާއެކު އެ މައްސަލަ ކޯޓަށް ހުށަނާޅާ ގޮތަށް އެސް.އީ.ސީ. ވަނީ ނިންމާފައެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން އެކުންފުނީގެ ޗެއާމަންކަމުގެ މަގާމުން މަސްކް އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަންނަވާނެއެވެ. އަދި ތިން އަހަރު ވަންދެން ޗެއާމަންގެ މަގާމަށް ކުރިމަތި ނުލެއްވޭނެއެވެ. އެއާއެކު ޓެސްލާއާއި މަސްކް ހިއްސާވާ ގޮތަށް 40 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ވެސް ޖެހޭނެއެވެ.

އެ އެއްބަސްވުމުގައި ވާގޮތުން ޓެސްލާއާއި ބެހޭ ގޮތުން އެއްވެސް ޓުވީޓެއް މަސްކްއަށް މީގެ ފަހުން ކުރެއްވޭނީ އެ ކުންފުނީގެ މުވާސަލާތީ ޕްރޮސީޖަރުގެ މަތިން މަޝްވަރާ ކުރުމަށްފަހުއެވެ.

މިދިޔަ މަހު މަސްކު ކުރެއްވި ޓުވީޓްގައި ބުނެފައި ވަނީ ޓެސްލާ، ހިއްސާގެ ބާޒާރުން ނަގައި، ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރަން ބޭނުންވާ 72 ބިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަން ކުރުމުން ޓެސްލާގެ ހިއްސާއެއްގެ އަގު 420 ޑޮލަރަށް އަރާނެކަމަށެވެ.

އެހެން ނަމަވެސް އެކަން އިއުލާން ކުރިތާ މާގިނަ ދުވަސް ނުވަނީސް އެ ކުންފުނިން ބޭއްވި ބޯޑު ބައްދަލުވުމަކަށްފަހު ކުންފުނި ޕްރައިވެޓް ނުކުރަން މަސްކް ވަނީ ނިންމާފައެވެ.  

ރިޕޯޓްތައް ބުނާ ގޮތުން މަސްކް މަސައްކަތްކުރީ ސަޢޫދީ ޢަރަބިއްޔާގެ ސޮވަރިން ވެލްތު ފަންޑުން ފައިސާ ހޯދައިގެން ކުންފުނި އަލުން އަނބުރާ ގަތުމަށެވެ. އެހެން ނަމަވެސް އެފައިސާ ހަމަޖެހިފައިނުވަނީސް އެކަން މަސްކް އިއުލާންކުރުމާއި ގުޅިގެން ޓެސްލާގެ ބައެއް އިންވެސްޓަރުން ވެސް ތިބީ މަސްކްއާއިމެދު ހިތްހަމަނުޖެހިފައެވެ.

ޓެސްލާގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާއަކީ މަސްކްގެ ހިއްސާއެވެ. އޭނާ ބުނީ ކުންފުނި ހިއްސާގެ ބާޒާރުން ނެގުމާއި ބެހޭ ގޮތުން ކުންފުނީގެ ބޮޑެތި ހިއްސާދާރުންނާއި، ބައެއް ބޭންކްތަކާއި އެހެން ފަރާތްތަކާއިއެކު މަޝްވަރާކުރެވުނުކަމަށާއި، އެންމެންވެސް އެޚިޔާލާއި ދެކޮޅުކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް