22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
17 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވޫޑް

ރިތިކްގެ ލޯ ހަދިޔާކުރަނީ

  • "ކާބިލް"ގެ ޝޫޓިންގެ ތެރެއިން ރިތިކް އާއި ލޯފަން ކުދިންގެ ބައެއް ޖަމިއްޔާތަކާ ވަރަށް ބޮޑަށް ވަނީ ގުޅުން އުފެދިފަ
އަލީ ޔޫސުފް | AliYooosuf

| 1 ފެބުރުވަރީ 2017 | ބުދަ 19:31 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  6. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ


ރިތިކް ލޯފާން މީހެއްގެ ރޯލުން ފެނިގެންދާ ކާބިލްގެ ޕޯސްޓަރެއް -- ގޫގުލް

ދާދި ފަހުން ރިލީޒްކުރި ބޮލީވޫޑްގެ ފިލްމް "ކާބިލް" ގައި ލޯފަން މީހެއްގެ ރޯލުން ފެނިގެން ދިޔަ ރިތިކް ރޯޝަން އޭނާގެ ލޯ ހަދިޔާކުރުމަށް ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

 

ރިޕޯޓްތައް ބުނާ ގޮތުގައި ރިތިކް މި ގޮތަށް ނިންމާފައި ވަނީ އޭނާގެ 43 ވަނަ އުފަން ދުވަހުއެވެ. ރިތިކްގެ އުފަން ދުވަހަކީ ޖެނުއަރީ 10 ވަނަ ދުވަހެވެ.

 

"ކާބިލް"ގެ ޝޫޓިންގެ ތެރެއިން ރިތިކް އާއި ލޯފަން ކުދިންގެ ބައެއް ޖަމިއްޔާތަކާ ވަރަށް ބޮޑަށް ވަނީ ގުޅުން އުފެދިފައެވެ. ޚަބަރުތައް ބުނާ ގޮތުން ސަންޖޭ ގުޕްތާގެ "ކާބިލް"ގެ ޓްރެއިލާ ބެލުމަށް ފަހު އަދިތުޔާ ޖިއޯޓް އައި ހޮސްޕިޓަލްގެ ޑިރެކްޓަރު އަދި ޗެއާމަން ޑރ. އެސް. ނަތަރަންޖަން ވަނީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން އަށް ފޯނުން ގުޅާފައެވެ. އަދި ރިތިކް މަރުވުމުން އޭނާގެ ލޯ ހަދިޔާކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް އޭނާ ގުޅުމުގެ ކުރިން ވެސް ރިތިކް އެ ގޮތަށް ނިންމާފައިވާތީ ވަރަށް އުފާވާ ކަމަށް ރާކޭޝް ރޯޝަން ބުނި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

 

ޑރ. ނަތަރަންޖަން ބުނީ އެކަން ދެ ފަރާތުގެ މެދުގައި ބޭއްވުމަށް ރިތިކް އެދުނު ކަމަށާއި ނަމަވެސް އެކަން މީޑިއާ އަށް ހާމަކުރަން ބޭނުންވީ އެހެން ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އިންޑިއާގައި ލޯފަން މީހުންނަށް ފަރުވާ ނުލިބެނީ ލޯ ހަދިޔާކުރާނެ ފަރާތްތައް މަދުވުމުންކަން އެނގުމުން ރިތިކް އަށް ވަރަށް އަސަރުކުރި ކަމަށް ވެސް ޑރ. ނަތަރަންޖަން ބުންޏެވެ.

 

ލޯ ހަދިޔާކުރުމުގެ އިތުރުން ލޯ ހަދިޔާކުރުމަށް ހިތްވަރު ދޭ ކެމްޕެއިންތަކުގައި ރިތިކް ބައިވެރިވާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވާ ކަމަށް ޑރ. ނަތަރަންޖަން ބުންޏެވެ.

 

"ކާބިލް"އަކީ ލޯފަން ދެ މީހެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް