18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އިންޑޮނޭޝިއާ ބިންހެލުން

އިންޑޮނޭޝިއާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 384 އަށް އަރައިފި

  • މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވޭ
  • ގެއްލުނު މީހުންގެ އަދަދު 29އަށް އަރާ
  • ސުނާމީގައި ގެއްލުން ލިބުނު ޕޭލޫއަކީ ބޮޑު ރަށެއް
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 29 ސެޕްޓެންބަރ 2018 | ހޮނިހިރު 16:05 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


އެ ސުނާމީގައި ތިން ލައްކައަށް ވުރެ ގިނަ މީހުން ރަށްވެހިވެފައިވާ ސުލަވޭސީ ޕްރޮވިންސްގެ ކެޕިޓަލް ޕާލޫގެ ގެތަކަށް ބާރު ސްޕީޑުގައި ވަނީ ފެން ވަދެފައި -- ބީބީސީ

އިންޑޮނޭޝިއާގެ އިރުމަތީގެ ޖަޒީރާ ސުލަވެސީއަށް އައި 7.5 މެގްނެޓިޓުއުޑްގެ ބާރުގަދަ ބިންހެލުމާއެކު އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 384 އަށް އަރައިފިއެވެ.
އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީއިން ބުނީ ކުރިއަށް ދުވަސްތަކުގައި މަރުވި މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހުކުރު ދުވަހު އެރި އެ ސުނާމީގައި ތިން ލައްކައަށް ވުރެ ގިނަ މީހުން ރަށްވެހިވެފައިވާ ސުލަވޭސީ ޕްރޮވިންސްގެ ކެޕިޓަލް ޕާލޫގެ ގެތަކަށް ބާރު ސްޕީޑުގައި ވަނީ ފެން ވަދެފައެވެ. އެ ހާދިސާގައި ގެތައް ސުންނާފަތިވެ ލިބުނު ގެއްލުމުގައި 540 އަށް ވުރެ ގިނަ މީހުން ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. 
ބިން ހެލުމުގަ އާއި ސުނާމީގައި ގެއްލުނު ލިބުނު ޕޭލޫއަކީ ދުނިޔޭގެ އެންމެ ބޮޑެތި ރަށްތަކުގެ ތެރެއިން ރަށެކެވެ. އެ ރަށުގައި ގެއްލުނު ކަމަށް ރިޕޯޓް ކޮށްފައިވާ 29 މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ދެއެވެ. ނަމަވެސް އެ ގުދުރަތީ ހާދިސާގެ އަސަރު ކުރި ގިނަ ހިސާބުތަކުން މުވާސަލާތީ ޚިދުމަތާއި ކަރަންޓް ކެނޑިފައިވާތީ މީހުން ހޯދުމުގައްޔާއި ލިބުނު ގެއްލުމުން އަރައިގަތުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައެވެ.
ޕޭލޫގެ އެއާޕޯޓްގެ ޚިދުމަށް ވެސް ވަނީ މެދުކެނޑިފައެވެ. އެހެން ކަމުން އެ ސަރަހައްދަށް އެހީ ފޯރުކޮށްދޭން އަންނަ ޖަމިއްޔާތައް ޖެހެނީ އެއްގަމުގެ މަގުން ދަތުރުކޮށްފައި އެ ހިސާބަށް ދާށެވެ. އެ ރަށާ އެންމެ ކައިރީގައި ހުންނަ ޚިދުމަށް ދޭ އެއާޕޯޓަށް ދާން 12 ވަރަކަށް ގަޑިއިރު ނަގައެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ ހަ ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުން ވަނީ 10 ސިކުންތަށް ދިގުދެމިގެން ގޮސްފައެވެ. އިންޑޮނޭޝިއާގެ ޖިއޯފިޒިކްސް އޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި ސުނާމީ އަރާފައި ވަނީ އެ އެޖެންސީން ސުނާމީ އިންޒާރު އަނބުރާ ގެންދިޔަ ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް