18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ދިވެހި ފިލްމް

"މަލިކާ" ގެ ޓިކެޓް ވިއްކަން ފަށަނީ

  • ފިލްމު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ ދެވަނަ ދުވަހު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 1 ފެބުރުވަރީ 2017 | ބުދަ 17:38 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


މަލިކާ ގެ ޕްރޮމޯޝަން ޕޯސްޓަރު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އަންނަ މާރޗް މަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ "މަލިކާ"ގެ ޓިކެޓް މި މަހުގެ ފަހަކުން ފެށިގެން އޮލިމްޕަހުން ވިއްކާ ގޮތަށް ހަމަޖައްސައިފިއެވެ.

 

އަހުމަދު ނާސިރު ( މައްލާ) އާއި އިބްރާހިމް ރަޝީދު (އިއްބެ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައި ވަނީ މާރޗް މަހުގެ ދެވަނަ ދުވަހު އެވެ.

 

ކުރިން މި ފިލްމުގެ ޓިކެޓް މިއަދު ވިއްކަން ފަށާ ގޮތަށް ހަމަޖެހިފައި ވަނިކޮށް ފިލްމްގެ ޓިކެޓް ވިއްކުން ލަސްކޮށްފައިވަނީ އޮލިމްޕަހުގެ ކުރީގެ ދެ ފިލްމެއް އަލުން އަޅުވާތި ކަމަށް މަލިކާ ޓީމުން މައުލޫމާތު ދެއެވެ.

 

މަލިކާގެ ޓިކެޓް މިމަހުގެ 5 ގައި ވިއްކަން ފެށުނަމަވެސް މިހަރުވެސް 7447555 އަށް ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ ކަމަށް މަލިކާ ޓީމުން މައުލޫމާތު ދެއެވެ.

 

މި ފިލްމަކީ ބިންމާ އިބްރާހިމް ވަހީދު ލިޔެފައިވާ އާއިލީ ލޯބީގެ ހަދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެއްގެ މައްޗަށް ތައްޔަރު ކުރާ ފިލްމެކެވެ.

 

މި ފިލުމްގައި ހިމެނޭ ތަރިންގެ ތެރޭގައި ފިލްމީ ދާއިރާއަށް އަލަށް ތައާރފްވާ ނުޒުހަތު ޝުއައިބް ( ނުޒޫ) އާއި މަރިޔަމް ޝަކީލާ، އިސްމާއިލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އަސިމް، ފާތިމަތު އާޒިފާ، ޖުމައްޔިލް ނިމާލް، އަލީ އާޒމް، ސުޖީތާ އަބްދުﷲ އަދި އަހުމަދު ޝާކިރު ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް