20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އެމްއޭސީއެލް

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

  • އެކްސްރޭ ސްކްރީނިން އަށް އަގު ނަގަން ފަށާނީ މާޗް މަހު
  • ކިލޯ އަކަށް 15 ލާރި
  • ހަތަރު ސަތޭކަ ކިލޯއާ ހަމައަށް މަދުވެގެން 60 ރުފިޔާ
އަޒުމޫން އަހުމަދު | azmoon_ahmed

| 1 ފެބުރުވަރީ 2017 | ބުދަ 16:53 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ރާއްޖެއިން ބޭރަށް އެކްސްޕޯރޓް ކުރާ މުދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ އެކްސްރޭއިން ސްކްރީން ކުރުމަށް އަގު ނަގަން ފެށުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ.

އެމްއޭސީއެލް އިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކްސްރޭ ސްކްރީނިން އަށް ނެގޭ އަގަކީ ރާއްޖެއިން ބޭރަށް އެކްސްޕޯރޓް ކުރާ މުދާ ކާގޯ އެކްސްރޭއިން ސްކްރީން ކުރުމަށް ނެގޭ އަގެއް ކަމަށެވެ.

އެކްސްރޭ ސްކްރީނިން އަށް އަގު ނަގަން އެމްއޭސީއެލް އިން ނިންމާފައިވަނީ މާޗު މަހުން ފެށިގެންނެވެ. އެގޮތުން އެކްރޭ ސްކްރީނިން ކޮންމެ ކިލޯއަކަށް 15 ލާރި އަދި 400 ކިލޯއާ ހަމައަށް މަދުވެގެން 60 ރުފިޔާ ނެގުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އަދި އަދި އަގުގެ އިތުރުން ހަ އިންސައްތަ ޖީ.އެސް.ޓީ ވެސް ނަގާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެކްސްރޭ ސްކްރީނިން އަށް ނަގަން ނިންމާފައިވާ އަގާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ މީގެ ކުރިން އެކްސްރޭ ސްކްރީނިން އަށް މީގެ ކުރިން އެއްވެސް އަގެއް ނަގާފައިނުވާނެ ކަމަށެވެ. އަދި މީގެ ކުރިން އަގެއް ނުނަގައި އޮތީ ސްކްރީން ކުރުމުގެ ޚިދުމަތް އެހާ ރަނގަޅަށް ނުދެވޭތީ ކަމަށާއި ނަމަވެސް ފަހުން ގެނައި މެޝަނަރީޒްއާއެކު މިހާރު ފުރިހަމަ ޚިދުމަތެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެކްސްރޭ ސްކްރީނިން އަކީ އެހެން ގައުމުތަކުގައި ވެސް އަގު ނަގައިގެން ކުރާ ކަމެއް ކަމަށެވެ. އަދި ނިސްބަތުން ބަލާއިރު ރާއްޖޭގައި ނަގާ އަގު ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކްސްރޭ ސްކްރީނިން އަށް އަގު ނަގަން ނިންމާފައިމިވަނީ، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ގޮތުގައި ބިދޭސީއެއްގެ އަތުން 25 ޑޮލަރު އަދި ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު ނަގަން ނިންމައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވަނިކޮށެވެ. އޭޑީސީ ނަގަން ފަށާނީ މެއި މަހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް