20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ރިޔާސީ އިންތިހާބު 2018

ތިނަދޫގެ ބަސް: އެންމެންގެ ރުހުމާ އެކު ނޫނީ ރައީސް ޔާމީނަށް މައާފެއް ނެތް؟

  • ތިނަދޫގެ ހުރިހާ ފޮށިތަކެއް އަގުލަބިއްޔަތު އިބޫއަށް
  • ތާއިދު ހޯދަން ގިނަ މަޝްރޫއުތަކެއް ތިނަދޫގައި ހިންގި
ޙުސައިން ޙަސަން | hucenhassan

| 27 ސެޕްޓެންބަރ 2018 | ބުރާސްފަތި 12:59 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ރާއްޖެޓީވީއާ ވާހަކަ ދެއްކި ތިނަދޫ ބައެއް މީހުން: ރައީސް ޔާމީނަށް ތިނަދޫއިން ނޫނެކޭ ބުނި ސަބަބު ކިޔައިދީފައިވޭ -- ފޮޓޯ: ރާއްޖެ އެމްވީ

ސަރުކާރުން ރާއްޖޭގެ ދެކުނުގައި ހިންގި އެންމެ ބޮޑެތި މަޝްރޫއުތައް ހިންގީ ގދ. ތިނަދޫގައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ތާއީދު ބޮޑު، ތިނަދޫގައި ސަރުކާރުން ބިނިއަން ރުފިޔާގެ މަޝްރޫއުތައް ހިންގީ ރައްޔިތުންގެ ތާއިދު ހޯދުމަށެވެ. ރައްޔިތުންގެ ރުހުން ހޯދުމަށެވެ. ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ލިބޭނެ ކަމުގެ އުންމީދުގަވެ. ނަމަވެސް އޭގެ ނަތީޖާ އާދީއްތަ ދުވަހު އެ ރަށުގެ ރައްޔިތުން ވަނީ ދައްކައިދީފައެވެ. ޑިމޮކްރަސީގައި ރައްޔިތުން ރުހުމާއި ނުރުހުން އެންމެ ބޮޑަށް ފެންނަނީ ވޯޓުންނެވެ.

"ތިނަދޫގެ ރައްޔިތުން ސާބިތުކޮށްދިނީ ތިމަންނާމެންނަކީ ހަމަހަމަ ކަމާއި އިންސާފަށް ލޯބި ކުރާ އަނިޔާވެރިކަމާ ދެކޮޅު ބައެއްކަން. އަޅުގަނޑުމެންނަކީ އެއްވެސް ރައްޔިތަކަށް އަނިޔާ ލިބޭކަށް އެދޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ ހަމަހަމަ ކަމާއި އިންސާފު ލިބި އެއް ވަރެއްގައި ދިރިއުޅެން ބާރު އަޅާ ބައެއް،" ތިނަދޫއިން ރާއްޖެއެމްވީއަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މަޝްހޫރު ނަމުންނަމަ "ހަވަރު ތިނަދޫ" މީހުންނަކީ ބިރު ކުޑަ ބައެކެވެ. ފަސް ޖެހުމެއް، ޖެހިލުމެއް އޮތް ބައެއް ނޫނެވެ. ދިވެހި ސަރުކާރާ ދެކޮޅަށް ނުކުމެ، ވަކި ދައުލަތެއްގެ ގޮތުގައި ސުވައިދީބު އުފެދުމާއި އެ ދައުލަތުގެ ނިމުން އައި ގޮތުން ހަވަރުގެ ބާރު ވަނީ ދައްކާފައެވެ.

މި ސަރުކާރުގައި މުވައްޒަފުންނަށް ދައްކަމުން ދިޔަ ވަޒީފާގެ ބިރަށް ޖެހިލުމެއް ނެތި، މުވައްޒަފުން އެންމެ ފުރަތަމަ ނުކުތީ ތިނަދޫއިންނެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ވަޑައިގަތުމާއެކު، ސަރުކާރުގެ މުވައްޒަފުން މިނިވަން ވާން ޖެހޭކަން ދައްކައި ދިނީ ތިނަދޫއިންނެވެ. އެއާއެކު ހުވަދޫގެ އެހެން ރަށްތަކުގެ މުވައްޒަފުން ވެސް ފާޅުގައި އިބޫއަށް ތާއިދު ކުރިއެވެ. އަދި ރާއްޖޭގެ އެހެން ރަށްތަކަށް އެކަން ފެތުރި އިބޫއަށް އޮތް ލޯބި ސަރުކާރުގެ މުވައްޒަފުން ބަންޑުން ކުރިއެވެ.

ކުރާ ހިތުން ކުރަމުން ދިޔަ މަސައްކަތުން އެކަހެރިކޮށް، ސަރުކާރުގެ ވަޒީފާތަކުން ދުރުކުރި ތިނަދޫގެ ބައެއް މުވައްޒަފުންނާ ރާއްޖެއެމްވީން ވަނީ ވާހަކަ ދައްކާފައެވެ. ވަކި ފިކުރަކަށް ތާއިދު ކުރާތީ، އެތައް އަހަރެއް ވަންދެން ދައުލަތަށް ހިދުމަތް ކުރި އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން ކުރަން ޖެހުނު ތަޖުރިބާ އެ މުވައްޒަފުން ވަނީ ރާއްޖެއެމްވީއަށް ކިޔައިދީފައެވެ.

"ކުއްލިއަކަށް އެކަހަލަ ކަމެއް ދިމާވީމަ ޝޮކެއް ޖެހޭނެކަން އެނގޭ. އާއިލާގެ އެހެން ކުދިން ވެސް ތިބެނީ ވަޒީފާތަކުގައި އެކަމަކު ކުއްލިއަކަށް އެގޮތަށް އަމަލު ކުރުން ވަރަށް ދަތިވި. ހަމައެކަނި ސަބަބަކީ ސިޔާސީ ގޮތުން އަޅުގަނޑުގެ ފިކުރު،" ތިނަދޫ އެމްއާރްޑީސީގެ ވަޒީފާއިން ވަކިކޮށްފައިވާ މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ އެކި އަނިޔާތައް ތަހަންމަލް ކުރި މީހުން ތިނަދޫގައި މަދެއް ނޫނެވެ. އެކަށީގެންވާ ބޭސް ފަރުވާ ނުލިބި ރައީސް ޔާމީންގެ ސަރުކާރުގައި 17 ވަރަކަށް ގައިދީން ޖަލުގައި މަރުވެފައިވާއިރު، އެންމެ ފަހުން ޖަލުގައި މަރުވީ ވެސް ތިނަދޫއަށް ނިސްބަތްވާ ޒުވާނެކެވެ. އެ ސަބަބާ ހުރެ ރައީސް ޔާމީނަށް މައާފު ނުކުރާނެ ކަމަށް ވެސް ބުނަނީ ތިނަދޫ ރައްޔިތުންނެވެ.

"ރައީސް ޔާމީނަށް މައާފު ކުރުމުގެ ބާރެއް އިބްރާހިމް މުހައްމަދު ސޯލިހު [އިބޫ]އަކަށް ވެސް ނޯންނާނެ. އަދި ހަތަރު ޕާޓީގެ ލީޑަރުންނަށް ވެސް ނޯންނާނެ. އެއީ ރައީސް ޔާމީން އެބަހުރި ރައްޔިތުންގެ ހައްގުތަކަކަށް އަރައިގެންފައި. އެ ހައްގުތައް މައާފު ކުރާނީ ހަމަ އެ ރައްޔިތުން،" ތިނަދޫއިން ރާއްޖެއެމްވީއަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީން ތިނަދޫއަށް ތަރައްގީ ގެނައި ކަމުގައި ވިޔަސް، އެ ރަށުގެ ރައްޔިތުންގެ 66 ޕަސެންޓް ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނި ސަބަބު އެ ރައްޔިތުންގެ އަމިއްލައަށް އެ ދަނީ ކިޔައިދެމުންނެވެ. ކޮރަޕްޝަނާއި ފަސާދަ އާއި ލާއިންސާނީ އަނިޔާތަކަށް ދީލައި ނުލާނެ ކަން އެ ވަނީ ސާބިތު ކޮށްދީފައެވެ. އަނިޔާ އާއި ކޮރަޕްޝަންގެ ވިހަ ދައުލަތުގެ ތެރެއަށް ދޫކޮށްލުމަށް ފަހު، އެ ވާހަކައަށް ފަސް އަޅަން ކޮންޓްރިޓް ތަރައްގީއަށް ދީލައި ނުލާނެ ކަން ތިނަދޫ ރައްޔިތުން އެ ވަނީ ސާބިތު ކޮށްދީފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގުރޭޝް އަބުދުއްސައްތާރު ޙަސަން

7 މަސް ކުރިން

ތިނަދޫ ރައްޔިތުންނަށް ލިބިފައިވާ ހިއްދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި ރައީސް ޔާމީނު ތިނަދޫގައި އެހާބޮޑެތި،އަދި ގިނަ މަސްރޫއުތަކެއް ހިންގައިދިނީ ނަމވެސް މިހެއުކަން ތިނަދޫގެ ބައެއްމީހުންނަށް ބަލައިގަންނާކަށް ނޭގުނު ދެންއަންނަވެރިއަކު މިކަމާވިސްނާނެ

0
0
ފައިސަލް

7 މަސް ކުރިން

ތިނަދޫ މީހުން އަނިޔާވެރިއެއްނޫން! ރަގަޅު އެކަމަކު ހެއުކަމެއްކޮށްދިން މީހަކަށް ތެއުހަމެއް ދިނުމަކީ އިންސާފުތޯ އަހާލަން ބޭނުން ހަމަގައިމުވެސް ދެންއަންނަވެރިއަކު ތިނަދުއަށް އެއްވެސް ކަމެއްކޮށްދޭނެބާއޭ ހިތައް އަރައެވެ. ތިނަދުއަކީ ދެއުޅިއެއްނުވާމީހުންތިބޭ ރަށެއް

0
0
Insaanaa

7 މަސް ކުރިން

Thinashoo rayyithunnake niumarhah aukuru kuran nudhanna rayyithun thakeh ulhey fasgandehkan haama vehje

2
2
Naube

7 މަސް ކުރިން

Makaraa heelaithun furigenvaa baeh thinadhoon noonee ma nudheken.... libunu niumathah shukuru nukuri baeh mi nooniyyaa neith...

3
2