20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ފުވައްމުލަކު މަގު މައްސަަލަ

ފުވައްމުލަކު މަގަށް ހައްލެއް ނުލިބި އިތުރު ފަސް އަހަރު، ރައްޔިތުން އެދެމުންދަނީ އެކަމަށް ހައްލެއް!

 • ރައްޔިތުންނަށް އެއްގަމު ދަތުރުތައް ކުރުމަށް ބޮޑެތި ތަކްލީފުތަކެއް އުފުލަންޖެހޭ
 • ފުވައްމުލަކުގެ އަޑިގުޑަން މަގުތައް ގިނަ
 • 2015 ވަނަ ސަރުކާރުން މަގު ހެދުމަށް އެމްއާރްޑީސީއާ ހަވާލު ކުރެވުނު
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 27 ސެޕްޓެންބަރ 2018 | ބުރާސްފަތި 10:27 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
 3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
 4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
 6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
 7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
 8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ފުވައްމުލަކު މަގު -- ފޮޓޯ: ފާތިމަތު ޝަނާ މުހައްމަދު

ގުދުރަތީ ގޮތުން ތަފާތު ވަސީލަތްތަކެއް ލިބިފައިވާ ޏ. ފުވައްމުލަކަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރަށެކެވެ. މިދިޔަ އަހަރު އެރަށް ސިޓީއަކަށް ބަދަލުވެފައިވި ނަމަވެސް އެރަށުގެ ތަރައްގީއަށް ނުވަތަ ދިރިއުޅުން ފަސޭހަ ކުރުމަށް ރައްޔިތުން ހާސިލް ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އާބާދީގައި 13،000 މީހުން ދިރިއުޅޭ އެރަށަކީ ގިނަ އަދަދެއްގެ ވެހިކަލް ދުއްވާ ރަށެކެވެ. އަދި 5.13 ކިލޯ މީޓަރުގެ ބޮޑު މި ރަށުގެ އެކި ތަންތަނަށް ދަތުރު ކުރުމުގައި ސައިކަލާއި ކާރު ބޭނުންކުރާ އިރު ރަށުގެ މަގުތަކުގެ ހާލަތަކީ ހައްލުނުވާ މައްސަލައެކެވެ.

ފުވައްމުލަކުގެ މޭޔަރ އަބްދުﷲ ފަލާހު ޝަރީފު ވިދާޅުވީ، ފުވައްމުލަކަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ރަށްގިރުމުގެ މައްސަލައާއި މަގުތަކުގެ މައްސަލަ ހިމެނޭކަމަށެވެ.

"މަގުތަކުގެ ހާލަތާއި ރަށްގިރުމުގެ މައްސަލަ އާއި ކުނީގެ މައްސަލަ އާއި ވަޒީފާގެ ފުރުސަތުތައް މަދު ވުމާއި ސިއްހީ ހިދުމަތް ރަގަޅު ކުރުމާއި މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަ އާއި ބަނދަރު ތޮއްޖެހުން ފަދަ މައްސަލަތަކަކީ ފާއިތުވެދިޔަ 5 އަހަރު ހައްލު ނުވެ ހުރި މައްސަލަ. މިކަންކަމަށް ހައްލުތަކެއް ލިބުން އެއީ ރައްޔިތުން ބޭނުންވާ ގޮތް،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުވައްމުލަކު ރިންގް ރޯޑް ރަނގަޅު ފެންވަރަކަށް ހައްދަވާނެ ކަމަށް ވިދާޅުވި ކަމަށާއި އެހެން ނަމަވެސް، މަސައްކަތް ފަށާފައި ވަނީ ކެމްޕެއިން ދުވަސްވަރާ ދިމާކޮށް ކަމަށެވެ. ފަލާހު ވިދާޅުވީ އެކަން ހަގީގަތަކަށް އަދިވެސް ނުވާ ކަމަށެވެ.

"މަސައްކަތް ނުފެއްޓި ލަސްވުން އެއީ ވެސް ކަންބޮޑުވުމެއް. އެހެން ނަމަވެސް އާންމުކޮށް ރައްޔިތުން މި ބޭނުން ކުރާ މަގުތައް ނުހެދި އޮތުން އެއީ އާންމު ދިރިއުޅުމަށް އަސަރު ކުރާ ކަމެއް،"

މަގުތަކުގެ ޝަކުވާ އަބަދުވެސް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅޭ ކަމަށާއި އަދިވެސް އެއްވެސް ވަރަކަށް ހަލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގުތައް ނުހެދި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތި އުނދަގޫތަކާ ކުރިމަތިވާ އިރު މިމަގުތަކުގައި ދުއްވުމުން ސިއްހީ މައްސަލަތަކާ ވެސް ރައްޔިތުންނަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

ވާރޭ ވެހުމުން ފެންގަނޑު ހިދެން އެތައް ދުވަހެއް ނަގާ އިރު ވާރޭ ނުވެހޭ ނަމަ ހިރަފުހުގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވެއެވެ.

"ވާރޭ ވެހުމަށް ފަހު ފެން ނުހިނދި ހަފްތާއަކަށް ވުރެ ވެސް ގިނަ ދުވަސް ވެގެން ހިނގައިދާނެ. މިއީ ވަރަށް ބޮޑު މައްސަލައެއް." ފަލާހު ވިދާޅުވިއެވެ.

ފުވައްމުލަކުގެ މަގުމަތީގެ ރައްކާތެރިކަން އެކަށީގެންވާ ވަރަށް ނެތުމުގެ ސަބަބުން އެގްސިޑެންޓްތަކަށް މަގުފަހިވެއެވެ.

އެ ރަށުގެ ރައްޔިތުން ވެސް ވަނީ މަގުތަކުގައި އުޅަނދު ފަހަރުގައި ދުއްވުމަށް ކުރިމަތިވާ އުނދަގޫތައް ކިޔައިދީފައެވެ.

"ހުރިހާ ވެހިކަލް އަކުން އަހަރުފީއެއް ނަގާ، އެކަމަކު މިރަށުގެ މަގުތަކަކަށް އެއްވެސް ވަރެއްގެ ހައްލެއް ނުލިބޭ." އެރަށުގެ މީހަކު ކިޔާދިނެވެ.

އެހެން މީހަކު ބުނި ގޮތުގައި މަގު ހެދުމަށް ކޮންމެ ސަރުކާރަކުން އައިސް ވެސް ދައްކަނީ ހުވަފެން ކަމަށެވެ.

" ރަށުގައި މައި ބަދައިގެ މައްސަލަ ދިމާ ނުވާ އެކަކުވެސް ނުހުންނާނެ. އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް މައި ބަދައިގެން މައްސަލަތައް ކުރިމަތިވޭ. މަގުތަކުގެ އަޑި ގުޑަންކަމުން މި މައްސަލަ ކުރިމަތިވަނީ،" އެރަށުގެ މީހަކު ކިޔާދިނެވެ.

ފުވައްމުލަކުގެ މަގުތަކަށް ހައްލެއް ނުލިބި އެތައް ދުވަހެއް ވެފައިވާ އިރު 2016 ވަނަ އަހަރު މަގު ހެދުމުގެ މަސައްކަތް ކުރަށް މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، (އެމްއާރްޑީސީ) އިން ފެށިއެވެ. އެގޮތުން ފުވައްމުލަކު ރައްޔިތުން އާންމުކޮށް ބޭނުންކުރާ މަގުތަކުގައި ވެސް ތާރު އެޅުމަށް މަސައްކަތް ފެށިއެވެ. އެގޮތުން މަގުތަކުގައި ކުރިން އަޅާފައި ހުރި ގާތައް އޭރު ނެގިއެވެ. ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ. މަގު ހެދުމަށް 33 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އެރަށުގެ 2.9 ކިލޯ މީޓަރުގެ މަގު ހެދުމަށް ހަވާލު ކުރެވުނު އިރު އެއްވެސް މަގެއްގެ މަސައްކަތް ނިންމާފައެއް ނުވެއެވެ. ނުވިތާކަށް ގާއަތުރާފައި ހުރި މަގުތަކުގެ ގާތަށް ނެގުމުން ރައްޔިތުންނަށް ކުރިމަތިވީ އިތުރު ދަތިތަކެވެ. ގާތައް ނެގުމަށް ފަހު ވެސް އެތަށް ދުވަހެއް ވަނީ ވެފައެވެ.

 ރަށުގެ ތަރައްގީއަށްޓަކައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރަށުގެ ރައްޔިތުން ދެކޭ އިރު މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރެވިއްޖެ ނަމަ ރަށުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. ރަށުގެ ރައްޔިތުން ބޭނުންވަނީ ދެން އަންނަ ސަރުކާރެއްގައި ވެސް އެރަށުގެ މަގުތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މެޑަމް އައިޝާ

7 މަސް ކުރިން

މާދަމާވާނެ

0
0