25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރިޔާސީ އިންތިހާބު 2018

ރިޔާސީ އިންތިހާބު: ކޮރަޕްޝަނާއި އެޑްވާންސްކޮށް ވައްކަން ކުރުމަށް ރައްޔިތުން ބުނީ ނޫނެކޭ

  • އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް ރައްޔިތުން ބޭނުންވޭ
  • އެޑްވާންސްކޮށް ކޮރަޕްޝަން ހިންގުމަށް ރައްޔިތުން ބޭނުމެއް ނުވޭ
  • ބޮޑު އަގުގައި މަޝްރޫއުތައް ހިންގަން ރައްޔިތުން ބޭނުމެއް ނުވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 27 ސެޕްޓެންބަރ 2018 | ބުރާސްފަތި 07:29 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމުން ގިނަ ބަޔަކު އުފާފާޅު ކުރަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

މި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރާސީގެ ކޮރަޕްޝަންގެ މައްސަލައެވެ. ހުދު ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ވާހަކަތައް ތަކުރާރުކޮށް އެކި ޕޯޑިއަމްތަކުގައި ދައްކަވަން ފެށުމުން، ސިޔާސީ ގޮތުން ދުވަހަކު ވެސް އެއްގަލަކަށް ނާރާނެ ކަމަށް ބެލެވުނު ލީޑަރުން ގުޅި، މި ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދަ އާއި އަނިޔާވެރިކަން ނައްތާލުމަށް މަސައްކަތް ފެށިއެވެ. ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބުކޮށްފައިވާ އިރު މިއީ ހަމަގައިމު ވެސް ރާއްޖޭގެ ތާރީހުގައި ފަލަ އަކުރުން ލިޔެވޭނެ ދުވަހެކެވެ.

އިންތިހާބުގެ ކެމްޕެއިންގައި ކުރިއަށް އޮތް ފަސް އަހަރު ކުރައްވާނެ ކަންކަމުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ކެނޑިނޭޅި މަސައްކަތްކުރެއްވީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވުމުގެ މަސައްކަތެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ތާއީދު އިތުރުވުމުގެ ބަދަލުގައި ރާއްޖޭގެ ހާލަތާ މެދު އިތުރަށް ވިސްނަން ރައްޔިތުންނަށް ފުރުސަތު ލިބިގެން ދިޔައެވެ.

ރާއްޖޭގައި ރިޔާސީ އިންތިހާބު ހިނގައިދިޔައީ އަވައްޓެރި ސްރީލަންކާގައި 2015 ވަނަ އަހަރު މަހިންދަ ރާޖަޕަކްސަގެ ވެރިކަން ނިމުނު ގޮތާއި ދާދި އެއްގޮތަކަށެވެ.

ރާޖަޕަކްސަގެ ސަރުކާރުން ވެސް ވަނީ ގައުމުގައި ވޮޑެތި ބިޔަ މަޝްރޫއުތައް ހިންގާފައެވެ. އެހެން ނަމަވެސް ވެރިކަން ނިމިގެންދިޔަ އިރު އެންމެ ބޮޑަށް އެމަނިކުފާނަށް ތުހުމަތުތައް ކުރެވިގެންދިޔައީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ބާރާއި ނުފޫޒުގެ ބޭނުން ކުރުމާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އިންތިހާއަށް ހިންގުމެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ޕްރެޝަރު ބޮޑުވުމާއި އިންތިހާ ދަރަޖައަށް ދަރަނި ބޮޑުވުމުގެ މައްސަލައަކީ އެ ގައުމަށް އޭރު ކުރިމަތިވި ކަންކަމެވެ. ހާއްސަކޮށް ޗައިނާ އަށް ދަރަނިވެރިވުން ފާހަގަކޮށްލެވެއެވެ.

ކޮރަޕްޝަނާއި ބާރުގެ ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގާފައިވާ ކަމުގެ ބޮޑެތި ހެކިތަކެއް ވެސް އެކި މަޝްރޫއުތަކުން ފާހަގަކުރެވެއެވެ. އެގޮތުން ކޮލަންބޯ ކަޓުނަޔާކެ އެކްސްޕްރެސް ވޭ މަގު ހެދުމަށް، ދާނެ ކަމަށް ބެލެވޭ އަގުގެ 55 ޕަސެންޓް ބޮޑުކޮށް ދީފައިވާ މައްސަލައަކީ ފާހަގަކޮށްލެވޭ މައްސަލައެކެވެ. މީގެ އިތުރުން ގިނަ މަޝްރޫއުތަކެއް ޗައިނާގެ ކޮންޓްރެކްޓަރުންނާ ހަވާލުކުރި މައްސަލަ ވެސް އޭރު ފެންމަތިވިއެވެ. މީގެ އިތުރުން ފީސިބިލިޓީއެއް ނެތި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ހަމްބަންޓޯޓާ ކައިރީ އޮންނަ މައްތަލައިގައި ބޮޑު ހޭދައެއްކޮށްގެން ބައިނަލްއަގުވާނީ އެއާޕޯޓެއް ހެދުން ފާހަގަކޮށްލެވެއެވެ.

މިއީ ރައީސް ޔާމީންގެ ސަރުކާރަށް ވެސް ތުހުމަތު ކުރެވޭ ކަންކަމެވެ. ބްރިޖުގެ މަޝްރޫއު އާއި އައިޖީއެމްއެޗް 25 ބުރީގެ އިމާރާތް އިންތިހާއަށް އަގު ބޮޑުކޮށް ބަޔަކާ ހަވާލު ކުރުމާއި ޗައިނާއިން އަށް މަޝްރޫއުތައް ހިންގުމުގައި މާބޮޑަށް ބަރޯސާ ވުމާއި އިންތިހާއަށް ލޯނު ނެގުމާއި ދަރަނި ބޮޑުވުމާއި، ހިޔަނާތާއި އަނިޔާވެރިކަން އިންތިހާއަށް އިތުރުވުން ހިމެނެއެވެ. އަދި އަމިއްލަ ގެދޮރު ބައްލަވައިގަތުމާއި މުއްސަނދިކަން އިތުރުކުރެއްވުމާއި ބާރުގެ ނުފޫޒު އިންތިހާ ދަރަޖައަށް ބޭނުން ކުރުެއްވުން ހިމެނެއެވެ. މިފަދަ ވާހަކަތައް ކެމްޕެއިން ދުވަސްވަރުގައި ދެއްކިވަރު އިންތިހާއަށް އިތުރު ވެސް ވިއެވެ.

ރ. ދުވާފަރުގައި މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ އާއި އެއް ފެންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ. ތަރައްގީކުރާ ކަމުގައިވާ ނަމަ އެޑްވާސްކޮށް ވައްކަން ކުރިއަސް ވަރިހަމަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލެ އާއި އެއް ފެންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުނި ނައްތާލުމުގެ ނިޒާމް އަޅުގަނޑުމެން ގާއިމް ކުރަމުން މިގެންދަނީ އަދި މާލޭގެ ކުންޏާއި އެހެން ރަށްތަކުގައި ކުނި ނައްތާލުމަށްޓަކައި ކުނި އެންދޭނެ އިންތިޒާމްތައް އަޅުގަނޑުމެން ހަމަޖައްސަމުން މި ގެންދަނީ. އެހެންވީމަ ވަރިހަމަތާ އެޑްވާންސަށް ވައްކަން ކުރިއަސް" ކެމްޕެއިން ތެރޭގައި ރައީސް ވިދާޅުވެފައި ވެއެވެ.

އޯގަސްޓް 26 ވަނަ ދުވަހު ތ. ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމަށް އިބޫއަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ އެމަނިކުފާނާއި ދެމެދު ހިނގާފައިވަނީ "އަމިއްލަ ކަމެއް" ކަމަށާއި އެކަން ހަނދާން ނައްތާލާފައި ބޭސްފަރުވާއަށް ފޮނުވުމަށް ތައްޔާރަށް ހުރި ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ނެގި ފައިސާ އަނބުރާ ދޭންޖެހޭ ކަމަށެވެ.

"ދައުލަތުން ނެގި ފައިސާ އަނބުރާ ދިނިއްޔާ ނޫނީ ކިތަންމެ ބަލިވި ނަމަވެސް އޭނަގެ އިންސާނީ ހައްގެއް ނޯންނާނެ. އެކަމެއް އަޅުގަނޑެއް ގަބޫލެއް ނުކުރާނަން. މިކަހަލަ އިންސާނީ ހައްގުތައް ހިމާޔަތްކުރާ ވާހަކަ މިދައްކަނީ،" ރައީސް ވިދާޅުވިއެވެ

އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ، ވައްކަމާއި ކޮރަޕްޝަންގެ އަމަލު ހިންގާ ކަމަށް ބުނާ ނަމަ، އެކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށާއި ޝަރުއީ ނިޒާމުގެ ތެރެއިން އެކަން ހައްލުވާން ޖެހޭނެ ކަމަށެވެ.

ގދ. ތިނަދޫއަށް ސެޕްޓެމްބަރު 11 ވަނަ ދުވަހު، ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ނިކަމެތި ކަމަކީ މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް ދިއުން ކަމަށާއި އެކަމަކީ އެމަނިކުފާނު ފަސޭހަކޮށް، ދޫކޮށްލައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި އައި ނިކަމެތި ކަމަކީ އެއްވެސް ގޮތަކަށް އަޅުގަނޑު މި ޒައާމަތުގައި ހުރެގެން، ފަސޭހަކަމާ އެކީގައި ދޫކޮށްލާނެ ކަމެއް ނޫން. ހަމަ އެ ސަބަބަށްޓަކާ، އަޅުގަނޑުމެންގެ ޕާޓީ ދޫކޮށްލާފައި އަޅުގަނޑުމެންގެ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރީ އަޅުގަނޑު. ﷲ، އަޅުގަނޑަށް ތައުފީގު ދެއްވީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އޯގަސްޓް 8 ވަނަ ދުވަހު ގއ. ކޮނޑޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަރަދު ބޮޑުކޮށް މަޝްރޫއުތައް ކުރިއަށް ގެންދަނީ އަވަސްކޮށް މަސައްކަތް ކުރުމަށް ކަމަށާއި އެއީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ.

މިފަދަ ކޮންމެ ވާހަކައަކާ ގުޅިގެން ގިނަ ބަޔަކު ރައީސަށް ފާޑުވިދާޅުވެފައި ވެއެވެ. ސޯޝަލް މީޑީއާގައި ބާރު ސްޕީޑުގައި އެވާހަކަ ފެތުރިގެންދެއެވެ.

ރައީސްގެ ވާހަކަތަކަށް ބަލައިލާއިރު އެއް ގަޑިއިރު 45 މިނެޓް ވަންދެން ރަށްރަށަށް ވަޑައިގެން ވާހަކަދައްކަވާއިރު އެވާހަކަތައް ބޮޑަށް އަމާޒު ކުރެވިގެން ގޮސްފައި ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދިނުމުގައެވެ. ޖީއެމްއާރް އެގްރީމެންޓް ވާހަކަ އާއި، ގުޅިފައިވާ އިސް ލީޑަރުންނަށް ބަހުގެ ހަމަލާތައް ރައްދުކުރުމާއި ގިނަ ބަޔަކު އެމަނިކުފާނަށް ލަނޑު ދިނުމުގެ ވާހަކައެވެ. ކޮރަޕްޝަނުގެ ވާހަކަ އާއި އެމްއެމްޕީއާރްސީގެ ވާހަކަތައް ދެއްކުމުގައި ނިޒާމު ކުށްވެރިކޮށް، އެމަނިކުފާނު ނޫން އެހެން ހުރިހާ މުއައްސަސާއެއްގެ ބޮލަށް އެކަންކަން ޖަހަމުންދިޔައެވެ.

ކޮންމެއަކަސް ރައްޔިތުން މި ވަނީ އެ މީހުންގެ ނިންމުން ނިންމާފައެވެ. ރައްޔިތުން ބޮޑެތި މަޝްރޫއުތަކަށް އެކަށީގެން ނުވާ ހަރަދުތައް ކުރާކަށް ބޭނުމެއް ނުވެއެވެ. ރައްޔިތުން އެޑްވާސްކޮށް ކޮރަޕްޝަނުގެ އަމަލުތައް ހިންގާކަށް ބޭނުމެއް ނުވެއެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް ރައްޔިތުން ބޭނުންވާކަން މި އިންތިހާބުން އެނގިގެން ހިނގައްޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް