18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިސޯޓް ތަރައްގީކުރުން

އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ

  • ގަސްވެއްޔާއި މާގަ ތަރައްގީކުރަނީ އެންމެ މަތީ ފެންވަރަށް
  • ގަސްވެލި 2020 ގައި ހުޅުވާނެ، މާގަ 2019 ގައި ހުޅުވާނެ
  • އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު
އަޒުމޫން އަހުމަދު | azmoon_ahmed

| 1 ފެބުރުވަރީ 2017 | ބުދަ 16:16 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އެއްލައިދޫ ރިސޯޓް: އެ ރިސޯޓުން މާގަ ބޭނުންކުރަމުންދިޔައީ މޫދު ކުޅިވަރުތަކަށް -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ އަލްފާ ކިނަމް ހޯލްޑިންގްސް ކުންފުންޏާ ގުޅިގެން އެމެރިކާގެ ޑްރީމް ހޮޓަލް ގްރޫޕުން ރާއްޖޭގައި ދެ ރިސޯޓެއް ތަރައްގީކުރަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.

އެއްލައިދޫ މަނިކުއާ ގުޅިގެން ޑްރީމް ހޮޓަލް ގްރޫޕުން ރާއްޖޭގައި ތަރައްގީ ކުރަން ނިންމާފައިވާ ދެ ރިސޯޓަކީ، ޗަޓްވާލް މާގަ މޯލްޑިވްސް ރިސޯޓާއި ޑްރީމް ގަސްވެލި މޯލްޑިވްސް ރިސޯޓެވެ.

ޑްރީމް ހޮޓަލް ގްރޫޕުން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ ޖޭ ސްޓެއިން ވިދާޅުވެފައިވަނީ މާގަ އާއި ގަސްވެލި ތަރައްގީ ކުރުމަށް އަލްފާ ކިނަމްއާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު ކަމަށެވެ.

ޑްރީމް ގްރޫޕުގެ ޗަޓްވާލް ބްރޭންޑުގެ ދަށުން މާގަ ރިސޯޓް ތަރައްގީކޮށް 2019 ވަނަ އަހަރު ހުޅުވުމަށް ވަނީ ނިންމާފަ އެވެ. މިހާރު ވެސް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ އެ ރަށުގައި އެންމެ މަތީ ފަންތީގެ 80 ކޮޓަރިއާއި ހަ ޕްރައިވެޓް ބީޗް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަލް ވިލާ ހެދުމަށް ވަނީ ނިންމާފަ އެވެ.

މާގައަކީ މުޅި ދުނިޔެއަށް މަޝްހޫރު ޑައިވިން ސްޕޮޓެއް ކަމަށްވާ މާގަ ތިލަ  ނުވަތަ އޮރިމަސް ތިލަ ހިމެނޭ ރަށެވެ. މާގަ އޮންނަނީ މަނިކުގެ އެއްލައިދޫ ރިސޯޓާ 10 ވަރަކަށް މިނެޓް ދުރުގަ އެވެ.

ގަސްވެލީގައި ތަރައްގީ ކުރާ ރިސޯޓް 2020 ވަނަ އަހަރު ހުޅުވުމަށް ވަނީ ނިންމާފަ އެވެ. އެ ރަށް ތަރައްގީކޮށް ނިމޭ އިރު، 500 ވިލާއާއި އަށް ރެސްޓޯރެންޓާއި، ދުނިޔޭގެ މަޝްހޫރު ޑިއުޓީ ފްރީ ފިހާރަތަކުގެ އިތުރުން 20،000 އަކަފޫޓުގެ ބޮޑު ސްޕާއެއް ހުންނާނެ އެވެ.

ޑްރީމް ކުންފުނިން ބުނާ ގޮތުގައި އެ ކުންފުނީގެ ޑްރީމް ބްރޭންޑުގެ ދަށުުން، ޑްރީން ގަސްވެލި މޯލްޑިވްސްގެ ނަމުގައި ތަރައްގީކުރާ އެ ރިސޯޓް ވެގެންދާނީ އިންޑިއާ ކަނޑުގެ އެންމެ ބޮޑު އިންޓަގްރޭޓެޑް ރިސޯޓަށެވެ.

ރިސޯޓެއް ތަރައްގީކުރުމަށް މަނިކަށް ގަސްވެލި ދިނީ 2006 ވަނަ އަހަރު އެވެ. ގަސްވެއްޔާއެކު، އެ ރަށާ އެއްފަޅެއްގައި އޮންނަ ބޮޑުވެލި ފަޅާއި ކަޑައުސްފުށި ފަޅު ވެސް ވަނީ މަނިކަށް ދީފަ އެވެ.

ގަސްވެލި ތަރައްގީކުރުމަށް މަނިކު ވަނީ 40 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ނިންމާފަ އެވެ. އެ ލޯނަށް ދިވެހި ސަރުކާރުން ބޭންކް ގެރެންޓީއެއް ދިނުމަށް ފިނޭންސް މިނިސްޓްރީ އިން ވާންޖެހޭ ތައްޔާރީތައް ވެސް ވަނީ ވެފަ އެވެ.

ރައީސް ޔާމީނުގެ ޅިޔަން ބޭފުޅެއް ކަމަށްވާ މަނިކުއާ ގުޅިގެން އެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، ނަސަންދުރަ ޕެލަސް ހޮޓަލް ތަރައްގީ ކުރަނީ ވެސް މަނިކުގެ ހިއްސާ އޮންނަ ކުންފުންޏަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް