19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

އިންޓަގްރޭޓެޑް ޓޫރިޒަމް

އައްޑޫ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ކުރި އިއުލާނު ބާތިލްކޮށްފި

  • އައްޑޫ ސިޓީ ހަ ރަށަކުން ބިން ދޫކުރުމަށް ހުޅުވާލި
  • އިއުލާނު ބާތިލް ކުރީ މިއަދު
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 26 ސެޕްޓެންބަރ 2018 | ބުދަ 13:05 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


އެމްއައިޓީޑީސީގެ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު ޝާހިދު -- ފޮޓޯ: މުހައްމަދު ފަޒީން

އައްޑޫ ސިޓީ އިންޓަގްރޭޓަޑްގެ ޓޫރިޒަމް ޒޯނުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް އައްޑޫ ސިޓީން ބިން ދޫކުރުމާ ގުޅޭ ގޮތުން ކުރެވުނު އިއުލާނު ބާތިލް ކުރުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އައްޑޫ ސިޓީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯންގެ ދަށުން އެ ސިޓީގައި ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ބިޑު އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރަ ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުވާލާފައިވާ އިރު "ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް" އިން ބިޑް ފޮތް ގަތުމުގެ ފުރުސަތު ހުޅުވާލިއެވެ.

އެހެންނަމަވެސް އެ އިއުލާނު މިހާރު ވަނީ ބާތިލްކޮށްފައެވެ.

އެމްއައިޓީޑީސީން ބުދަ ދުވަހު އިއުލާނު ބާތިލް ކޮށްފައި ވަނީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރައްވާފައި ވަނިކޮށެވެ. 

އެމްއައިޓީޑީސީން ވަނީ މިއަހަރުގެ މަރޗު މަހުގައި ކ. ކާށިދޫގައި ތަރައްގީކުރާ ޓޫރިސްޓް ވިލެޖުގެ ބިންގާ އަޅާފައެވެ. އެ ޕްރޮޖެކްޓުގެ ދަށުން ތިން އިމާރާތަކަށް ބަހާލައިގެން، ޖުމްލަ 60 ކޮޓަރި ހެދުމަށް ހަމަޖެހިފައި ވެއެވެ.

އެމްއައިޓީޑީސީއަކީ ފަތުރުވެރިކަމުގެ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގުމަށް އެކުލަވާލާފައިވާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް