21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ރިޔާސި އިންތިޚާބު 2018

ސަރުކާރުން ދައުލަތުގެ ލިޔެކިއުންތައް ނައްތާލާ މައްސަލަ އެއް ހުށަހަޅައިފި ނަމަ ބަލާނަން: ޝާތިރު

  • ސަރުކާރުން ދައުލަތުގެ ލިޔެކިއުންތައް ނައްތާލާ މައްސަލައެއް ޤައުމީ އަރުޝީފަށް މިހާތަނަށް ހުށަހަޅާފަ އެއް ނުވޭ
  • އެއްވެސް ފަރާތަކުން އެގޮތަށް އަމަލުކުރާ ނަމަ އެއީ ޤާނޫނީ ބޮޑު ކުށެއް
ހައްވާ މުހައްމަދު | @hawwimd

| 26 ސެޕްޓެންބަރ 2018 | ބުދަ 13:05 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  4. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ދިވެހިންގެ ނިންމުން ޕްްރޮގްރާމްގައި ޝާތިރު ވާހަކަފުޅު ދައްކަ ވަނީ -- އާކައިވް

ރައީސް ޔާމީންގެ ސަރުކާރުން ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ މައްސަލަ އެއް ހުށަހަޅައިފި ނަމަ އެ މައްސަލަ ޤައުމީ އަރުޝީފުން ބަލާނެ ކަމަށް އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝާތިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ދިވެހިންގެ ނިންމުން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝާތިރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ދައުލަތުގެ ލިޔެކިއުންތައް ނައްތާލާ މައްސަލަ އެއް ޤައުމީ އަރުޝީފަށް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށާއި، އެފަދަ މައްސަލަ އެއް އެ މުއައްސަސާ އަށް އެއްވެސް ފަރާތަކުން ހުށަހަޅައިފި ނަމަ އެ މައްސަލައެއް ބަލާނެ ކަމަށެވެ.

މި ސަރުކާރުން ދައުލަތުގެ މުހިންމު ލިޔެކިއުންތައް ނައްތާލާ މައްސަލަ ފެންނަނީ މީޑިޔާތަކުން ކަމަށް ޝާތިރު ވިދާޅުވިއެވެ.

ޝާތިރް ވިދާޅުވީ ދައުލަތުގެ އެއްވެސް ލިޔެކިޔުމެއް އެއްވެސް ރިކޯރޑެއް ނައްތާލެވޭނީ ޤައުމީ އަރުޝީފަށް ކަމަށާއި، އެއާ ޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާ ނަމަ އެއީ ޤާނޫނީ ބޮޑު ކުށެއް ކަމަށެވެ.

"ދައުލަތުގެ އޮފީހަކުން އެއްވެސް ލިޔެކިޔުމެއް. ނައްތާލަން ވާނީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލަށް އެކަމަށް ހުށަހަޅާ މި ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން. އަދި އޮންނާނެ ޤާނޫނުގައި ވަކި ގޮތަކަށް ގައުމީ އަރުޝީފުގެ ޑިރެކްޓަރު ކަނޑަ ނާޅާހާ ހިނދަކު، މި ގާނޫނުގައި މިހިރަ މިހިރަ ބައިތަކުގެ ހުރި އެއްޗެހި 25 އަހަރުވަންދެން ބަހައްޓަންޖެހޭނެ. 25 އަހަރު ވަންދެން ބަހައްޓަން ނު ޖެހޭނޭ ބުނާނީ ވެސް އެ މަގާމުގައި ހުންނަ މީހަކު ނުވަތަ އަޅުގަނޑުމެން، މިގޮތަށް ކަމެއް ހުށަހެޅިއްޖެއްޔާމު އަޅުގަނޑުމެން ބަލާނަން،" ޝާތިރު ވިދާޅުވިއެވެ.

ދައުލަތުގެ މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތާ ނުލާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ބައެއް އިދާރާތަކުން ގިނަ އަދަދެއްގެ ލިޔެކިޔުންތައް އުކާލައި، އަންދަމުން ގެންދާ މައްސަލަ ފެންމަތިވެ ފުލުހުންގެ ސަމާލު ކަމަށް މައްސަލަ ގެނެސްފައި ވާއިރު، މުއާޒް ވިދާޅުވީ ސަރުކާރުގެ އެއްވެސް މުއައްސަސާ އެއްގައި ހުރި މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތަ އެއް ނުލާނެ ކަމަށެވެ. އަދި ކުނީގެ ގޮތުގައި ބޭނުން ނެތިގެންދާ ކަރުދާސް ނައްތާލުމަށް، ޝެރެޑާ އަބަދުވެސް ސަރުކާރު އޮފީސްތަކުގައި ހުންނާ ކަމަށެވެ.

މުއާޒް އެގޮތަށް ވިދާޅުވިއިރު، މުލިއާގެ އިން ގިނަ އަދަދެއްގެ ލިޔެކިޔުންތައް އުކާލުމަށް ނެރުނު މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ. އަދި ޕީޕީއެމްގެ ޖަގަހަތަކުން ބައެއް ލިޔެކިޔުންތައް އަންދާލި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޭން ވެސްޓް

2 މަސް ކުރިން

މިހާރުވެސް ތިހުންނާނީ ކިރިޔާކިރިޔާ، ދެން ކޮން މައްސަލައެއް ބެލޭނީ.

0
0